Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަޒްލް ރަޝީދު

ފަޒުލްގެ ގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާކަން ހާމަވެފައި ވަނިކޮށް، ލޯންޗެއް ބަންނަން 1.4 މިލިއަން ރުފިޔާ ލިބުނު ކަމަށް އޭނާ ބުނެފި

6 ޖެނުއަރީ 2025 | ހޯމަ 04:27

ލޯންޗް ބަންނަން ހަވާލުކުރި ފައިސާ އަކީ 2024 ވަނަ އަހަރުގެ ކުރީކޮޅު ކުރި މަޝްވަރާ އާއި އެއްގޮތަށް ޑިސެމްބަރު މަހުގެ ކުރީކޮޅު ފަޒުލް އާއި ހަވާލުކުރި ފައިސާ ކަމަށް ރިލެކްސް ފެރީ އިން ބުނޭ

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 6 ޖެނުއަރީ 2025 | ހޯމަ 04:27
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު | ރާއްޖެއެމްވީ

ޚިޔާނާތުގެ ތުހުމަތު ކުރެވިފައިވާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާކަން ހާމަވެފައި ވަނިކޮށް، ލޯންޗެއް ބަންނަން 1.4 މިލިއަން ލިބުނު ކަމަށް އޭނާ ބުނެފިއެވެ.

ފަޒުލްގެ ގެއިން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފުލުހުން ހޯދާފައިވާކަން ބުނެ މީޑިއާ އާއި މީސްމީޑިއާގައި ރިޕޯޓް ކުރަން ފަށާފައިވަނީ އާދިއްތަ ދުވަހުއެވެ. އެކަން ކަށަވަރުކުރުމަށް ފުލުހުންނަށް ރާއްޖެއެމްވީން ތަކުރާރުކޮށް ގުޅި ނަމަވެސް ފުލުހުންގެ މީޑިއާއިން ފޯނަށް ޖަވާބުދެއްވާފައެއް ނުވެއެވެ.

Advertisement - newsAdvertisement

އެއާއި އެކު ރާއްޖޭގައި ފެރީގެ ޚިދުމަތް ދެމުން އަންނަ "ރިލެކްސް ފެރީ ސަރވިސް" އިން ވަނީ ފަޒުލްގެ ގެއިން ފެނުނު ފައިސާ އަކީ އެ ފެރީ ސަރވިސް އިން ދިން ފައިސާ ކަމަށް ދޭހަވާ މޭރުމަކުން ބަޔާނެއް ނެރެފައެވެ.

ރިލެކްސް ފެރީ އިން ބުނެފައި ވަނީ 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏަކާއި އެކު މުއާމަލާތުކޮށް، ލޯންޗެއް ބަނދެފައިވާ ކަމަށެވެ. އަދި ފަޒުލްގެ ކުންފުނިން ބަން ލޯންޗްގެ ފެންވަރު ރަނގަޅުކަމުން ދެވަނަ ފަހަރަށް އިތުރު ލޯންޗެއް ބަންނަން ހަވާލުކޮށްފައިވާނެ ކަމަށް ވެސް ރިލެކްސް ފެރީ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން ލޯންޗް ބަންނަން ހަވާލުކުރި ފައިސާ އަކީ 2024 ވަނަ އަހަރުގެ ކުރީކޮޅު ކުރި މަޝްވަރާ އާއި އެއްގޮތަށް ޑިސެމްބަރު މަހުގެ ކުރީކޮޅު ފަޒުލް އާއި ހަވާލުކުރި ފައިސާ ކަމަށާއި އެ ފައިސާ ހަވާލުކުރީ ނަގުދު ފައިސާ އިން ކަމަށް ވެސް ރިލެކްސް ފެރީ އިން ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް ލޯންޗް ބަނުމަށް ހަވާލުކުރީ ފަޒުލްގެ ކޮން ކުންފުންޏަކާއި ކަން ރިލެކްސް ފެރީ އިން ހާމަކޮށްފައެއް ނުވެއެވެ. އަދި މިހާ ގިނަ އަދަދެއްގެ ފައިސާ ނަގުދު ފައިސާއިން މުއާމަލާތު ކުރީ ފަޒުލް އެދިގެންތޯ ނުވަތަ ނޫންތޯ އަދި އެ މުއާމަލާތު އެގޮތަށް ކުރި ސަބަބު ރިލެކްސް ފެރީގެ ފަރާތުން ވެސް އަދި ފަޒުލް ވެސް ސާފުކޮށެއް ނުދެއްވައެވެ.

ފަޒުލް ވަނީ ރިލެކްސް ފެރީގެ މި ބަޔާން އޭނާގެ މީސްމީޑިއާގައި ހިއްސާކުރައްވާފައެވެ. އެހެންކަމުން ފަޒުލްގެ ގެއިން ފެނުނު ފައިސާ އަކީ މި ފައިސާކަމަށް ދެއްކުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފާޑުކިޔާ ބައެއް މީހުން ދަނީ ބުނަމުންނެވެ. އަދި މި ފައިސާގެ ހަގީގަތް ހޯދާ ތަހުގީގުކުރަން ޖެހޭ ކަމަށް ވެސް އާއްމުން ދަނީ ބުނަމުންނެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ރާއްޖެއެމްވީން ފަޒުލް އަށް ގުޅި ނަމަވެސް ފޯނަށް ޖަވާބުދެއްވާފައެއް ނުވެއެވެ.

ޑިސެމްބަރު މަހުގެ ފަހުކޮޅު ފުލުހުން ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ވަގަށް ގޯތިތަކެއް ދޫކުރި މައްސަލައިގައި ޚިޔާނާތްތެރިވެފައިވާ ތުހުމަތުކުރެވޭ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ، މ. ޒޭވަރު ބަލައިފާސްކޮށްފަ އެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަޒުލް ދިރިއުޅޭ، މ. ޒޭވަރުގެ ބަލައި ފާސްކުރުމުގެ ތެރޭގައި ބައެއް އިލެކްޓްރޯނިކް އައިޓަމްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ބާވަތެއްގެ އިލެކްޓްރޯނިކް ސާމާނެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ވަގަށް ގޯތިތައް ދޫކުރި މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލްއަށެވެ. މި މައްސަލައިގައި ހިމެނޭ ގޯތިތަކުގެ ތެރެއިން އެއް ގޯތީގެ ވަގު ލިޔެކިޔުންތަކެއް ހުށަހެޅި ކަމަށް ތުހުމަތުކުރެވެނީ އޭނާގެ ބޭބެ އަދި މިހާރު ސަސްޕެންޝަނުގައި ހުރި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދަށެވެ.

މި ތުހުމަތުތައް މިހެން ހުރި ނަމަވެސް، މި މައްސަލަ ފެންމަތިވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވަނީ މި ތުހުމަތުތައް ދޮގު ކުރައްވާފައިއެވެ. އެ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަޒުލް ވިދާޅުވީ މި މައްސަލައިގެ ތެރޭގައި ބޭބެ ހިމެނުމަކީ އިއްތިފާގެއް ކަމަށާއި އެޗްޑީސީން އެއްވެސް ލިޔުމެއް ދޫކޮށްފައި ނުވާ ކަމަށެވެ. އަދި މައްސަލަ ޖެހުނު ގޯތީގައި ވަށާފާރު ރޭނުމުގެ ހުއްދަ ވެސް ދޫކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ވަށާފާރު ރޭނުމުގެ ހުއްދަ ނުދޭ ކަމަށް ބުނި ނަމަވެސް މި ބުނާ ގޯތީގައި ވަށާފާރު ހުރީ ރާނާފަ އެވެ. ވަށާފާރު ރޭނި ކަމަށް ތުހުމަތުކުރެވެނީ ފަޒުލްގެ ބޭބެ، ފަޒީލަށެވެ.

ގޯތިތަކުގެ މައްސަލައިގެ އިތުރުން އެޗްޑީސީގައި ހުންނަވާ، މަގާމުގެ ބޭނުންކޮށްގެން ވިޔަފާރިވެރިންގެ އަތުން ފައިސާ ނަގައިގެން އަމިއްލަ ފައިދާއަށް މަސައްކަތް ކުރުމުގެ ތުހުމަތު ވެސް ފަޒުލްގެ މައްޗަށް ވަނީ ކުރެވިފައެވެ. އެގޮތުން މި ހިޔާނާތުގެ އަމަލުތައް ފާހަގަކޮށް، އެޗްޑީސީގެ ކުރީގެ ޗެއާޕާސަން އަހުމަދު ޒުހޫރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މީގެ ފަސް މަސް ކުރިން ސިޓީއެއް ފޮނުއްވާފަ އެވެ. ނަމަވެސް ޒުހޫރު ފޮނުވި އެ ސިޓީ ލިވަޑައިނުގަންނަވާކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް