Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ ޓީވީ ފަލަ ސުރުޚީ ޕްރޮގްރާމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އެ ހުންނެވީ ރައްޔިތުންނަށް ހިޔާނާތްތެރިވެގެން: އިޙުސާން

3 ޖެނުއަރީ 2025 | ހުކުރު 08:16
އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 3 ޖެނުއަރީ 2025 | ހުކުރު 08:16
އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން

އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެ ހުންނެވީ ރައްޔިތުންނަށް ހިޔާނާތްތެރި ވެގެން ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޑެޕިއުޓީ މިިނިސްޓަރ އަދި އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރު މުޙައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ހިޔާނާތުގެ ބޮޑެތި މައްސަލަތަކާއި އަދި އެ މައްސަލަތައް ހިނގާދިޔައީ ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިނުގެން ކަމަށް ބުނާބުނުމަށް ރައްދުދެއްވާ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަދައްކަވަމުން އިހުސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކީ ދިވެހި ރައްޔިތުން ވަރަށް ބޮޑު އުންމިދުތަކަކާއި އެކު ހޮއްވަވާދެއްވާ، އަދި ގައުމުގެ މަޝްޢޫލިއްޔަތުތައް ހަވާލުކޮށްފައިވާ ބޭފުޅެއް ކަމަށާއި، އެ ބޭފުޅާއަށް މުސާރަވެސް ދެއްވަނީ ރައްޔިތުން އަތުން ޓެކްސް ނަގައިގެންނާއި އެހެނިހެން ގޮތްގޮތުން ހޯދާ ފައިސާއިން ކަމަށެވެ. އެހެންކަމުން ގައުމުގެ ރައްޔިތުން ހަވާލުކުރައްވާފައިވާ މަޝްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ނުކުރެވުމަކީ އެއީ ރައްޔިތުންނަށް ހިޔާނާތްތެރިވުން ކަމަށް އިހުސާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިޙުސާން ވިދާޅުވީ ގައުމުގެ ވެރިޔަކަށް ހުންނަ ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިނުގަންނަވާ ގޮތަކަށް ރައީސް އޮފީސްތެރޭގައި ވެސް އަދި ސަރުކާރުގެ އެހެން މުއައްސަސާއެއްގައި ވެސް ކަންކަން ނުހިނގާނެކަމަށާއި އެހެން ކަމުން ގައުމުގައި މި ހިގާ ބޮޑެތި ވައްކަންތައް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގެންނަވާނޭ ކަމަށެވެ.

އެޗްޑީސީ ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަކޮށް އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ފޮނުއްވި ސިޓީ ނުލިބޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެކަމަށް ރައްދު ދެއްވާ އިހުސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ ވަރަށް ގިނަ ބޮޑެތި ޚަރަދުތަކެއް ކޮށްގެން، އެކި ކަންކަމަށް މީހުން އައްޔަންކޮށްފައި ތިބޭ ތަނެއްކަމަށާއި އެގޮތުން ރައީސް އޮފީހުގައި ހިނގާ ކަންކަމުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި އެކިވަރުން މީހުންލާފަ އެބަތިބޭ ކަމަށެވެ. އެހެން ކަމުން ރައީސަށް އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވުމުން ގަބޫލުނުކުރެވޭނޭ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ރައީސް އޮހީހަށް ސިޓީއެއް ފޮނުވައިފި ނަމަ އެ ސިޓީއެއް އެއްތަނުން އަނެއްތަނަށް ގެންދާނޭ ބޮޑެތި މުސާރާ ދީފައި މުވައްޒަފުން ހަމަޖައްސާފައި އެބަ ތިބިކަމަށާއި އެހެންކަމުން ރައްޔިތުންގެ ކަންބޮޑުވުންތައް ހާމަކޮށް ފޮނުވާ ސިޓީއެއް ރައީސާއި ހަމައަށް ނުގޮސް ނޯންނާނޭ ކަމަށެވެ. އަދި ސިޓީ ނުލިބެ އޭ ވިދާޅުވާނެ ޖާގައެއް ވެސް ރައީސަށް ނޯންނާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރާއްޖޭ އެންމެހާ ރައްޔިތުންގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓާނޭ ކަމަށް ވިދާޅުވެ، އެތައް ހުވަޔަކާއި ވައުދެއް ވެވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ރައްޔިތުންގެ އެކަންކަން އެންމެ ޒިންމާދާރުކަމާއި އެކު ބަލަހައްޓާނެ ކަމުގެ ވައުދާއި އެކު، މާތް ﷲ ގަންދީ ހުވާކުރައްވައިގެން ވެރިކަމަށް ވަޑައިގެން ހުންނެވި ބެފޫޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވި ހަމަ އެއްގޮތަކަށް ވެސް ތިމަންނައަށް ނޭގެއޭ ވިދާޅުވެ، ނިންމާލައިގެން، ރެކިވަޑައިގަނެގެން ނުހުންނެވޭނޭ ކަމަށާއި އެއީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށް އިހުސާން ވިދާޅުވިއެެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
18 ފެބުރުއަރީ 2017

ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ

18 ފެބުރުއަރީ 2017
ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް