Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"2024 ކުރުކޮށް"

ހުރިހާ ކުންފުނިތަކުން ވައްކަން ކުރަމުން ދަނީ ރައީސްގެ ބައިވެރިވުމާއި އެކު: ވަހީދު

ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް ،އަދި އެތަން ތަނުގެ އެމްޑީންނަކަށް ވެރިމީހާގެ ބައިވެރިވުމެއް ނެތި ބޮޑެތި ވައްކަމުގައި ބައިވެރިވާން ނުކެރޭނެ ކަމަށް ވަހީދު ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2025 | ބުދަ 13:35
ދިއްދޫގެ ކުރީގެ އެމްޕީ އަބްދުﷲ ވަހީދު

ދިއްދޫގެ ކުރީގެ އެމްޕީ އަބްދުﷲ ވަހީދު

ރާއްޖޭގެ ހުރިހާ ކުންފުނިތަކަކުން މި ހިނގާ ހުރިހާ ވައްކަންތަކަކަކީ ވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފުރިހަމަ ބައިވެރިވުމާއި އެކު ކުރެވެމުންދާ ވައްކަންތަކެއް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެެސްދިން "2024 ކުރުކޮށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ވަހީދު ވިދާޅުވީ ޕީޕީއެމްގެ ކުރީ ސަރުކާރުވެސް ވެއްޓެއް ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ އޭރު ހިނގާދިޔަ އެންމެ ބޮޑު ވައްކަން، އެމްއެމްޕީއާރުސީގެ 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ވައްކަމުގެ ސަސަބުން ކަމަށެވެ. އަދި މިހާރު މިއޮތް ސަރުކާރުވެސް ވެރިކަމަށް އައީ އޭރު އެމްއެމްޕީއާރުސީގައި ހިނގާ ދިޔަ ބޮޑު ވައްކަމުގެ މައްސަލަ ބަލައި އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުވާނޭ ގޮތަކަށް ކަންކަން ބައްޓަންކުރުމަށް ކަމަށް ވަހީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވަހީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރި ކެމްޕޭނުގައި ވެސް އެންމެ ގިނައި ދެއްކެވި ވާހަކަފުޅަކީ ވައްކަމާއި ހިޔާނާތާއި ކަރަޕްޝަން މި ގައުމުން ނައްތާލާނެ ކަމުގެ ވާހަކަތައް ކަމަށާއި ނަމަވެސް ކަންކަތައް ވެގެން ދިޔައީ މުޅިން އިދިކޮޅަށް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މުޅި ގައުމު މިހާރު ވައްކަމުގެ ހާއްޔަކަށް ބަދަލުވެފައިވާ ކަމަށް ވެސް ވަހިދު ވިދާޅުވިއެވެ. އަދި މިހާރު ގައުމުގެ ހާލަތާއި މެދު ވިސްނާލާއިރު، ސިފަ ވެގެން ދަނީ މިހާރުގެ ރައީސް ޑރ. މުއިއްޒަށް ގައުމުގައި ވައްކަން ވަރިހަމަވެފައިވާ ކަހަލަ ގޮތަކަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް ،އަދި އެތަން ތަނުގެ އެމްޑީންނަކަށް ވެރިމީހާގެ ބައިވެރިވުމެއް ނެތި މިހާރު ރާއްޖޭގައި ހިނގަމުން މިދާ ބޮޑެތި ވައްކަމުގައި ބައިވެރިވާން ނުކެރޭނެ ކަމަށާއި މިހާރު ހިނގަމުން މިދާ ބޮޑެތި ހުރިހާ ވައްކަމެއްވެސް ހިނގަމުން ދަނީ ރައީސްއަށް ވަރަށް ރަނގަޅަށް އެގިހުންނަވާ، އެމަނިކުފާނުގެ ފަހުބަހާއި އެކުގައިކަމަށެވެ. އަދި އެގޮތުގެ މަތިން ހުރިހާ ކުންފުނިތަކަކުން ވެސް ވައްކަން ކުރަމުން ގެންދާކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.

އަބްދުﷲ ވަހީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ބޮޑެތި ވައްކަންތައް އާންމުވެ، ގައުމުގެ ހާލަތު ގޯސްވެ، ރައްޔިތުން ކަންބޮޑުވާ ދަރަޖައަށް ގައުމުގެ ހާލަތަުވެއްޓިފައިވާ ކަމަށާއި އަދި ރައްޔިތުން ދަތިހާލުގައި ތިބި މި ދަނޑިވަޅުގައި އެންސްޕާއިން 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ހިނގާފައިވާ ކަމަށެވެ. އަދި އެ މުއާމަލާތް ހިންގުމަށް ފަހު، ފައިސާ ދެއްވާފަ، ޖެހިގެން އައި ދުވަހު އަނބުރާ އެ ފައިސާ ދީފައިވާ ކަމަށް ބުނެފައިވާކަމަށެވެ.

ވަހީދު އިތުރަށް ވިދާޅުވީ އެންސްޕާގެ ފައިސާ އަކީ ދިވެހި ރައްޔިތުންގެ ފައިސާ ކަމަށާއި އެ ފައިސާއިން ވައްކަން ކޮށް އެފައިސާއަށް ހިޔާނާތްތެރި ވެފައިވާ މީޙުންނާއި މެދު ވަގުތުން ފިޔަވަޅު އަޅުއްވަން ޖެހޭނޭ ކަމަށެވެ. އަދި ވައްކަންތައް ފަޅާއަރައި ސަލާމަތް ނުވެވޭ ހިސާބުން ކޮންމެ ބޭފުޅަކު މަގާމުން އިސްތިއުފާދެއްވާ ކަމަށާއި ނަމަވެސް އެއީ ހައްލެއް ނޫންކަމަށެވެ. އަދި އެފަދަ ބޭފުޅުންނާއި މެދު ފިޔަވަޅު އަޅުއްވަން ޖެހޭނޭކަމަށް ހަވީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ މިއީ ވައްކަމުގެ ސަރުކާރެއް ކަމަށާއި މި ސަރުކާރަށް އަހަރުވެގެން ދިޔަ އިރު ވައްކަމާއި ހިޔާނާތާއި ކަރަޕްޝަން ނޫން އެއްޗެއް ފެންނަން ނެތްކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު