Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މުއިއްޒުގެ ދީނީ ސަރުކާރުގެ އަސްލު ސިފަ، "އިޒްރޭލް ހަމަ ބަރާބަރު"

1 ޖެނުއަރީ 2025 | ބުދަ 11:06

މިއީ ދީނީ ޓެގު އަޅުވައިގެން ސިޔާސީ ވެފައިތިބި އިލްމުވެރިންވެސް ދިން ފަތުވާތަކާއެކު ރައްޔިތުން ހޮވި ސަރުކާރެކެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 1 ޖެނުއަރީ 2025 | ބުދަ 11:06
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

މިސަރުކާރަކީ ދީނީ ސަރުކާރެކެވެ. ފެތުރީވެސް އެވާހަކައެވެ. ކުރިން އޮތް ސަރުކާރު ލާދީނީ ވެގެން އިސްލާމްދީނަށް ލޯބި ކުރާ ބަޔަކު ގެނައި ސަރުކާރެކެވެ. ދީނީ ޓެގު އަޅުވައިގެން ސިޔާސީ ވެފައިތިބި އިލްމުވެރިންވެސް ދިން ފަތުވާތަކާއެކު ރައްޔިތުން ހޮވި ސަރުކާރެކެވެ. މިސަރުކާރުން މުސްލިމުންގެ ހައްގުގައި ނޫން ގޮތަކަށް ކުޑަވައި އިނގިލިވެސް ހިއްލައެއް ނުލާނެއެވެ.

އެކަމަކު ފެންނަ މަންޒަރާއި އަމަލު ކުރަމުންދާ ގޮތައް ބަލާއިރު އެއީ އެއްބަސްވެވެން ނެތް ކަމެއްކަން މިދަނީ ހާމަވަމުންނެވެ. މީހުން ބުނެއުޅެއެވެ. ހަގީގަތް އެނގޭނީ އެކުގައި އުޅެލީމައެވެ. ކަމެއްގެ އަސލު އެނގޭނީ އަޖުމަ ބަލާލީމައެވެ. އެބީދައިން ބަލާއިރު ސަރުކާރުގެ ދީނީ ކާޑުގެ އަސްލު އެއްދުވަހުން އަނެއް ދުވަހަށް ހާމަވަމުންނެވެ. މޮޅު ނަންނަން ކިޔާފައި  ދީނީ ސަރުކާރެއްކަން ދައްކަން ކިތައްމެ ޕްރޮމޯޝަނެއް ހިންގިއަސް ހަމަ އެންމެ ދިމާލަކަށް އެކަނި ކަޅި ހިންގާލިއަސް އެއީ ހަގީގަތް ނޫންކަން ދެނެގަންނާކަށް އުނދަގުލެއް ނޫނެވެ.

ސީދާ ޕޮއިންޓަށް ޖެހިލާނަމެވެ. ފަލަސްތީނަކީ މުޅި އިސްލާމީ އުއްމަތައް އޮތް މިއަދު އޮތް އެންމެބޮޑު ކަންބޮޑުވުމެވެ. އިޒްރޭލުގެ ޔަހޫދީ ނިރުބަވެރި ސަރުކާރުން ފަލަސްތީނުގެ މުސްލިމް ޖީލެއް ނައްތާލަން ހިންގަމުންދާ ގަތުލު އާއްމަކީ މުޅި ދުނިޔެ ކުށްވެރިކުރަމުންދާ ކަމެކެވެ. މައުސޫމް ކުޑަކުދިން ދިރިދިރި ތިއްބާ ކަތިލަމުންދާ ދިއުމުގެ ކަންބޮޑުވުން ފާޅުކުރަނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. ރަހުމެއް އިންސާނިއްޔަތުކަމެއްނެތް ނިރުބަވެރި ޔަހޫދީންގެ އަނިޔާތައް އެދަނީ ޣައިރު މުސްލިމުންވެސް ކުށްވެރިކުރަމުންނެވެ.

އެކަމަކު ސައްތައްސައްތަ މުސްލިމް ދިވެހިރާއްޖޭގެ ސަރުކާރަށް އިޒްރޭލް އޯކޭ ފަދައެވެ. މަތިމަތިން ކަންބޮޑުވުން ފާޅު ނުކުރެއެކޭ ބުނާކަށް ނެތީމެވެ. ކިތައްމެ ބާރަށް އެހެން ބުންޏަސް ކުރާ ކަމަކަށްފަހު ކަމަކުން ހާމަވަނީ ފަލަސްތީނާމެދު ގެންގުޅޭ ސިޔާސަތުގެ އަސްލެވެ. ފަލަސްތީނުގެ ހައްގުގައި ކުރަމުންއައި ދުއާ ހުކުރަށްފަހު އެކަނި ކުރާގޮތައް ކުޑަކޮށްލީއެވެ. ހަމާސްގެ ލީޑަރު ޝަހީދުކޮށްލުން މާބޮޑު ގޯހަކަށް ނުވިއެވެ. އިޒްރޭލް ޕާސްޕޯޓް މަނާނުކުރެވިގެން ކެބިނެޓް ތެޅިފޮޅުނުފޮޅުން ގާތްގަނޑަކަށް ނިމުނު ކަހަލައެވެ. ރެއަކާ ދުވާލަކުން ގާނޫން އަސާސީ ބަދަލުކޮށްލި ސަރުކާރުގެ ފުލް މެޖޯރިޓީގައި އިޒްރޭލް ޕާސްޕޯޓް މަނާކުރުން އެއޮތީ މަޖިލީހުގައި ބާއްވާލާފައެވެ. ބަރާބަރު 200 ދުވަސް ފަހަނައަޅާ އިތުރުވީއެވެ. މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. ފަލަސްތީނުގެ ހައްގުގައި ނަމުން ވަކާލާތު ކުރަމުން އަމަލުން އޭގެ އަނެއްކޮޅު ދައްކަމުން އަންނަ ސަރުކާރުން ފަލަސްތީނަށް މަލާމާތްކޮށް ފުރައްސާރަ ކުރާފަދައެވެ.

އާއަހަރު ފެށުމާ ދިމާކޮށް ފަލަސްތީނު ރައްޔިތުންނަށް އެދިނީ އަނެއްކާ އަނެއް ހަދިޔާއެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުނައްތާލާ އެތަކެއް ހާސް މައުސޫމް ފަލަސްތީން ރައްޔިތުން ޝަހީދުކޮށް ގަތުލްއާންމު ހިންގަމުންދާ ނިރުބަވެރި އިސްރާއިލާއި، އިސްރާއިލުގެ އަސްކަރިއްޔާ (އިސްރާއިލް ޑިފެންސް ފޯސް - އައިޑީއެފް) އަކީ ޓެރަރިސްޓް ޖަމާއަތެއް ނޫންކަމަށް ކަނޑައަޅައި އެމީހުންގެ އަމަލްތައް އޯކޭކަމަށް ބުނާފަދަ ނިންމުމެކެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތާލާ، އެތައްހާސް މައުސޫމް ކުޑަކުދިންނާއި، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ޝަހީދުކޮށް ޣައްޒާގެ މުޅި އުމްރާނީ ބިނާތައް ބިމާހަމަކުރަމުންދާ އިސްރާއިލުގެ ވެރިކަން ކުރާ ޕާޓީ އާއި ސަރުކާރާއި، އިސްރާއިލުގެ އަސްކަރިއްޔާ (އައިޑީއެފް) އަކީ ޓެރަރިސްޓުންގެ ގޮތުގައި ރާއްޖެއިން ބަލައި ނުގަންނާނެކަމަށް މިވަނީ ނިންމާފައެވެ.

ބުނާނެ އެއްޗެއްނެތެވެ. ފެނިގެން އެދިޔައީ ރައީސް މުއިއްޒުގެ ދީނީ ސަރުކާރުގެ އަސްލު ސިފައެވެ. ނިރުބަވެރި އަނިޔާވެރި އިޒްރޭލް އޯކޭވީއެވެ. ލާދީނީ ސަރުކާރު ބޭރުކޮށް ދީނީ ސަރުކާރު ގެންނަން އަރުވާ ޖަހާފައި ނުކުތް ދީނީ މީހުންގަނޑުވެސް ބަހެއް ނުބުނެ ދުރުގައިތިބެ އަތްޖަހާށެވެ. އަތުން ފޮޅުލައި އަތް ފޫދާވަރަށްވެސް އަތްޖަހާށެވެ. ދެން މިހެން ބުނީމާ ސޯޝަލް މީޑިއާ ހިންގަން ފައިސާދީގެން ގެންގުޅޭ ކުދިންކޮޅު ލައްވައި މޮޅެތި ޕޯސްޓްތައް ހަދަހަދައިގެން މަންޒަރު ބަދަލުކުރަން ފޫގެޅިއަސް ކަންވެ އެއޮތީ ނިމިފައެވެ. މަވާ ސަލާމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖޫން 2017

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017
ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟
10 ޖޫން 2017

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

10 ޖޫން 2017
ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟
31 މެއި 2017

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟
27 މެއި 2017

އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

27 މެއި 2017
އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!
12 މެއި 2017

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
07 ފެބުރުއަރީ 2017

ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!

07 ފެބުރުއަރީ 2017
ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
20 ޖެނުއަރީ 2017

ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!

20 ޖެނުއަރީ 2017
ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!
11 ޖެނުއަރީ 2017

ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!

11 ޖެނުއަރީ 2017
ހިބަޅިދޫ ވާހަކައިގެ އަސްލު: މިވެސް އަދީބު ދިން ލަނޑެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް