Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"ވާރލްޑްސް ބިގަސްޓް ގިވްއަވޭ" ފެށުން

ގްލޯބަލް ކެމްޕޭން "ވާރލްޑް ބިގަސްޓް ގިވްއަވޭ" ރަސްމީކޮށް ފަށައިފި

1 ޖެނުއަރީ 2025 | ބުދަ 09:13

މިއީ މިއަހަރުގެ އެންމެ ބޮޑު "ވާރލްޑް ބިގަސްޓް ގިވްއަވޭ" ގްލޯބަލް ކެމްޕޭން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 1 ޖެނުއަރީ 2025 | ބުދަ 09:13
"ވާރލްޑް ބިގަސްޓް ގިވްއަވޭ" ރަސްމީކޮށް މިއަދު ފަށުން. ފޮޓޯ: ވިޒިޓް މޯލްޑިވްސް

"ވާރލްޑް ބިގަސްޓް ގިވްއަވޭ" ރަސްމީކޮށް މިއަދު ފަށުން. ފޮޓޯ: ވިޒިޓް މޯލްޑިވްސް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންތިޒާމްކޮށްގެން ބާއްވާ 2025 ވަނަ އަހަރުގެ އެންމެ ބޮޑު ގްލޯބަލް ކެމްޕޭން "ވާރލްޑް ބިގަސްޓް ގިވްއަވޭ" ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ޑަބްލިއުޓީއެމް ލަންޑަންގައި ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު އިއުލާނުކުރި މި ހަރަކާތުން ބުދަ ދުވަހުން ފެށިގެން މި އަހަރުގެ ކޮންމެ ހަފުތާއަކަށް އެއް ޗުއްޓީ ދަތުރު ގިވްއަވޭގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި އަހަރު ޖުމްލަ 52 ޗުއްޓީ ދަތުރު ގިވްއަވޭގެ ގޮތުގައި ދޭނެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދާ މި ގިވްއަވޭގައި ބައިވެރިވާން ޖެހެނީއޮންލައިންކޮށެވެ.

އެމްއެމްޕީއާރުސީއިން ބުނިގޮތުގައި ކޮންމެ ގިވްއަވޭއެއް ކުރިއަށް ގެންދިއުމުގައި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ސާފު މޫދާއި، ގުދުރަތީ ރީތިކަމުން ފެށިގެން ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަފާތު ކަނޑުގެ ދިރުންތައް ފަދަ އެކިއެކި ކަންކަމަށް އަލިއަޅުވާލާނެއެވެ. އަދި ރޮމޭންސް، ލަގްޒަރީ، ފެމިލީ، ޑައިވިން އަދި އެހެނިހެން ހިތްގައިމު ތަފާތު ސެގްމެންޓްތަކަށް އަލިއަޅުވާލެވިގެންދާނެ ކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މި މުބާރާތްތަކުގައި ބައިވެރިވުމުން ފަތުރުވެރިންނަށް ރާއްޖޭގެ ތަފާތު ހިތްގައިމުކަން ދެނެގަނެވި، ލިބޭ ތަފާތު ތަޖުރިބާތައް ހިއްސާކޮށް، ރާއްޖެއަކީ އަހަރުގެ ކޮންމެއިރަކުވެސް ޒިޔާރަތްކުރެވޭނެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ. ރާއްޖެއަކީ އެންމެ މަޤްބޫލު ޓްރެވަލް ޑެސްޓިނޭޝަންގެ ގޮތުގައި ހޭލުންތެރިކަން އިތުރުކޮށް, ރާއްޖެއާ ގުޅޭ ތަފާތު މައުލޫމާތުތައް ޓޫރިސްޓުންނާ ހިއްސާ ކުރާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ވިޒިޓް މޯލްޑިވްސްއިން މަސައްކަތްކުރަމުން ގެންދަނީ ދިވެހިރާއްޖޭގެ ވާރލްޑް ލީޑިން ޑެސްޓިނޭޝަންގެ މަގާމު ދެމެހެއްޓުމަށ ކަމަށާއި އެގޮތުން މި އަހަރުގެ އަމާޒަކީ، ހޫނު މޫސުމުގައި ބޮޑެތި ކެމްޕޭންތަކާއެކު ހަރަކާތްތައް ކުރިއަށް ގެންދިއުންކަމަށް އެފަރާތުން ބުނެއެވެ.

"ވާރލްޑް ބިގަސްޓް ގިވްއަވޭ "ކެމްޕޭންގެ މައިގަނޑު މަޤްސަދަކީ ސޯޝަލް މީޑިއާގެ ޒަރީއްޔާއިން ބައިނަލްއަގްވާމީ ފަރާތްތަކުގެ ބައިވެރިވުމާއެކު ރާއްޖެއަށް ގިނަ ފަތުރުވެރިން އައުމަށް ޝައުގުވެރި ކުރުވުމެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2017

ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ

28 އެޕްރީލު 2017
ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ
28 އެޕްރީލު 2017

ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް

28 އެޕްރީލު 2017
ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް
28 އެޕްރީލު 2017

އެމްޑީޕީގެ ޖަގަހައެއް އަނެއްކާވެސް ގަލޮޅުގައި ހުޅުވައި، ކެމްޕޭން ވަރުގަދަ ކޮށްފި

28 އެޕްރީލު 2017
އެމްޑީޕީގެ ޖަގަހައެއް އަނެއްކާވެސް ގަލޮޅުގައި ހުޅުވައި، ކެމްޕޭން ވަރުގަދަ ކޮށްފި
27 އެޕްރީލު 2017

ކެމްޕޭން ވަރުގަދަ ކުރަން އެމްޑީޕީން ތިލަދުންމައްޗަށް!

27 އެޕްރީލު 2017
ކެމްޕޭން ވަރުގަދަ ކުރަން އެމްޑީޕީން ތިލަދުންމައްޗަށް!
05 އެޕްރީލު 2017

އެމްޑީޕީގެ ކެމްޕޭން ޓީމް، ގއ. އަތޮޅަށް ފުރައިފި

05 އެޕްރީލު 2017
އެމްޑީޕީގެ ކެމްޕޭން ޓީމް، ގއ. އަތޮޅަށް ފުރައިފި
09 މާރިޗު 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި

09 މާރިޗު 2017
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި
03 މާރިޗު 2017

އެމްޑީޕީގެ ކެމްޕޭން ޓީމް ށ އަތޮޅަށް ކުރާ ކެމްޕެއިން ދަތުރުގައި ގިނަ ރަށްތަކަކަށް ޒިޔާރަތްކޮށްފި

03 މާރިޗު 2017
އެމްޑީޕީގެ ކެމްޕޭން ޓީމް ށ އަތޮޅަށް ކުރާ ކެމްޕެއިން ދަތުރުގައި ގިނަ ރަށްތަކަކަށް ޒިޔާރަތްކޮށްފި
26 ފެބުރުއަރީ 2017

އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

26 ފެބުރުއަރީ 2017
އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް