Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް

ޣައްޒާގެ މައުސޫމް ކުޑަކުދިންނާއި، އަންހެނުން މަރާ ހުސްކުރަމުންދާ އިސްރާއިލާއި އައިޑީއެފް އަކީ ޓެރަރިސްޓުންގެ ގޮތުގައި ސަރުކާރުން ނުހިމަނައި ލިސްޓް އާންމުކޮށްފި

ސީރިއާގެ އައު ސަރުކާރު ހިންގުމާއި ހަވާލުވި ހަޔާތު ތަހްރީރް އަލް-ޝާމް (އެޗްޓީއެސް) އަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އޮތް އޮތުން ބަދަލެއް ނުކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2024 | އަންގާރަ 15:56
އިސްރާއިލާއި އައިޑީއެފް އަކީ ޓެރަރިސްޓުން ނޫން ކަމަށް ސަރުކާރުން ބަލައިގަންނާތި ޓެރަރިސްޓް ޖަމާއަތުގެ ލިސްޓުގައި އެ ނަންތަކެއް ނެތް

އިސްރާއިލާއި އައިޑީއެފް އަކީ ޓެރަރިސްޓުން ނޫން ކަމަށް ސަރުކާރުން ބަލައިގަންނާތި ޓެރަރިސްޓް ޖަމާއަތުގެ ލިސްޓުގައި އެ ނަންތަކެއް ނެތް

ޣައްޒާގެ މުސްލިމުންގެ ނަސްލުނައްތާލާ އެތަކެއް ހާސް މައުސޫމް ފަލަސްތީން ރައްޔިތުން ޝަހީދުކޮށް ގަތުލްއާންމު ހިންގަމުންދާ ނިރުބަވެރި އިސްރާއިލާއި، އިސްރާއިލުގެ އަސްކަރިއްޔާ (އިސްރާއިލް ޑިފެންސް ފޯސް - އައިޑީއެފް) އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ނުހިމަނާ، ސީރިއާގެ އައު ސަރުކާރު ހިންގުމާއި ހަވާލުވި ހަޔާތު ތަހްރީރް އަލް-ޝާމް (އެޗްޓީއެސް) އަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ރާއްޖެއިން ކަނޑައަޅާފައި އޮތް އޮތުން ދަމަހައްޓައި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް އާންމުކޮށްފިއެވެ.

ދާދި ފަހުން ސީރިއާގެ 24 އަހަރުވީ ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު، އެގައުމުގެ ވެރިކަމާއި ހަވާލުވި ހަޔާތު ތަހްރީރް އަލް-ޝާމް (އެޗްޓީއެސް) އެވެ. މި ޖަމާއަތް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ރާއްޖެއިން ކަނޑައަޅާފައިވަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ.

Advertisement - newsAdvertisement

ގާނޫނު ނަންބަރު (32/2015) ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން، ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަހައްދުގެ ގޮތުގައި 2023 އޮކްޓޫބަރު 9 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފައިވާ ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުގައިވާ ޓެރަރިސްޓް ޖަމާޢަތްތަކަށް ކިޔާ އެހެނިހެން ނަންތަކާއި، އެ ޖަމާޢަތްތަކުގެ ގޮފިތަކާއި، އެ ޖަމާޢަތެއް ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅުނު ތާރީޚު ހިމެނޭގޮތަށް އިތުރު އިޞްލާޙެއް ގެނައުމެއްނެތި ދިވެހި ސަރުކާރުގެ ގެޒެޓުގައި އަލުން ޝާއިޢުކުރުމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާ ލިބިފައިވާތީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފައިވާ ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު ވަނީ އާންމުކޮށްފައެވެ.

ނަމަވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތުކުރާނެ ކަމަށް ބުނި މި ސަރުކާރުން މިހާތަނަށް އައި އިރު އިސްރާއިލް ޕާސްޕޯޓްވެސް މަނާކޮށްފައިނުވެއެވެ. އަދި އެ މައްސަލަ ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ޕާކްކޮށްފައި އޮންނަތާ އެތަކެއް މަހެއްވަނީ ވެފައެވެ.

މީގެ އިތުރުން ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތާލާ، އެތައްހާސް މައުސޫމް ކުޑަކުދިންނާއި، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ޝަހީދުކޮށް ޣައްޒާގެ މުޅި އުމްރާނީ ބިނާތައް ބިމާހަމަކުރަމުންދާ އިސްރާއިލުގެ ވެރިކަން ކުރާ ޕާޓީ އާއި ސަރުކާރާއި، އިސްރާއިލުގެ އަސްކަރިއްޔާ (އައިޑީއެފް) އަކީ ޓެރަރިސްޓުންގެ ގޮތުގައި ރާއްޖެއިން ބަލައި ނުގަންނާނެކަމަށް މިވަނީ ނިންމާފައެވެ.

މިކަމާއި ގުޅިގެން ގާނޫނީ ބޭފުޅުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާނަމަ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގައި ބުނާގޮތަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް އިސްރާއިލާއި، އިސްރާއިލުގެ އަސްކަރިއްޔާއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅިދާނެ ކަމަށެވެ. އަދި އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި، މިއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށެވެ.

ޓެރަރިސްޓް ޖަމާއަތުގެ ގޮތުގައި 20 ޖަމާއަތެއް މި ލިސްޓުގައި ހިމެނެއެވެ.

މީގެ އިތުރުން ހަނގުރާމަވެރި ސަރަހައްދުތަކުގެ ތެރޭގައި ހިމެނިފައިވަނީ އެންމެ ސަރަހައްދެކެވެ. އެއީ ސީރިއާގެ ހުރިހާ ސަރަހައްދެކެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އާންމުކުރައްވާ ލިސްޓުގައި ހިމެނޭ ތަންތަނަށް ދަތުރުކުރުމަކީ ވެސް ގާނޫނީ ކުށެކެވެ. އަދި މި ލިސްޓަކީ ކޮންމެ އަހަރަކު އެއްފަހަރު އާންމުކުރުން ގާނޫނުން ލާޒިމްކުރާ ލިސްޓެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

23 ފެބުރުއަރީ 2017
އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި

އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި

09 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު