Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގެ ތެރެއިން

މުއިއްޒު، މަޖިލީހަށް ލިބިފަ އޮތް އަޣްލަބިއްޔަތުގެ ބޭނުން ހިފަމުން ގެންދަނީ ބާރުތައް މުށުތެރެއަށް ލުމަށް: ވަހީދު

31 ޑިސެމްބަރު 2024 | އަންގާރަ 07:23

މި ސަރުކާރުން ހިންގާ އެއްވެސް ކަމެއްގެ ތަހުގީގު މިހާރު މި އޮތް މިނިވަން މުއައްސަސާތަކަށް ނުހިންގޭނޭ ކަމަށް މިހާރު ފެންނަ މަންޒަރުތަކުން ވަރަށް ސާފުކަމަށް އަބްދުﷲ ވަހީދު ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 31 ޑިސެމްބަރު 2024 | އަންގާރަ 07:23
އެމްޑީޕީގެ ހަރުގެ ޖަލްސާގެ ތެރެއިން

އެމްޑީޕީގެ ހަރުގެ ޖަލްސާގެ ތެރެއިން

މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ އަގްލަބިއްޔަތުގެ ބޭނުން ހިއްޕަވައިގެން ހުރިހާ ބާރެއް އަމިއްލަ މުށުތެރެއަށް ނެންގެވުމަށް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މިނިވަން މުއައްސަސާތަކުގެ ހަގީގީ ސިފަ ގެއްލިފައިވާކަން ފާހަގަކުރައްވާ އަބްދުﷲ ވަހީދު ވިދާޅުވީ މި ސަރުކާރުން ހިންގާ އެއްވެސް ކަމެއްގެ ތަހުގީގު މިހާރު މި އޮތް މިނިވަން މުއައްސަސާތަކަށް ނުހިންގޭނޭ ކަމަށާއި މިހާރު ފެންނަމުން މިދާ މަންޒަރުތަކުން އެކަން ވަރަށް ސާފުވާކަމަށެވެ.

ވަހީދު ވިދާޅުވީ ރައީސް ޑރ. މުއިއްޒު އެދިވަޑައި ގަންނަވާ ގޮތަކަށް ކަންކަން ކުރެއްވުމަށް ޓަކައި، އެމަނިކުފާނު ބޭނުންފުޅުވާ ބަޔަކު މިނިވަން މުއައްސަސާތަކަށް އައްޔަންކުރައްވަމުން ގެންދަވާ ކަމަށާއި އެހެންކަމުން ރައީސް އެދިވައިޑައިގަންނަވާ ކަންކަން ނިންމުުގެ ޖާގަ ވަރަށް ބޮޑަށް ފަހިވަމުން އަންނަކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ އަގްލަބިއްޔަތުގެ ބޭނުން ރައީސް ހިއްޕަވަމުން ގެންދަވަނީ ހުރިހާ ބާރެއް މުށުތެތެއަށް ލެއްވުމަށް ކަމަށް ވެސް އަބްދުﷲ ވަޙީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އަށް ރައްޔިތުން މަޖިލީހުން، ލިބިފައި އޮތް ބޮޑު އަޣްލަބިއްޔަތުގެ ބޭނުން ހިއްޕަވައިގެން ޤާނޫނު އަސާސީއަށް ބަދަލު ގެންނަވައިގެން އެ މަސައްކަތް ކުރައްވަނީ ހުރިހާ ބާރެއް މުށުތެރެއަށް ނެންގެވުމަށް ޓަކައި ކަމަށާއި ރައީސް މުއިއްޒުގެ ވެރިކަމުގައި ވޭތުވެ ދިއަ އެއް އަހަރުގައި ފެނިގެން ދިޔައީ އެ މަންޒަރުކަމަށެވެ. އަދި މި ވެރިކަމަށް އެއް އަހަރު ވީއިރު، ދިވެހި ރައްޔިތަކަށް އެއްވެސް ހެވެއް، ކަމެއް އަދި ލުޔެއް ލިބިގެން ދިޔަ މަންޒަރު ނުފެންނަކަމަށާއި ނަމަވެސް ބަރާބަރަށް ޤާނޫނު އަސާސީއަށް ބަދަލުތައް އެބަ ގެންނަވަމުން ގެންދަވާކަމަށް ވަޙީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ޤާނޫނު އަސާސީގެ ތެރެއިން ލިބިފައި މި ހުރި ޖާގައަކީ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަތައް ގެނެސް، އުންމީދެއް ގެނައުންކަމަށާއި ނަމަވެސް ޤާނޫނު ތަކާއި ޚިލާފަށް މިނިވަން މުއައްސަސާތަކަށް ބަދަލުގެނައުމަކީ އެއްވެސް ކަމެއްގައި މިިނިވަން ކަމާއި އެކު ތަހުގީގެއް ކޮށް، ނުވަތަ ކަމެއް ބެލޭނެ ޖާގަ އޮތް ކަމެއް ނޫންކަމަށެވެ. އަދި އެފަދައިން ކަންކަން ކުރުމަކީ އެފަދަ ކަންކަން މިނިވަންކަމާއި އެކު ކުރުމުގެ ފުރުސަތު ގެއްލުވާލުން ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

ވަހިދު އިތުރަށް ވިދާޅުވީ މިނިވަން މުއައްސަސާތަކުގައި އިންސާފުވެރިކަމާއި އެކު ކަންކަން ނުހިނގާނެ ކަމަށާއި މިނިވަން މުއައްސަސާތަކަށް ދިވެހިރައްޔިތުންނަށް އޮތް އިތުބާރު ގެެއްލިގެން ގޮސްފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް