Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމެރިކާގެ ކުރީގެ ރައީސް އަވަހާރަވުން

އެމެރިކާގެ ކުރީގެ ރައީސް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެމެރިކާގެ ކުރީގެ ރައީސް ކާޓަރގެ ޙަޔާތްޕުޅު ޚާއްޞަކުރެއްވީ ރިޔާސީ ދައުރުގައިވެސް އަދި ރިޔާސީ ޙަޔާތްޕުޅަށް ފަހުގައިވެސް އިންސާނިއްޔަތަށް ޚިދުމަތް ކުރެއްވުމަށްކަންވަނީ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2024 | އަންގާރަ 08:38
އެމެރިކާގެ ކުރީގެ ރައީސް ޖޭމްސް އަރލް ކާޓަރ ޖޫނިއަރ

އެމެރިކާގެ ކުރީގެ ރައީސް ޖޭމްސް އަރލް ކާޓަރ ޖޫނިއަރ

އެމެރިކާގެ ކުރީގެ ރައީސް ޖޭމްސް އަރލް ކާޓަރ ޖޫނިއަރ، އަވަހާރަވުމާ ގުޅިގެން އެމެރިކާގެ ރައީސް ހިޒް އެކްސެލެންސީ ޖޯސެފް އާރް ބައިޑަން ޖޫނިއަރއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެމެރިކާގެ ކުރީގެ ރައީސް ކާޓަރގެ ޙަޔާތްޕުޅު ޚާއްޞަކުރެއްވީ ރިޔާސީ ދައުރުގައިވެސް އަދި ރިޔާސީ ޙަޔާތްޕުޅަށް ފަހުގައިވެސް އިންސާނިއްޔަތަށް ޚިދުމަތް ކުރެއްވުމަށްކަންވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ލީޑަރެއްގެ ގޮތުގައި އަދި އިންސާނީ އެހީތެރިއެއްގެ ގޮތުގައި ރައީސް ކާޓަރ ދެއްކެވި ނަމޫނާ އަށް އަލިއަޅުވާލައްވާފައިވެއެވެ.

ހަމައެހެންމެ މުޅި ދުނިޔެއަށް މިސާލެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް އުންމީދު ކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ރައީސް ކާޓަރގެ އާއިލާއާއި، އެމެރިކާގެ ސަރުކާރާއި، އެމެރިކާގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވަމުންނެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ އަވަހާރަވި އިރު އުމުރުފުޅަކީ 100 އަހަރެވެ.

އޭނާގެ 100 ވަނަ އުފަންދުވަސް ފާހަގަ ކުރެއްވީ ހުސްވި އޮކްޓޯބަރު މަހުގައެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ކާޓަރ ސެންޓަރުން ހާމަ ކުރި ގޮތުގައި ކާޓަރ އަވަހާރަވެފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު، ޖޯޖިއާގެ ޕްލެއިންސް ގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅުގައެވެ. 

ޑިމޮކްރެޓިކް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކާޓަރ ރައީސްކަން ކުރެއްވީ 1977 އިން 1981 އަށެވެ. މިއީ އިޤްތިޞާދީ މައްސަލަ ތަކާއި ޑިޕްލޮމެޓިކް މައްސަލަތައް ގިނަ ދުވަސްވަރެއްގެ ގޮތުގައި ފާހަގަ ކުރެވުނު ދުވަސް ތަކެކެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު