Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސްގެ ޝަރީއަތް

ފާރިސްގެ ޝަރީއަތް: ފާރިސްގެ ފަރާތުން ހުށަހެޅި ހުރިހާ ކަމަކަށް "ނޯ"!

20 އޯގަސްޓު 2017 | އާދީއްތަ 11:27

އިބްތިދާއީ އަޑުއެހުންތައް ނިމުނީ، އޮކްޓޯބަރު 8 ގައި ޝަރީއަތް ފަށަނީ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 20 އޯގަސްޓު 2017 | އާދީއްތަ 11:27
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޝަޚްސް އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް މަޑުޖައްސާލެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ ޕީޕީއެމްއިން ފާރިސް ވަކިކޮށްފައިވަނިކޮށް، އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލުގެ ހުއްދަ ހޯއްދެވުމެއް ނެތި، މާޗް 22 ވަނަ ދުވަހު މޫކައި ސޫޓްސްގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި އެ ޕާޓީގެ ލޯގޯ އާއި ނަން ބޭނުންކޮށް، ޕާޓީގެ ނަމުގައި ފާރިސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން، އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށް، އެ ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ޝަރީއަތުން ކަނޑައަޅައިފި ނަމަ، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ކަންތައްތައް ހުށަހެޅޭނެ އެވެ.

އެގޮތުން ފާރިސްގެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ޖުމްލަ ހަ ކަމެއް ވަކީލުން ހުށަހަޅުއްވާފައި ވެއެވެ.

އެކަންތައްތަކާ މެދު ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ގާޒީ އިބްރާހިމް އަލީ ވަނީ ފާރިސްގެ ފަރާތުން ހުށަހެޅި ހަ ކަމުގައި އެދިފައިވާ ކަންތައްތައް ކުރެވެން ނެތް ކަމަށް ކަނޑައަޅާފަ އެވެ.

އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލެވިފައިވާ ނެތުމަކީ ޝަރީއަތް ކުރިއަށް ގެންގޮސްފި ނަމަ ފާރިސްގެ ހައްގުތަކަށް އިޔާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި އޮންނާނެ ކަމަކަށް ވާތީ، އަދުލުވެރި އިންސާފުވެރި ޝަރީއަތެއް ކަށަވަރުކުރެވެން އޮތް ހަމައެކަނި ގޮތަކީ ގާނޫނުގައި ކަނޑައަޅާފައިވާ ގަވާއިދުތައް އެކުލަވާލުމުގެ ފަހުން ޝަރީއަތް ފެށުންކަމުގައި ކަނޑައަޅައި ދިނުމަށް އެދި އެވެ. އެ ހުށަހެޅުމުގައި އެދިފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދަންޖެހޭ ގަވާއިދު ހެދެން ދެން ފާރިސްގެ ޝަރީއަތް ވަގުތީ ގޮތުން މެދުކަނޑާލުމުގެ އަމުރަކަށެވެ.

މިކަމާ ގުޅޭގޮތުން ގާޒީ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު ނުހެދޭތީ ޝަރީއަތް މެދުކަނޑާލުމަކީ އަދުލުގެ ނިޒާމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށެވެ. ގާޒީ ވިދާޅުވީ އެންމެ ފަރާތެއްގެ ހައްގަށް ވުރެ މުޅި މުޖުތަމައުގެ ހައްގު މާބޮޑުވާނެ ކަމަށާއި އެހެންކަމުން ޝަރީއަތް މެދުކަނޑާލަންޖެހޭ ތަނެއް ނެތް ކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާރިސްގެ ފަރާތުން ހުށަހެޅީ، ޝަޙްސް އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ދައުލަތުން އަމަލުކޮށްފައިވާ ގޮތުން މައްސަލައަކީ ޝަރީއަތް ހިންގުމެއް ނެތި ބާތިލްކުރަންޖެހޭ މައްސަލައެއް ކަމަށް ކަނޑައިއަޅައި ދިނުމަށެވެ. އެ ހުށަހެޅުމުގައި އެދިފައިވަނީ ދައުވާ ބާތިލް ކޮށްދިނުމަށެވެ.

މިކަމާ ގުޅޭ ގޮތުން ގާޒީ ވިދާޅުވީ ޖުލައި 31 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މި ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ޝަރީއަތުން ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން، ދައުވާ ބާތިލްކުރަންޖެހޭ ތަނެއް ނެތް ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ، މައްސަލައިގެ ތަހުގީގު ހިންގާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެވެ. އެ ހުށަހެޅުމުގައި އެދިފައިވަނީ ބާތިލް ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުވާކުރުމަކީ ބާތިލް އިޖުރާއަތެއްގެ މައްޗަށް ތަރުތީބުވެގެން އަންނާނެ ކަމެއް ކަމަށްވާތީ އެ ސަބަބަށްޓަކައި ދައުވާއަކީ ސައްހަ ނޫން ދައުވާއެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މިކަމާ ގުޅޭ ގޮތުން ގާޒީ ވިދާޅުވީ މި މައްސަލައިގެ ޝަރީއަތް އަދި ނުފެށޭ ކަމަށާއި ގާނޫނާ ޚިލާފަށް ހެކި ހޯދާފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ މައްސަލައިގެ ޝަރީއަތް ފެށުމުން ކަމަށެވެ. އެހެންކަމުން ގާޒީ ނިންމެވީ އެކަމާ މެދު ގޮތެއް ނިންމާނީ ޝަރީއަތުގެ މަރުހަލާގައި ކަމަށެވެ.

ހަތަރު ވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބުނާ ތަފާތު ނުކުރުމުގެ އުސޫލާ ޚިލާފަށް ދައުވާ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދައުވާ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވަނީ އެދިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ގާޒީ ވިދާޅުވީ ހެއްކާއި ގަރީނާ ވަޒަންކޮށް ގާނޫނާ ޚިލާފަށް ކަމެއް ހިނގާފައިވޭތޯ ބަލާނީ ޝަރީއަތުގެ މަރުހަލާގައި ކަމަށެވެ. އެހެންކަމުން ދައުވާ ކުރިއަށް ނުގެންދެވޭނެ ތަނެއް ނެތް ކަމަށް ގާޒީ ނިންމެވި އެވެ.

ފަސް ވަނަ ކަމަކަށް ހުށަހަޅާފައިވަނީ ދައުވާ ސާބިތުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ވީޑިއޯ ސީޑީއަކީ ޝަރީއަތަށް ގަރީނާގެ ގޮތުގައި ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މިކަމާ ގުޅޭ ގޮތުން ގާޒީ ވިދާޅުވީ ޝަރީއަތުގެ މަރުހަލާގައި، ޗެއިން އޮފް ކަސްޓޮޑީއާއި، ޗެއިން އޮފް ކަސްޓޮޑީ ރިޕޯޓާއި، ވީޑިއޯ އެނެލެސިސް ރިޕޯޓް ހޯދަން ޖެހިއްޖެ ނަމަ ހޯދާނެ ކަމަށެވެ. އެހެންކަމުން ވީޑިއޯ ސީޑީއާ މެދު ގޮތެއް ނިންމާނީ ޝަރީއަތުގެ މަރުހަލާގައި ކަމަށް ގާޒީ ވިދާޅުވި އެވެ.

ހަ ވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ، ފާރިސްގެ ފަރާތުން ހާމަކުރުމަށް އެދި ހުށަހަޅާފައިވާ ހެކި ހާމަކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށާއި ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

މިކަމާ ގުޅޭގޮތުން ގާޒީ ވިދާޅުވީ ހެކި ހާމަކުރަންޖެހޭ ހާލަތެއްގައި ޝަރީއަތުގެ މަރުހަލާގައި ހެކިތަކަކީ ކިހާވަރެއްގެ ހެކިތަކެއްތޯ ބަލައި ކުރަންޖެހޭ ކަންތައްތައް ކުރައްވާނެ ކަމަށެވެ.

ފާރިސްގެ ފަރާތުން ހުށަހެޅި ކަންތައްތަކާ މެދު އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ޝަރީއަތުން ގޮތެއް ކަނޑައަޅާފައިވާއިރު، ޖިނާއީ އިޖުރާއަތު ގާނޫނުގެ ދަށުން ދޭންޖެހޭ 30 ދުވަސް ދިނުމަށް ފަހު މި މައްސަލައިގެ ޝަރީއަތް ފެށުމަށް ގާޒީ ނިންމެވީ އޮކްޓޯބަރު 8 ވަނަ ދުވަހު އެވެ.

ފާރިސްގެ މައްޗަށް ޝަޙްސް އޮޅުވާލުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް އާދިއްތަ ދުވަހު ނިންމާލިއިރު، މަޖިލިސް މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް