Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށް ސާފުކުރުން

އެމްޓީސީސީ އާއި ސޭވްދަ ބީޗް ގުޅިގެން ހިރިލަންދޫގައި ސާފުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ތ. ހިރިލަންދޫ ކައުންސިލަށް ވަނީ 10 ޑަސްޓްބިން އެމްޓީސީސީން ހަދިޔާ ކޮށްފަ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2017 | އާދީއްތަ 11:28
އެމްޓީސީސީ އާއި ސޭވްދަ ބީޗް ގުޅިގެން ހިރިލަންދޫގައި ސާފުކުރުމުގެ ހަރަކާތް

އެމްޓީސީސީ އާއި ސޭވްދަ ބީޗް ގުޅިގެން ހިރިލަންދޫގައި ސާފުކުރުމުގެ ހަރަކާތް

އެމްޓީސީސީ އާއި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޭވްދަ ބީޗް ގުޅިގެން، ތ. ހިރިލަންދޫގައި ސާފު ކުރުމުގެ ޙަރަކާތެއް ހޮނިހިރު ދުވަހު ކުރިއަށް ގެންގޮސްފިއެވ

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ހިރިލަންދޫ ބޯޓްޔާރޑްގެ ގޮނޑުދޮށް ސަރަހައްދުގައެވެ. މި ހަރަކާތުގައި ހިރިލަންދޫ ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުންނާއި، ރަށު ކައުންސިލްގެ މުވައްޒަފުންނާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

Advertisement - newsAdvertisement

ހަސަތޭކަ ސާޅިސް ކިލޯގެ ކުނި ހިރިލަންދޫގެ އެކި ސަރަހައްދުތަކުން ވަނީ ހޮވާފައެވެ. އަދި އެމްޓީސީސީ ގެ ފަރާތުން ތ. ހިރިލަންދޫ ކައުންސިލަށް ވަނީ 10 ޑަސްޓްބިން ވެސް ހަދިޔާ ކޮށްފައެވެ.

އެމްޓީސީސީގެ ފަރާތުން ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގަމުން އަންނަތާ 3 އަހަރު ވަނީ ވެފައެވެ. މިދިޔަ ދެ އަހަރު ވެސް މި ޕްރޮގްރާމް ހިންގައިފައި ވަނީ ވިލިމާލޭގައެވެ.

ރާއްޖޭގެ ރަށްތަކުގައި މި ޙަރަކާތް ހިންގުމުގެ މަޤްސަދަކީ ތިމާވެށީގެ މުހިންމުކަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅުއްވާ ފަރާތްތަކުގެ ހޭލުންތެރިކަން އިތުރު ކުރުން ކަމުގައި އެމްޓީސީސީން ވަނީ ބުނެފައެވެ.

މި ޙަރަކާތުގެ ބައިވެރިންނަށް އެކި ބާވަތްބާވަތުގެ ކުންޏާ އެތަކެތި ނައްތާލަންޖެހޭ ގޮތް ތަކާއި އެތަކެތިން ލިބޭ ގެއްލުން އަދި ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ކުނީގެ މައުލޫމާތު ވަނީ ފޯރުކޮށްދީފަ އެވެ.

މި ހަރަކާތުގައި ޖުމްލަ 80 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު