Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އަސްކަރިއްޔާއަށް ވުރެ ފެނަކަގައި މީހުން ގ

ރާއްޖޭގެ އަސްކަރިއްޔާއަށް ވުރެ ފެނަކަ ކުންފުނީގެ މީހުން ގިނަ: ބޮންޑާ

ބޮންޑާ ވިދާޅުވީ ވެރިން ޖަވާބުދާރީ ،ކުރެވޭނީ ގާނޫނު އަސާސީއަށް ބަދަލުގެނެސް ގެން ކަމަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 29 ޑިސެމްބަރު 2024 | އާދީއްތަ 12:02
މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ދިވެހި ރާއްޖޭގެ އަސްކަރިއްޔާއަށް ވުރެ، ފެނަކަ ކޯޕަރޭޝަން ގައި މީޙުން ގިނަ ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވީ އިންޖީނުގެ ހިންގާ ފެނަކަ ކުންފުނީގައި ރާއްޖޭގެ އަސްކަރިއްޔާއަށް ވުރެ މީހުން ގިނަވެފަ ޚަރަދު ބޮޑުކަމަށާއި އެގޮތުން ފެނަކައާއި އަސްކަރިއްޔާ އާއި އަޅުވާ ކިޔާއިރު، މިދަންނަވާ ފެނަ ކުންފުނީގައި 9 ހާހަށް ވުރެ ގިނަ މުވައްޒަފުން ތިބޭކަމަށެވެ. އަދި ސިޔާސީ ގޮތުން އެ ކުންފުނިން ކަނޑާ މުވައްޒަފުންނާއި އަލަށް ވައްދާ މުވައްޒަފުން ވެސް ހާމަ ނުކުރާ ކަމަށާއި އެ މުވަޒްފުންގެ އަދަދު ހާމަކުރާނަމަ މި ދެންނެވި އަދަދަށް ވުރެވެސް މީހުން ގިނަވާނޭ ކަމަށް ބޮންޑާ ވިދާޅުވިއެވެ.

ބޮންޑާ ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާއަށް ވުރެ، ފެނަކަ ކުންފުންޏަށް ދައުލަތުން ކުރާ ޚަރަދު ބޮޑުކަމަށާއި އެވަރަު ކުންފުންޏެއްގެ ދަރަނި 4 ބިލިއަން ރުފިޔާއަށް އެރުމަކީ ކަންބޮޑުވާކަމަށެވެ. އަދި މިކަން ބެލޭނޭ، ޖަވާބު ދާރީ ކުރެވޭނެ ނިޒާމެއް ރާއްޖޭގައި ޤާއިމުވެފަ ނެތް ކަމަށާއި އެފަދަ ނިޒާމެއް ޤާއިމު ނުކޮށް މިފަދަ ކަންކަން ރާއްޖޭގައި ހައްލުނުކުރެވޭނޭ ކަމަށް ވެސް ބޮންޑާ ވިދާޅުވިއެވެ.

ބޮންޑާ ވިދަޅުވީ ސަރުކާރުގައި ހިނގާ ބޮޑެތި ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަންތަކުގެ މައްސަލަތަކަށް ހައްލެއް އަންނާނީ އޭރަކު ރައްޔިތުން ހޮއްވަވާ، ވެރިއަކަށް ހުންނަވާ ވެރިއަކު ޖަވާބުދާރީ ކުރެވޭނޭ ނިޒާމެއް ޤާއިމް ކޮށްގެންކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީ ކުރުވަން ރާއްޖޭގެ ޤާނޫނު އަސާސީއަށް ބަދަލެއް ގެންނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ބަދަލަކީ އޭރަކު ވެރިކަމުގައި ހުންނަވާ ބޭފުޅަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، "ޖަވާބުދާރީ ވާން" އެތަންކޮޅު ޤާނޫނު އަސާސީގައި ލިޔުން ކަމަށާއި އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ތަހުޒީބު ޑިމޮރެޓިކް މުޖުތަމައުގައި ވެސް ކަންކަން އޮންނަ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮންޑާ އިތުރަސް ވިދާޅުވީ ވެރިމީހާ ޖަވާބުދާރީ ކުރުވަން ބަލާއިރު، ރައްތިޔުން ހޮއްވެވި މަންދޫބުން މިހާރު ތިއްބެވީ ރައީސް ތަމްސީލު ކުރައްވަން ކަމަށާއި އަދި ޚާއްސަކޮށް ރައީސް ޖަވާބުދާރީ ކުރުމަށް އޮންނަ ކޮމިތީތަކުގައި ވެސް މި ތިއްބެވީ ރައީސުލްޖުމްހޫރިއްޔާގެ މީހުންކަމަށެވެ.

އޭނާ އިތުރަސް ވިދަޅުވީ ރައިސުލްޖުމްހޫރިއްޔާ ޖަވާބުދާރީ ކުރުވަން އޮންނަ ރައްޔިތުންގެ މަޖިލިހެއް މިހާރު ނެތްކަމަށާއި މަޖިލިސް މިހާރު އޮތީ ރައީސްގެ ޖީބުގައި އޮންނަ ރަބަރު ސްޓޭމްޕަކަށް ވެފައި ކަމަށެވެ. އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހަކީ ރައީސް ލިޔުއްވާފަ އެކަމެއް ކުރަން ބުނީމަ އެގޮތަކަށް ކުރަން ތިބޭބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޮންޑާ ވިދަޅުވީ މަޖީހުގެ މެމްބަރުންނަކީ ރަްއްޔިތުންގެ ކަންކަމުގައި ރައްޔިތުން ވޯޓު ދީގެން ހޮވާފައި ތިބި މަންދޫބުންތަކެއް ކަމަށާއި ނަމަވެސް މިހާރު ރައްޔިތުންގެ ހައްގުގައި މަޖިލިސް މެމްބަރު އެއްވެސް ކަމެއް ކުރާތަން ނުފެންނަކަމަށެވެ.

ބޮނޑާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވާޖިބުތައް ރާއްޖޭގެ ޤާނޫނު އަސާސީގައި ވަރަށް ސާފުކޮސް ބަޔާންކޮސްފައި އެބަ އޮތް ކަމަށާއި ނަމަވެސް ކަންތައް ދަނީ އެގޮތަށް ނޫންކަމަށް ބޮންޑާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު