Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިމިގްރޭޝަނުން ހިންގާ ރެއިޑް އޮޕަރޭޝަން

ކޮފީ ޝޮޕްތަކަކުން 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އިމިގްރޭޝަނުން ހިނގި ރެއިޑް އޮޕަރޭޝަނުގައި މިހާތަނަށް 1،300 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކޮށް ޖުމުލަ 5،012 ބިދޭސީން ފުރުވާލާފައިވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 29 ޑިސެމްބަރު 2024 | އާދީއްތަ 11:48
އިމިގްރޭޝަނުން މާލޭ ކޮފީޝޮޕްތަކުގަ ހިންގި ރެއިޑް އޮޕަރޭޗަނުގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަނުން މާލޭ ކޮފީޝޮޕްތަކުގަ ހިންގި ރެއިޑް އޮޕަރޭޗަނުގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދިއަ އޮޕަރޭޝަނުގެ ތެރެއިން ކޮފީ ޝޮޕްތަކަކުން 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޓާސްކުފޯހުން މާލޭގެ ކޮފީ ޝޮޕްތަކަށް ހާއްސަކޮށްގެން ހޮނިހިރު ދުވަހު ހިންގި ރެއިޑު އޮޕަރޭޝަން ގައި ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރެއިޑް އޮޕަރޭޝަނުން ކޮފީޝޮޕް ހިންގަމުންދާ 6 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ކޮފީޝޮޕްތަކުން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އިމިގްރޭޝަންގެ ރެއިޑް މި ދުވަސްކޮޅު ބޮޑަށް އަމާޒުކުރަނީ ބިދޭސީންގެ ބޮޑު ނުފޫޒެއް އޮންނަ ސަރަހައްދުތަކަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް, ޓާސްކްފޯހުން ގިނަ އޮޕަރޭޝަންތަކެއް ހިންގާފައިވާއިރު، މާލެ ސަރަހައްދާއި ހުޅުމާލޭ ސަރަހައްދުގެ އޮޕަރޭޝަންތައް ކާމިޔާބުކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިހާތަނަށް ހިންގި އޮޕަރޭޝަންތަކުގައި 1،300 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކޮށް ޖުމުލަ 5،012 ބިދޭސީން ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާ ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުންދިޔަ ބިދޭސީން ހިމެނޭއިރު، އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ބިދޭސީން ވެސް ގިނަ އަދަދަކަށް ހިމެނެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މައުލޫމާތު އެއްކުުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން, ކުރަނގީގެ ދަށުން މިހާތަނަށް 18,000 ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގާފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

30 މާރިޗު 2017
ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
22 މާރިޗު 2017

އެމްއެމްޕީއާރްސީގެ މައްސަލައިގާ ލަދުވެތިވަން، ހުރިހާ ވުޒާރާތަކުން ހިންގާ ކޮރަޕްޝަން ބެލުމުގެ ގާބިލް ކަމެއް ނެތް: ރައީސް

22 މާރިޗު 2017
އެމްއެމްޕީއާރްސީގެ މައްސަލައިގާ ލަދުވެތިވަން، ހުރިހާ ވުޒާރާތަކުން ހިންގާ ކޮރަޕްޝަން ބެލުމުގެ ގާބިލް ކަމެއް ނެތް: ރައީސް
18 މާރިޗު 2017

ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

18 މާރިޗު 2017
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު