Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮމެއިން ސެޓްފިކެޓް

ޑޮމެއިން ރެޖިސްޓްރީ ސެޓިފިކެޓު ހަވާލުކުރަން ފަށައިފި

26 ޑިސެމްބަރު 2024 | ބުރާސްފަތި 16:51

ޑޮމެއިން ސެޓްފިކެޓަކީ ޑޮމެއިން ރަޖިސްޓްރޭޝަންގެ ސައްހަކަން ކަށަވަރުކުރެވޭގޮތަށް ސެކިއުރިޓީ ފީޗާތަކެއް އެކުލެވިގެންވާ ލިޔުމެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 26 ޑިސެމްބަރު 2024 | ބުރާސްފަތި 16:51
ސެކިއުރިޓީ ފީޗާޒް ހިމެނޭ ޑޮމެއިން ސެޓްފިކެޓް ދޫކުރަން ފެށުން

ސެކިއުރިޓީ ފީޗާޒް ހިމެނޭ ޑޮމެއިން ސެޓްފިކެޓް ދޫކުރަން ފެށުން

ޑޮމެއިންގެ ހިދުމަތަށް އަލަށް ތައާރަފުކުރެވުނު ޑޮމެއިން ރަޖިސްޓަރީ ސެޓްފިކެޓް ހަވާލުކުރަން ފަށައިފިއެވެ.

އެންމެ ފުރަތަމަ ޑޮމެއިން ލިބުނު މީހާއަސް ޑޮމެއިން ރެޖިސްޓްރީ ސެޓްފިކެތް ހަވާލުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއެވެ.

އެ ސެޓްފިކެޓަކީ ޑޮމެއިން ރަޖިސްޓްރޭޝަންގެ ސައްހަކަން ކަށަވަރުކުރެވޭގޮތަށް ސެކިއުރިޓީ ފީޗާތަކެއް އެކުލެވިގެންވާ ލިޔުމެއް ކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ޑޮމެއިން ހިދުމަތުގެ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން އައު ސެކިއުރިޓީ ފީޗާ ތަކަކާއެކު ޑޮމެއިން ރަޖިސްޓްރީ ސެޓިފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ތައާރަފްކުރުމަށް ޓްރާސްޕޯޓް މިނިސްޓްރީން އެކަން ނިންމީ ދާދިފަހުންނެވެ.

ނިމުނު ނޮވެމްބަރު މަހުގެ  17 އިން ފެށިގެން  60 ދުވަސްތެރޭގައި ކުރިން ދޫކޮށްފައިވާ ޑޮމެއިން ބޭނުން ކުރުމުގެ ހުއްދަ ނުވަތަ ފައިސާ ދެއްކި ކަމުގެ ރަސީދު މިނިސްޓްރީއަށް ހުށަހަޅަންޖެހޭކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ފާހަގަކުރެއެވެ. އަދި ހުށަހެޅުމަށްފަހު އަލަށް ތާއާރަފްކުރާ ޑޮމެއިން ރަޖިސްޓްރީ ސެޓުފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދައަށް ބަދަލުކުރަން އެ މިނިސްޓްރީން އިލްތިމާސްކުރިއެވެ.

ޑޮމެއިންގެ ހިދުމަތައް އެދި ލިޔެކިޔުންތައް ހުށަހެޅުމަށް ދެ ގޮތެއް ވަނީ ހަމަޖެހިފަ އެވެ. އެއީ ޑޮމެއިންގެ ހިދުމަތައް ހާއްސަކޮށްފައިވާ އީމެއިލްއަށް މެއިލްކުރުން ނުވަތަ ޑޮމެއިންގެ މަސައްކަތަށް މިނިސްޓްރީން ހާއްސަކޮށްފައިވާ ކައުންޓަރަށް ހުށަހެޅުމެވެ. ކައުންޓަރު ހުޅުވިފައި ހުންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން 13:00 އަށް މިނިސްޓްރީގެ ގްރައުންޑް ފްލޯގަ އެވެ.

އަދި 60 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު މިނިސްޓްރީއިން ޑޮމެއިންގެ ގޮތުގައި ބަލައިގަންނާނީ އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދުގެ ޖަދުވަލް 1 ގައި ބަޔާންކޮށްފައިވާ ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ އެކަންޏެވެ.

މިނިސްޓްރީން ބުނީ އަމާޒަކީ އެ ހިދުމަތް އަލުން ފެށިގެންދާއިރު ރެކޯޑުތައް ބަލަހައްޓާ އަދި މޮނިޓާ ކުރާނެ ހަރުދަނާ ނިޒާމާއި ހަރުދަނާ ގަވާއިދެއް އެކުލަވާ, ގަވާއިދާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް