Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުނާމީ ކާރިސާ

"ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަނެ، ވިލުންތެރިކަމާއި ދިމާއަށް ގައުމު ގެންދެވުނީ ރާއްޖޭގައި އޮތް އިސްލާމީ ހިދާޔަތުގެ ސަބަބުން"

26 ޑިސެމްބަރު 2024 | ބުރާސްފަތި 12:26

ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާ ހިނގާފައިވަނީ މީގެ 20 އަހަރު ކުރިން، ޑިސެންބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ހެނދުނު 09:23 ގަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ޑިސެމްބަރު 2024 | ބުރާސްފަތި 12:26
"ވިލުންތެރި 20" މަޢުރަޒު ހުޅުވުމުގެ ރަސްމިއްޔާތު

"ވިލުންތެރި 20" މަޢުރަޒު ހުޅުވުމުގެ ރަސްމިއްޔާތު

ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަނެ، ވިލުންތެރިކަމާއި ދިމާއަށް ޤައުމު ގެންދެވުނީ މާތްﷲ މި ޤައުމަށް މިންވަރުކުރައްވާފައިވާ އިސްލާމީ ހިދާޔަތުގެ ނޫރުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން ބާއްވާފައިވާ "ވިލުންތެރި 20" މަޢުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ނައިބު ރައީސް ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި، ކާރިސާގެ ވަގުތުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމަށް އަލި އަޅުވާލައްވާފައެވެ.

އެއީ ރާއްޖެ ނުދެކޭ ފަދަ ނަމޫނާގެ ހަނދާނެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ސަލާމަތީ ބާރުތަކާއި، ދަރުމަވެރިންނާއި، ޢާންމު ރައްޔިތުން ވެސް އެ ދުވަހު ދެއްކީ ނަމޫނާ ހިތްވަރެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ނެރެ، ޤައުމީ ޚިދުމަތުގައި ވެދެއްވި ޤުރުބާނީގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ މި ކާރިސާއާއެކު އުފަންވި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ހަމައެހެންމެ ރާއްޖޭގެ ފުރަތަމަ "ކާރިސީ ހިރާސް ކުޑަކުރުމުގެ އިސްތިރާޖު" މި ވެރިކަމުގެ ޅަފަތުގައި އެކުލަވާލެވުމުން ދައްކުވައިދެނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގައި މިކަމަށް ދެއްވާ އަހަންމިއްޔަތުކަން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާ ގުޅުވައިގެން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން އިންތިޒާމުކުރައްވާފައިވާ "ވިލުންތެރި 20" މަޢުރަޒު ކުރިއަށްދަނީ، ނޭޝަނަލް އާޓް ގެލެރީގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އަންގާރަ ދުވަހު، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ފާސްކުރެއްވި "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024-2030" ގެ ފޮތް އިފުތިތާޙުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ހުށަހެޅުއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ޚާއްޞަ ލަވައެއް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. އެއަށްފަހު، އެމަނިކުފާނު މަޢުރަޒު ބައްލަވާލައްވައި،"ފަނޑުވުމެއް ނެތް ހަނދާންތައް" ސެގްމެންޓްގައި ސުނާމީއާ ގުޅޭ ޚާއްޞަ މެސެޖެއް، އެމަނިކުފާނު ލިޔުއްވިއެވެ. މީގެއިތުރުން މިރަސްމިއްޔާތުގައި "ވިލުންތެރި 20" މައުރަޒުގެ ފޮޓޯފޮތް އެމަނިކުފާނަށް ވަނީ އަރުވާފައެވެ.

ދިވެހިރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާ ހިނގާފައިވަނީ މީގެ 20 އަހަރު ކުރިން، ޑިސެންބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ހެނދުނު 09:23 ގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް