Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ޕީއެސްޖީން ބޭނުން ވަނީ ކޯލޯ މުއާނީ ދޫކޮށްލަން

ޕީއެސްޖީ އަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ލުއިސް އެންރީކޭގެ ޕްލޭންގައި ވެސް ކޯލޯ މުއާނީ ނުހިމެނޭ ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޑިސެމްބަރު 2024 | ބުރާސްފަތި 03:31
ޕީއެސްޖީ އަށް ކުޅެމުން އަންނަ ކޯލޯ މުއާނީ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ކޯލޯ މުއާނީ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ބޭނުން ވަނީ އެ ކުލަބަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑު، ރަންޑަލް ކޯލޯ މުއާނީ ދޫކޮށްލަން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އައިންޓްރަކްޓް ފްރޭންކްފާޓް ދޫކޮށްލުމަށްފަހު، އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީ އަށް ބަދަލުވީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ، 2028 ވަނަ އަހަރު އެވެ. އެ އެއްބަސްވުމުގައި ބާކީ ހަތަރު އަހަރު އޮތް ނަމަވެސް، ޕީއެސްޖީން ބޭނުން ވަނީ އޭނާ ދޫކޮށްލަން ކަމަށް ރިޕޯޓުތަކުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ފްރާންސްގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޕީއެސްޖީން ބޭނުން ވަނީ ކުރިއަށް އޮތް ޖަނަވަރީ ޓްރާންސްފާގައި ކޯލޯ މުއާނީ ދޫކޮށްލުމަށެވެ. އެކަމާ ގުޅޭ މަޝްވަރާތައް އެ ކުލަބުގެ އިސްވެރިންގެ ދެ މެދުގައި ކޮށްފައިވާއިރު، އެކަމުގައި މިހާރު ގޮތެއް ނިންމައިގެން ތިބި ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަނެއްކޮޅުން ޕީއެސްޖީ އަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ލުއިސް އެންރީކޭގެ ޕްލޭންގައި ވެސް ކޯލޯ މުއާނީ ނުހިމެނޭ ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.

ޕީއެސްޖީން ކޯލޯ މުއާނީ ދޫކޮށްލަން ބޭނުންވާއިރު، އޭނާ ހޯދުމުގެ ޝައުޤުވެރިކަން ބައެއް ކުލަބުތަކުން ގެންގުޅޭ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ. އެގޮތުން އިޓަލީ ލީގުގެ އޭސީ މިލާން އިން އޭނާ ހޯދުމަށް ޝައުޤުވެރިވާއިރު، ޖަރުމަނު ލީގުގެ ބައެއް ކުލަބުތަކުގެ އިތުރުން، އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް ކުލަބުތަކުގެ ޝައުޤުވެރިކަން ވެސް ކޯލޯ މުއާނީ އަށް އޮތް ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

ޕީއެސްޖީ އަށް ބަދަލުވީ ފަހުން ކޯލޯ މުއާނީ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 54 މެޗުގައި 11 ލަނޑު ޖަަހައިފަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގެ 14 މެޗެއްގައި އޭނާ ކުޅެފައިވާއިރު، ދެ ލަނޑު ވަނީ ޖަހައިފަ އެވެ. ޕީއެސްޖީން ކޯލޯ މުއާނީ ދޫކޮށްލަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ އެ ކުލަބުގައި އޭނާ އަށް ރަނގަޅު ކުޅުމެއް ނުދެއްކުން ކަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ. އޭނާ ވަނީ ޕީއެސްޖީ އާއެކު ތިން ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ

27 ފެބުރުއަރީ 2017
މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ
26 ފެބުރުއަރީ 2017

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

26 ފެބުރުއަރީ 2017
ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު