Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީހަކު ގެއްލުން

އައްޑޫ ކަނޑަށް ގެއްލުނު ނޭޕާލު މީހާ ހޯދުން މެދުކަނޑާލިކަމަށް ބުނެވުނީ ލިޔުމުގެ ކުށަކުން، އޮޅިގެން - އެމްއެންޑީއެފް

21 ޑިސެމްބަރު 2024 | ހޮނިހިރު 13:40

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ޑިސެމްބަރު 2024 | ހޮނިހިރު 13:40
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ އުޅަނދެއް

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ އުޅަނދެއް

އައްޑޫ ކަނޑަށް ގެއްލުނު ނޭޕާލު މީހާ ހޯދުން މެދުކަނޑާލާފައިވާ ކަމަށް ބުނެވުނީ ލިޔުމުގެ ކުށަކުން އޮޅިގެން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އައްޑޫ ކަނޑަށް ގެއްލުނު ނޭޕާލު މީހާ ހޯދުން މެދުކަނޑާލާފައިވާ ކަމަށް ހުކުރު ދުވަހު އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެ މީހާ ހޯދުން މެދުކަނޑާލި ސަބަބެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އެ ސަރަހައްދުގެ މޫސުން ގޯސްވުމާއި ގުޅިގެން މެޓް އޮފީހުން ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

މީގެ ކުރީގެ އިންފޯރ ގައި އޮޕަރޭޝަން ހުއްޓާލި ކަމަށް ލިޔެވިފައިވަނީ މައުލޫމާތުގެ ކުށަކުން ކަމަށް ފާހަގަކޮށް ހޮނިހިރު ދުވަހު އެމްއެންޑީއެފުން ވަނީ އެކަމަށްޓަކާ މަޢާފަށް އެދިފައެވެ.

ސީމެކްސް ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް ކުރެވޭ މަސައްކަތުގެ އަދާހަމަ ހިއްސާކުރަމުން އެމްއެންޑީއެފުން ބުނީ ސީމެކްސް ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށްޓަކާ، އޮޔާއެކު މީހާ ދާނެކަމަށް ގަބޫލުކުރެވޭ ދިމާތަކުގައި ހޮނިހިރު ދުވަހު ސަރޗް އޮޕަރޭޝަން ހިންގާފަިއވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ 18 ވަނަ ދުވަހު 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފަވާ ކަމަށެވެ.

އަދި19 ވަނަ ދުވަހު ފޯއްމުލަކު ގެ ވަށައިގެން ބަލާފަވާ ކަމަށާއި އަދި ގެއްލުނު މީހާ ފެނިފަ ނުވާ ކަމަށެވެ.

އޭގެ އިތުރުން މިސަރަހައްދުގައި ދަތުރުކުރާ އިންޓަރނޭޝަނަލް އުޅަނދުފަހަރާ ވެސް ދަނީ ކޯޑިނޭޓް ކުރަމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އައްޑޫއިން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ ބޯޓެއްގައި ހުރި ނޭޕާލުގެ ފަޅުވެރިޔަކު ގެއްލުނީ ފުވައްމުލަކާއި އައްޑޫއާ ދެމެދު ކަނޑަށެވެ.

އޭނާ ގެއްލުމާ ގުޅިގެން އެ މީހާ ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ހާމަކުރީ ޑިސެމްބަރު 17، ގައެވެ.

އޭނާ ގެއްލިފައި ވަނީ ޑިސެމްބަރު 16، ގެ ރޭ ދަންވަރު ކަމަށް އެމްއެންޑީއެފުން ވަނީ ފަހުން ހާމަކޮށްފައެވެ.

މި އޮޕަރޭޝަނުގައި ފުވައްމުލަކު ވަށައިގެންވާ ސަރަހައްދާއި އައްޑޫ ކަނޑުގެ 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއެމްއެންޑީއެފް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް