Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޯތި ޚިޔާނާތް

ގޯތި ޚިޔާނާތް: މައްސަލަ ޖެހުނު ގޯތީގެ އަދަދާއި މެދު ފަޒުލްގެ ވާހަކަ އާއި ފުލުހުންގެ ވާހަކަ ދިމާ ނުވޭ

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ފަޒުލް އަށް ޖަވާބެއް ދެވިފައެއް ނުވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2024 | ހުކުރު 13:01
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ މައްސަލައިގައި، އޮޅުވާލައިގެން ހޯދަން އުޅުނު ކަމަށް ބެލެވޭ ގޯތީގެ އަދަދާއި މެދު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ވާހަކަ އާއި ފުލުހުންގެ ވާހަކަ ދިމާ ނުވާކަން ހާމަވެއްޖެއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ މުޙައްމަދު ފަޒީލް ރަޝީދަށް ވަގަށް ދިން ގޯތި ވެރިފައި ކުރަން ހައުސިން މިނިސްޓްރީއަށް ފޮނުވީ އިންފާރު ރާނަން ހުއްދަ ވެސް ދީފަ ކަން ބުދަ ދުވަހުގެރޭ އެޗްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފާޒުލްގެ ވާހަކައިން ވަނީ ފަޅާ އަރާފައެވެ.

Advertisement - newsAdvertisement

މި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ބައެއް ނޫސްވެރިން ވަނީ، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ފޮނުވާފައިވާ ސިޓީގައި އެ ބުނާ ހުޅުމާލެ ލޮޓް ނަންބަރު 20768, 1250 އަކަފޫޓުގެ ގޯތި ދީފައިވާ ސަރަހައްދަށް ގޮސްފައެވެ. އެ ބުނާ ގޯތީގައި ވަށާ ފާރު ރާނާފައިވާތަން ފެންނަ ހުރި އިރު، ބުދަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވަނީ ވަރަށް ބޮޑަށް އެކަން ދިފާއުކޮށް ވާހަކަ ދައްކަވަން މަސައްކަތް ކުރައްވާފައެވެ. ފަޒުލް ވިދާޅުވި ގޮތުގައި މައްސަލަ ޖެހިފައި ވަނީ 2 ލޮޓެއްގެ އެވެ. އަދި އެ މައްސަލަތަކުގައި ހިމެނެނީ ޖުމްލަ 6 މީހެކެވެ.

އެހެންނަމަވެސް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ތިން ލޮޓެއްގެ މައްސަލަ މިހާތަނަށް ފާހަގަވާކަމަށް ބުނެފައެވެ. އެ މައްސަލަތަކާއި ގުޅިގެން ފޯޖުކޮށްފައިވާ ކަމަށް ޝައްކުކުރެވޭ ލިޔުންތަކެއް ހުށަހަޅާފައިވާކަން ފާހަގަވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި ފުލުހުން މައްސަލަ ތަހުގީގު ކުރަން ފެށީ ލިޔެކިޔުންތައް ސައްހަތޯ ބެލުމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ލިޔުން ހޯދުމަށް ބިން ލިބުނު ފަރާތްތަކުން ހުށަހަޅަމުންދާ އިރު އިރު އެ ލޮޓްތަކުގެ އިތުރު މައްސަލަތައް ފާހަގަވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ބައެއް ލޮޓްތަކާ ގުޅިގެން އިމާރަތް ކުރުމުގެ ހުއްދަ ހޯދުމަށް ޕޯޓަލް މެދުވެރިކޮށް ލިޔުން ހުށަހަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެކަމަށް އެދި ލިޔުން ހުށަހަޅާފައިވާ ގޮތަށް ބަލާ ނަމަ، އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުގެ ނަމުގައި ލިޔުން ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ފަޒުލް މި މައްސަލަ އާއި މެދު އިތުރުފުޅުހައްދަވާފައިވާ އެހެން ކަންކަން ވަނީ ފާހަގަކުރެވިފައެވެ.

އެގޮތުން ބުދަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފަޒުލް ވަރަށް ސާފުކޮށް ވިދާޅުވީ، މީގެ ތެރެއިން ގޯއްޗެއްގެ ރާނާފައި ނުވާ ކަމަށެވެ. ނަމަވެސް ފަޒުލްގެ ކޮއްކޮ ފަޒީލް އަށް ދިން ގޯތީގެ އިންފާރު ރާނާފައިވާކަން އެ ސަރަހައްދުގެ ފޮޓޯ އާއި ވީޑިއޯ އިން ސާފުކޮށް އެނގެއެވެ.

ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ ރައްޔިތުންގެ ފާޑުކިޔުން ބޮޑުވުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ފަޒުލް އަށް ޖަވާބެއް ދެވިފައެއް ނުވެއެވެ.

އިބްރާހީމް ފަޒުލް ރަޝީދު އެޗްޑީސީބިން ފޭރުންބިންވެރިޔާ ސްކީމް ގޯތީގެ ވައްކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު