Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒުގެ އިންޒާރު

ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ރައީސް މުއިއްޒުގެ އިންޒާރު ކުންފުނިތަކުގެ ވެރިންނާއި، މަޖިލިސް މެންބަރުންނަށް

ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނެ، ޒީރޯ ޓޮލަރަންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޑިސެމްބަރު 2024 | ހުކުރު 07:19
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި ފަރާތްތަކާއެކު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މި ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި ފަރާތްތަކާއެކު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަރަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަންގެ (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަޑު އެއްބަފާ ބޭބެއަށް ހުޅުމާލެ-ފޭސް2 އަކުން ގޯއްޗެއް ދޭން މަސައްކަތް ކުރި މައްސަލަ ފެންމަތިވެ، އެމައްސަލަ ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް މުއިއްޒު ލިޔުއްވި މެސެޖެއްގައި ވިދާޅުވީ، އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގައިފިނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށާއި، ހިޔާނާތުގެ މައްސަލަތަކަށް ލޯމަރާލައިގެން ނުހުންނަވާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެއްވެސް ބޭފުޅަކު ގަވާއިދާ ހިލާފަށް ނުވަތަ އުސޫލާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް މީހަކަށް ކޮށްދީފިނަމަ ނުވަތަ ހިންގަން ފުރުސަތު ދީފި ނަމަ ނުވަތަ އެއްވެސް މީހަކަށް ބޭއިންސާފުން ކަމެއް މަގުފަހި ކޮށްދީފި ނަމަ ނުވަތަ މިފަދަ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނެ ކަމަށާއި ޒީރޯ ޓޮލަރަންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ވެސް ރައީސް މުއިއްޒު ވަނީ އިންޒާރު ދެއްވާފައެވެ. މި އިންޒާރު ދެއްވާފައިވަނީ ހުޅުމާލޭން މެންބަރުންނަށް ނުއަގުގައި ބިން ގަނެފައިވާ ކަަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ. އެކަމަށް އިޝާރާތް ކުރައްވައި އެއްވެސް މެންބަރަކު ބީލަމަކާ ނުލައި ބިން ގަނެފައިވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް މުއިއްޒު ވަޓްސްއެޕް ގުރޫޕްގައި ލިޔުއްވި ކަމަށް މެންބަރުން ވިދާޅުވެފައިވެއެވެ.

ރައީސް މުއިއްޒު އިންޒާރު ދެއްވި ނަމަވެސް، އެޗްޑީސީގެ މިހިޔާނާތުގެ މައްސަލަ ޖުލައި މަހުގެ ތެރޭގައި އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ސަމާލުކަމަށް ގެނައުމުން ވެސް އެކަން ބަލަން އެމަނިކުފާނު އަންގަވާފައިނުވާކަން ވަނީ ހާމަވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުކޮރަޕްޝަން އެޗްޑީސީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު