Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރުސީގެ ހިޔާނާތް

ރައީސް ޔާމީންގެ އިއުތިރާފާއެކު އޭސީސީން ނެރޭ އެމްއެމްޕީއާރުސީގެ ރިޕޯޓް މުރާޖައާ ކުރަން ޖެހޭ: އަނަސް

19 އޯގަސްޓު 2017 | ހޮނިހިރު 23:58

އެއަށް ވުރެ ބޮޑު އިއުތިރާފެއް ނުވެވޭނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 19 އޯގަސްޓު 2017 | ހޮނިހިރު 23:58
އަނަސްޢަބްދުއް ސައްތާރު: އޭސީސީގެ ރިޕޯޓް މުރާޖައާ ކުރަން ޖެހޭ

އަނަސްޢަބްދުއް ސައްތާރު: އޭސީސީގެ ރިޕޯޓް މުރާޖައާ ކުރަން ޖެހޭ

ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި އިއުތިރާފާއި ގުޅިގެން އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ނެރެން އުޅޭ ރިޕޯޓް މުރާޖައާ ކުރަން ޖެހޭނެ ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.

އަނަސް މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ޤާނޫނީ ވަކީލްކަންވެސް ކުރައްވާ އަނަސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭގޮތުން ރައީސް ޔާމީން ވެވަޑައިގެންނެވި އިއުތިރާފުން ހެއްކާއި ޤަރީނާ އަދި ބޭނުންވާ ހުރިހާ އެއްޗެއް އެމަނިކުފާނާ ދެކޮޅަށް އެވަނީ ލިބިފައި ކަމަށާއި ހަމައެކަނި އެމައްސަލައަށް ބެލިކަމުގައި ވިއަސް އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ހިންގަން ޖެހޭނެ ކަމަށެވެ. އޭގެ އިތުރަށް ހުރި ކަންކަމަށް ބަލާއިރު މިސަރުކާރުގެ ތެރޭގައި އެކަމުގެ އިތުރު ހެކިތައް ހުންނާނެ ކަމަށްވެސް އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ އެފަދަ ހެކިތައް ހުރި ނަމަވެސް އޭސީސީފަދަ ތަންތަނުން އެކަންކަން ބަލަމުން ނުދާ ކަމަށާއި އެކަންކަމަކީ އޭސީސީއަށް ހުށަނޭޅިކަމުގައި ވިއަސް އެމުއައްސަސާއަށް ލިބިގެންދާ ބާރުގެ ދަށުން ބެލޭނެ ކަންކަން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާގުޅޭގޮތުން އޭސީސީން އަދިވެސް ރިޕޯޓް ނުނެރި އޮތްއޮތުމަށް އިޝާރާތް ކުރައްވާ އަނަސް ވިދާޅުވީ އޭސީސީން އެކަމުގައި އެއްވެސް އިޚްލާސްތެރިކަމެއް ނެތް ކަމަށާއި އެރިޕޯޓް ނިންމަވައިގެން އެބޭފުޅުން ތިއްބަވަނިކޮށް އަލްޖަޒީރާއިން ނެރުނު ރިޕޯޓާ ގުޅިގެން އަލުން ތަހުގީގް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އޭގެ އެތައް މަހެއްގެ ފަހުން އަދިވެސް އެރިޕޯޓް ނެރެފައި ނުވާ ކަމަށާއި އެހާ ދުވަސް ނަގަން ޖެހޭނެ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށެވެ.

އަނަސް ވިދާޅުވީ އޭގެ ފަހުން އޭގެ އެންމެ މުގުލުގައި ހުރިކަމަށް ތުހުމަތު ކުރެވުނު ރައީސް ޔާމީން އެވަނީ އިއުތިރާފް ވެވަޑައިގެންފައި ކަމަށާއި އެހެންކަމަށް ވާނަމަ އަލުން އެރިޕޯޓް މުރާޖައާ ކުރަން ޖެހޭނެ ކަމަށެވެ. އަނަސް ވިދާޅުވީ ކަނޑައެޅިގެން ދޫވެއްސަށް އެފައިސާ ވަތްކަމަށް ރައީސް ޔާމީން އިއުތިރާފްވެވަޑައިގަންނަވާކަމަށާއި އެއީ ޙަޤީގަތެއް ކަމުގައި ނުވާނަމަ ރައްޔިތުންގެ ކުރިމަތީގައި މީހަކު އިއުތިރާފެއް ނުވާނެ ކަމަށެވެ.

އެހާ ހާމަކަން ބޮޑު ގޮތެއްގައި ރައީސް ޔާމީން އިއުތިރާފްވެވަޑައިގެންފައިވާއިރު އޭސީސީން އެވާހަކަތަކަށް ބިނާކޮށް އަލުން ތަހުގީގް ކުރަން ޖެހޭނެ ކަމަށާއި އެތަހުގީގްގައި ރައީސް ޔާމީން އޭސީސީއަށް ކުރިން ދެއްވި ބަޔާނަށްވުރެ އިސްކަމެއް ދެއްވަން ވާނީ ރައްޔިތުންގެ ކުރިމަތީގައި ހާމަކޮށް ދެއްވި ވާހަކަފުޅަށް ކަމަށެވެ. އަނަސް ވިދާޅުވީ އެތަހުގީގްކޮށް އަލުން މުރާޖައާ ކޮށްގެން ނޫނީ އެރިޕޯޓް ސައްޙަ ނުވާނެ ކަމަށާއި އެހެންކަމުން އެރިޕޯޓް އަލުން މުރާޖައާ ކުރަން ޖެހޭ ކަމަށެވެ.

"މުލުގަ ހުރި އެންމެ އިސްމީހާ މިއޮތީ އަމިއްލަފުޅަށް އިއުތިރާފް ވެފައި. ސްޓީލިންގ ޕެރަޑައިސް ޑޮކިއުމެންޓްރީއާ ގުޅިގެން އަލުން އެރިޕޯޓް މުރާޖައާ ކުރި ފަދައިން ރައީސުލް ޖުމްހޫރިއްޔާގެ އިއުތިރާފަށްފަހު އަލުން އެބަޖެހޭ އެރިޕޯޓް މުރާޖައާ ކުރަން" އަނަސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް