Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ބެސްޓް އެވޯޑު

ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވިނީޝިއުސް އަށް

18 ޑިސެމްބަރު 2024 | ބުދަ 05:55

ޤައުމީ ޓީމުތަކުގެ ކޯޗުން އަދި ކެޕްޓަނުންގެ މެދުގައި ވޯޓުލާ މި އެވޯޑުގައި، 89 ޤައުމީ ޓީމެއްގެ ކެޕްޓަނުން ވަނީ ވިނީޝިއުސް އަށް ވޯޓު ދީފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޑިސެމްބަރު 2024 | ބުދަ 05:55
ފީފާ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާ އެކު ވިނީޝިއުސް

ފީފާ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާ އެކު ވިނީޝިއުސް

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ ހޮވިއްޖެ އެވެ.

ޤަތަރުގެ ވެރި ރަށް ދޯހާގައި އަންގާރަ ދުވަހުގެ ރޭ ކުރިއަށް ދިޔަ އެވޯޑު ހަފުލާގައި ވިނީޝިއުސް އެވޯޑު ހޯދީ، ސްޕެއިންގެ ރޮޑްރީ، އިންގްލެންޑުގެ ޖޫޑް ބެލިންހަމް، ސްޕެއިންގެ ޑެނީ ކާވަހާލް، ލަމީން ޔަމާލް، އާޖެންޓީނާގެ ލިއޮނަލް މެސީ، ޖަރުމަނުގެ ޓޯނީ ކްރޫސް، ނޯވޭގެ އާލިން ހާލަންޑް، ފްރާންސްގެ ކީލިއަން އެމްބާޕޭ، ޖަރުމަނުގެ ފްލޯރިއަން ވާޓްޒް އަދި އުރުގުއޭގެ ފެޑެރިކޯ ވަލްވާޑޭއާ ވާދަކޮށެވެ.

އެންމެ މޮޅު ކުޅުންތެރިޔަކަށް ވިނީޝިއުސް ހޮވިފައިވާއިރު، އޭނާ އަށް ވަނީ 48 ޕޮއިންޓު ލިބިފަ އެވެ. ޤައުމީ ޓީމުތަކުގެ ކޯޗުން އަދި ކެޕްޓަނުންގެ މެދުގައި ވޯޓުލާ މި އެވޯޑުގައި، 89 ޤައުމީ ޓީމެއްގެ ކެޕްޓަނުން ވަނީ ވިނީޝިއުސް އަށް ވޯޓު ދީފަ އެވެ. ވިނީޝިއުސްގެ ފަހަތުން ދެ ވަނައިގައި ރޮޑްރީ އަށް ލިބެނީ 43 ޕޮއިންޓެވެ. ރޮޑްރީ އަކީ ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު މިއަހަރު ހޯދި ކުޅުންތެރިޔާ އެވެ. ތިން ވަނައިގައި ބެލިންހަމް އަށް ލިބެނީ 37 ޕޮއިންޓެވެ.

ފީފާ އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވިނީޝިއުސް އަށް ލިބުނުއިރު، ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިބީ މިއަހަރުގެ ބެލެންޑިއޯ އެވޯޑު ވެސް ވިނީޝިއުސް އަށް ލިބޭނެ ކަށެވެ. ނަމަވެސް ވިނީޝިއުސްއާ ވާދަކޮށް ބެލެންޑިއޯ އެވޯޑު ރޮޑްރީ ހޯދިއިރު، ވިނީޝިއުސް އަށް އެވޯޑު ނުލިބުމުން ބައެއް ކުޅުންތެރިންނާއި ކޯޗުން ވަނީ އެކަމަށް ފާޑު ވެސް ކިޔައިފަ އެވެ. ބެލެންޑިއޯ އެވޯޑު ހަފުލާގައި ރެއާލް މެޑްރިޑުން ބައިވެރިނުވެ، އެވޯޑު ހަފުލާ ވަނީ ބޮއިކޮޓްކޮށްފަ އެވެ.

ފީފާ އިން ވަކިން އަހަރުގެ މޮޅު ކުޅުންތެރިޔާ އަށް އެވޯޑު ދޭން ފެށީ 2016 ވަނަ އަހަރު އެވެ. މި އެވޯޑު އެންމެ ގިނަ ފަހަރު ހޯދާފައި ވަނީ އާޖެންޓީނާގެ ކެޕްޓަން މެސީ އެވެ. އޭނާ ވަނީ ތިން ފަހަރު އެވޯޑު ހޯދައިފަ އެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ ވަނީ ދެ ފަހަރު މި އެވޯޑު ހޯދައިފަ އެވެ. ދެން މި އެވޯޑު ހޯދާފައި ވަނީ ވިނީޝިއުސްގެ އިތުރުން، ލޫކާ މޮޑްރިޗް އެވެ.

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްވިނީޝިއުސް ޖޫނިއަރ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

ވިނީޝިއުސްގެ ދެ ލަނޑާ އެކު ރެއާލް އިން ވިޔަރެއާލް ބަލިކޮށްފި

05 އޮކްޓޯބަރު 2025
ވިނީޝިއުސްގެ ދެ ލަނޑާ އެކު ރެއާލް އިން ވިޔަރެއާލް ބަލިކޮށްފި
19 ޑިސެމްބަރު 2024

އަހަރެން ނިކަމެތި ކުރުމަށް ވަރަށް ގިނައިން މަސައްކަތް ކުރި: ވިނީޝިއުސް

19 ޑިސެމްބަރު 2024
އަހަރެން ނިކަމެތި ކުރުމަށް ވަރަށް ގިނައިން މަސައްކަތް ކުރި: ވިނީޝިއުސް
18 ޑިސެމްބަރު 2024

މޮޅު ކީޕަރަކަށް މާޓިނޭޒް ހޮވުނުއިރު، މޮޅު ކޯޗަކީ އަންޗެލޮޓީ

18 ޑިސެމްބަރު 2024
މޮޅު ކީޕަރަކަށް މާޓިނޭޒް ހޮވުނުއިރު، މޮޅު ކޯޗަކީ އަންޗެލޮޓީ
30 އޮކްޓޯބަރު 2024

ވިނީޝިއުސްގެ ދިފާއުގައި ގިނަ ކުޅުންތެރިންތަކެއް!

30 އޮކްޓޯބަރު 2024
ވިނީޝިއުސްގެ ދިފާއުގައި ގިނަ ކުޅުންތެރިންތަކެއް!
24 އޮކްޓޯބަރު 2024

ބެލެންޑިއޯ ކާމިޔާބު ކުރާނީ ވިނީޝިއުސް: އަންޗެލޮޓީ

24 އޮކްޓޯބަރު 2024
ބެލެންޑިއޯ ކާމިޔާބު ކުރާނީ ވިނީޝިއުސް: އަންޗެލޮޓީ
23 އޮކްޓޯބަރު 2024

ފަހަތުން އަރައި ރެއާލް އިން ޑޯޓްމަންޑު ބަލިކުރިއިރު، ވިނީޝިއުސް ހެޓްރިކް ހަދައިފި

23 އޮކްޓޯބަރު 2024
ފަހަތުން އަރައި ރެއާލް އިން ޑޯޓްމަންޑު ބަލިކުރިއިރު، ވިނީޝިއުސް ހެޓްރިކް ހަދައިފި
01 މެއި 2024

ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން

01 މެއި 2024
ބަޔާނަށް މޮޅުނުވެވުނީ ވިނީޝިއަސް ޖެހި ދެ ލަނޑުން
16 ޖެނުއަރީ 2024

މޮޅު ކީޕަރު އެޑަސަން ޑްރީމް ޓީމަށް ނޭރި!

16 ޖެނުއަރީ 2024
މޮޅު ކީޕަރު އެޑަސަން ޑްރީމް ޓީމަށް ނޭރި!
16 ޖެނުއަރީ 2024

ދުނިޔޭގެ މޮޅު ކޯޗަކަށް ގާޑިއޯލާ

16 ޖެނުއަރީ 2024
ދުނިޔޭގެ މޮޅު ކޯޗަކަށް ގާޑިއޯލާ
01 ނޮވެމްބަރު 2023

ވިނީޝިއުސް ޖޫނިއަރ ރެއާލްގެ އެއްބަސްވުން އައުކޮށްފި

01 ނޮވެމްބަރު 2023
ވިނީޝިއުސް ޖޫނިއަރ ރެއާލްގެ އެއްބަސްވުން އައުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް