Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

އަހަރެން ނިކަމެތި ކުރުމަށް ވަރަށް ގިނައިން މަސައްކަތް ކުރި: ވިނީޝިއުސް

ވިނީޝިއުސް ބުނީ އޭނާގެ ވަގުތު އައިސް ޖެހިއްޖް ކަމަށާއި، އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. އަދި އެކަން ޙާސިލު ކުރުމަށްޓަކައި އޭނާ ވަރަށް ގިނަ އަދި ބުރަ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ވިނީޝިއުސް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2024 | ބުރާސްފަތި 03:31
ފީފާ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ

ފީފާ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ

ފުޓުބޯޅަ ކެރިއަރުގައި ކުރިއަށް ދިޔުމަށް ކުރަމުން އަންނަ މަސައްކަތުގައި އޭނާ ދަށްކޮށްލުމާއި، ނިކަމެތި ކުރުމަށް ބަޔަކު ވަރަށް ގިނަ އިން މަސައްކަތް ކުރާ ކަމަށް، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ ބުނެފި އެވެ.

އޭނާ މިހެން ބުނީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އަހަރުގެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ އެވޯޑު ކާމިޔާބު ކުރުމަށްފަހު އެވެ. ޤަތަރުގެ ވެރި ރަށް، ދޯހާގައި ކުރިއަށް ދިޔަ އެވޯޑު ހަފުލާއި ވިނީޝިއުސް މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދީ، ސްޕެއިންގެ ރޮޑްރީ އަދި އިންގްލެންޑުގެ ޖޫޑް ބެލިންހަމާ ވާދަކޮށެވެ.

އެވޯޑު ކާމިޔާބު ކުރުމަށްފަހު ވިނީޝިއުސް ބުނީ، އޭނާ އަކީ މީގެ ކުރިން އެތައް ލެޖެންޑުންނެއް އެ އެވޯޑު ކާމިޔާބު ކުރި މަންޒަރު ބެލި ކުޅުންތެރިޔެއް ކަމަށެވެ. ވިނީޝިއުސް ބުނީ އޭނާގެ ވަގުތު އައިސް ޖެހިއްޖް ކަމަށާއި، އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. އަދި އެކަން ޙާސިލު ކުރުމަށްޓަކައި އޭނާ ވަރަށް ގިނަ އަދި ބުރަ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ވިނީޝިއުސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވިނީޝިއުސް ބުނީ އޭނާ ދަށްކޮލުމަށް ނުވަތަ ނިކަމެތިކޮށްލުމަށް ބަޔަކު ވަރަށް ގިނައިން މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް، އޭނާ ކުރިއަށް ދިޔުމުގައި ކުރަން ޖެހޭ ކަންތައްތަކާއި، ޙާސިލު ކުރަން ބޭނުންވާ ކަންކަން އެއިން އެއްވެސް މީހަކަށް ނުބުނެވޭނެ ކަމަށް ވިނީޝިއުސް ބުންޏެވެ. ވިނީޝިއުސް ބުނީ ސައޮ ގޮންސާލޯގައި އޭނާ އުޅުނުއިރު، އެތަނުގައި އޮތް ސިސްޓަމަށް އޭނާ ފިޓު ނުވާ ކަމަށާއި، އޭނާ އަށް ކުރިއަށް ދެވުނީ ކިރިޔަ ކިރިޔާ ކަމަށެވެ.

ފީފާ އެވޯޑަށް އިޝާރާތް ކުރަމުން ވިނީޝިއުސް ބުނީ އެއީ އޭނާގެ އަމިއްލަ ނަފުސުގެ އިތުރުން، އޭނާގެ އާއިލާއަށްޓަކައި ހޯދި އެވޯޑެއް ކަމަށެވެ. މިހާ ހިސާބަށް އައުމުގައި އޭނާ އަށް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނުކަން ވެސް ވިނީޝިއުސް ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން ބްރެޒިލްގެ ފްލެމެންގޯ، ރެއާލް މެޑްރިޑު އަދި ބްރެޒިލް ޤައުމީ ފުޓުބޯޅަ ޓީމުގެ ނަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ފާއިތުވި އަހަރުތަކުގައި އޭނާ އާއެކު ޓީމުތަކުގައި ކުޅުނު ކުޅުންތެރިންނާއި، ކޯޗުން އަދި ކޮންމެ ދުވަހަކު އެކި ކަންކަމުގައި ވާހަކަ ދައްކާ އެހެނިހެން ފަރާތްތައް ހިމެނޭނެ ކަމަށް ވެސް ވިނީޝިއުސް ބުންޏެވެ.

ފީފާ އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވިނީޝިއުސް އަށް ލިބުނުއިރު، ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިބީ މިއަހަރުގެ ބެލެންޑިއޯ އެވޯޑު ވެސް ވިނީޝިއުސް އަށް ލިބޭނެ ކަށެވެ. ނަމަވެސް ވިނީޝިއުސްއާ ވާދަކޮށް ބެލެންޑިއޯ އެވޯޑު ރޮޑްރީ ހޯދިއިރު، ވިނީޝިއުސް އަށް އެވޯޑު ނުލިބުމުން ބައެއް ކުޅުންތެރިންނާއި ކޯޗުން ވަނީ އެކަމަށް ފާޑު ވެސް ކިޔައިފަ އެވެ. ބެލެންޑިއޯ އެވޯޑު ހަފުލާގައި ރެއާލް މެޑްރިޑުން ބައިވެރިނުވެ، އެވޯޑު ހަފުލާ ވަނީ ބޮއިކޮޓްކޮށްފަ އެވެ.

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްރެއާލް މެޑްރިޑްވިނީޝިއުސް ޖޫނިއަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު