Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

ބެލެންޑިއޯ ކާމިޔާބު ކުރާނީ ވިނީޝިއުސް: އަންޗެލޮޓީ

މިއަހަރުގެ ބެލެންޑިއޯ އެވޯޑު ހަފުލާ އޮންނަނީ މި މަހުގެ 28 ވަނަ ދުވަހު ފްރާންސްގެ ވެރި ރަށް ޕެރިހުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2024 | ބުރާސްފަތި 04:24
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ އަދި ވިނީޝިއުސް ޖޫނިއާ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ އަދި ވިނީޝިއުސް ޖޫނިއާ

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރާނީ، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ ކަމަށްް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް އިން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ފަހަތުން އަރައި ރެއާލް މޮޅުވި އެ މެޗުގައި ވިނީޝިއުސް ވަނީ ތިން ލަނޑު ޖަހައި، ހެޓްރިކް ހަމަކޮށްފަ އެވެ.

އަންޗެލޮޓީ ބުނީ ދެ ވަނަ ހާފުގައި ވިނީޝިއުސް ދެއްކި ފެންވަރުގެ ކުޅުމެއް ދެއްކޭނެ ކުޅުންތެރިޔަކު ހޯދުމަކީ މިހާރު އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. މެޗުގައި ތިން ލަނޑު ޖެހުމުގެ އިތުރުން، ދެ ވަނަ ހާފުގައި ވިނީޝިއުސް ދެއްކި ހުނަރުވެރި ކުޅުމާއި، އޭނާގެ ފެންވަރަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.

އެކަން ފާހަގަ ކުރަމުން އަންޗެލޮޓީ ބުނީ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރާނީ އަދި ލިބެން ޖެހޭނީ ވެސް ވިނީޝިއުސް އަށް ކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި ޑޯޓްމަންޑާ ދެކޮޅަށް ދެއްކި ކުޅުމަށް ބަލާފައި ބުނި އެއްޗެއް ނޫން ކަމަށާއި، އެއީ މުޅި ސީޒަނަށް ބަލާފައި ބުނި އެއްޗެއް ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. އެހެން ނަމަވެސް އެ މެޗުގައި ވިނީޝިއުސް ޖެހި ތިން ލަނޑަކީ، ބެލެންޑިއޯ ކާމިޔާބު ކުރަން އޭނާ އަށް ލިބުނު އިތުރު އެހީއެއް ކަމަށް ވެސް އަންޗެލޮޓީ ވަނީ ސިފަ ކޮށްފަ އެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ވިނީޝިއުސް ދައްކަމުން އަންނަ ކުޅުން އެންމެ ވެސް ބަލައި ގަންނަ ކަމަށެވެ. ސްޕެއިންގައި މީހުން ވިނީޝިއުސްއާ ދިމާ ކުރަނީ އޭނާގެ ފަރާތުން ތަފާތުތަކެއް ފެންނާތީ ކަމަށާއި، އޭނާ ކުޅެމުން ދަނީ ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. އަދި ސްޕެއިންގައި ވެސް މީހުން ވިނީޝިއުސް އަށް އިޙުތިރާމް ކުރާ ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.

މިއަހަރުގެ ބެލެންޑިއޯ އެވޯޑު ހަފުލާ އޮންނަނީ މި މަހުގެ 28 ވަނަ ދުވަހު ފްރާންސްގެ ވެރި ރަށް ޕެރިހުގަ އެވެ. މިއަހަރުގެ ބެލެންޑިއޯ އެވޯޑަށް ނޮމިނޭޓުވެފައިވާ 30 ކުޅުންތެރިންގެ ނަން އިއުލާން ކޮށްފައިވާއިރު، އެ ލިސްޓުގައި ވިނީޝިއުސް ވެސް ހިމެނެ އެވެ.

ރެއާލް މެޑްރިޑްބަލޮންޑޯ އެވޯޑްވިނީޝިއުސް ޖޫނިއަރކާލޯ އަންޗެލޮޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު