Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަން

ބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް ރޮނާލްޑޯ ވާދަކުރަނީ

18 ޑިސެމްބަރު 2024 | ބުދަ 04:26

ރޮނާލްޑޯގެ އަމާޒަކަށް ވާނީ ލޯކަލް ކުލަބުތަކުގެ އިތުރުން، ޤައުމީ ޓީމުތަކުގެ ކުރިއެރުންތަކަށް ބޮޑެތި އިސްލާޙުތަކެއް ގެނައުން ކަމަށް ވެސް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޑިސެމްބަރު 2024 | ބުދަ 04:26
ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑު ރޮނާލްޑޯ

ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑު ރޮނާލްޑޯ

ބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްކަމުގެ މަޤާމަށް، އެ ޤައުމުގެ ފުޓުބޯޅަ ލެޖެންޑު ރޮނާލްޑޯ ވާދަކުރަން ނިންމައި، އެކަން އިއުލާން ކޮށްފި އެވެ.

އުމުރުން 48 އަހަރުގެ ރޮނާލްޑޯ ވަނީ އެކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ. ރޮނާލްޑޯ، އޭނާގެ ރަސްމީ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ބްރެޒިލް ފުޓުބޯޅައިގެ ސަބަބުން އޭނާ އަށް މުޅި ދުނިޔޭގެ ދޮރު ހުޅުވިފައިވާ ކަމަށެވެ. ރޮނާލްޑޯ ބުނީ ހަަމައެކަނި އޭނާގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި، އޭނާ އަށް ވުރެ ބްރެޒިލްގެ ފުޓުބޯޅަ މާ ބޮޑު ކަމަށެވެ. އަދި ބްރެޒިލްގެ ރީނދޫ ކުލައިގެ ޖާޒީ ލައިގެން ކުޅޭއިރު، އޭގެ ބުރަދަނުގެ ވާހަކަ ދައްކަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް ބްރެޒިލްގެ ފުޓުބޯޅަ އޮންނަން ބޭނުންވާ ކަމަށާއި، މީގެ ކުރިން ޤައުމު ތަމްސީލު ކުރުމުގައި ދައްކާފައިވާ ނަމޫނާ ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ރޮނާލްޑޯ އަކީ ބްރެޒިލްގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ބްރެޒިލް އާއެކު 1994 ވަނަ އަހަރު އަދި 2002 ވަނަ އަހަރުގެ ފީފާ ވާރލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. 1998 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފައިނަލްގައި ކުޅެފައިވާއިރު، އެ އަހަރުގެ ފައިނަލްގައި ވަނީ ފްރާންސް އަތުން ބަލިވެފަ އެވެ. ރޮނާލްޑޯ އަކީ މަތީ ފަންތީގައި ފުޓުބޯޅަ ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔަކަށް ވާއިރު، އޭނާގެ ތަޖުރިބާ އަކީ ބްރެޒިލްގެ ބްރޭންޑު ރަމްޒުކޮށްދޭނެ ކަމެއް ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަންގެ ހަލަނބޮލި މެނޭޖުމަންޓަށް ފާޑު ކިޔުންތައް އަމާޒުވެފައިވާއިރު، ރޮނާލްޑޯ ކުރަމުން އަންނަނީ އެކަން ބަދަލު ކުރުމުގެ މަސައްކަތް ކަމަށް ވެސް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

ގިނަ ބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް ވާދަކުރަން ރޮނާލްޑޯ ނިންމާފައިވާ މި ދަނޑިވަޅަކީ ވަރަށް ނާޒުކު ވަގުތެކެވެ. ފުޓުބޯޅައިގައި ތާރީޚީ ކާމިޔާބީތަކާ އެކު ވެސް، މިހާރު ބްރެޒިލްގެ ފުޓުބޯޅަ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ބޮޑު ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. އެހެންކަމުން ރޮނާލްޑޯގެ އަމާޒަކަށް ވާނީ ލޯކަލް ކުލަބުތަކުގެ އިތުރުން، ޤައުމީ ޓީމުތަކުގެ ކުރިއެރުންތަކަށް ބޮޑެތި އިސްލާޙުތަކެއް ގެނައުން ކަމަށް ވެސް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް ވާދަކުރަން ރޮނާލްޑޯ ނިންމާފައިވާއިރު، ކުރީގެ މަޝްހޫރު ބައެއް ކުޅުންތެރިން ވަނީ އެ ޤައުމުތަކުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްކަމާ ހަވާލުވެފަ އެވެ. އެގޮތުން ބާސެލޯނާ އަށް ކުރިން ކުޅުނު ކެމަރޫންގެ ސަމުއެލް އެޓޫ ވަނީ، ކެމަރޫން ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ކަމާއި ހަވާލުވެފައެވެ.

ބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަންރޮނާލްޑޯ (ބްރެޒިލް)

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

24 މާރިޗު 2024

ކުޅުނީ އަހަރުމެން، މޮޅުވީ އެމީހުން: ސައުތުގޭޓް

24 މާރިޗު 2024
ކުޅުނީ އަހަރުމެން، މޮޅުވީ އެމީހުން: ސައުތުގޭޓް
14 މާރިޗު 2024

ޕްރެމިއާ ލީގު ކާމިޔާބުކުރާނީ މެންޗެސްޓަރ ސިޓީ: ރޮނާލްޑޯ

14 މާރިޗު 2024
ޕްރެމިއާ ލީގު ކާމިޔާބުކުރާނީ މެންޗެސްޓަރ ސިޓީ: ރޮނާލްޑޯ
09 ޑިސެމްބަރު 2023

ބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް މަގާމުން ދުރުކޮށް، އިންތިގާލީ ރައީސަކު އައްޔަންކޮށްފި

09 ޑިސެމްބަރު 2023
ބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް މަގާމުން ދުރުކޮށް، އިންތިގާލީ ރައީސަކު އައްޔަންކޮށްފި
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް