Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހޫތީންގެ ހަމަލާ

ޔަމަންގެ ހޫތީން ސްޕަރސޮނިކް މިސައިލް ހަމަލާއެއް އިސްރާއީލަށް ދީފި

ހޫތީން މި ހަމަލާ ދިނުމަށްފަހު ވެސް ބުނެފައިވަނީ އިސްރާއީލުގެ ސިފައިން  ޣައްޒާ ގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ދާންދެން އިސްރާއީލާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2024 | އަންގާރަ 01:31
ހޫތީން ރޮކެޓް ހަމަލާ އެއް ލޯންޗް ކުރަނީ

ހޫތީން ރޮކެޓް ހަމަލާ އެއް ލޯންޗް ކުރަނީ

އިސްރާއީލުގެ މެދުތެރެއަށް ސްޕަރސޮނިކް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް ޔަމަނުގެ ހޫތީން ބުނެފިއެވެ.

ހޫތީން މި ހަމަލާ ދިނުމަށްފަހު ވެސް ބުނެފައިވަނީ އިސްރާއީލުގެ ސިފައިން  ޣައްޒާ ގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ދާންދެން އިސްރާއީލާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ހޫތީ އަސްކަރީ ތަރުޖަމާނު، ޔަހްޔާ ސާރީ، ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ބުނެފައިވަނީ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ބޭނުން ކުރީ "ފަލަސްތީން 2" ނަމަކަށް ކިޔާ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލެއް ކަމަށެވެ.

ހޫތީން ބުނެފައިވަނީ މި ހަމަލާ ދިނީ އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ "މަރުގެ އަނިޔާވެރި ޢަމަލުތަކަށް" ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.

އިސްރާއީލުން ވަނީ އަހަރަކަށް ވުރެ ދިގުލީ އަނިޔާވެރި ހަމަލާ ތަކުގައި ޣައްޒާގައި، 45،000 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފައެވެ.

އިސްރާއީލުގެ ސިފައިން ބުނެފައިވަނީ ޔަމަނުގެ ސަރަޙައްދުން އައި މިސައިލެއް އިސްރާއީލުގެ ސަރަޙައްދަށް ވަނުމުގެ ކުރިން މަތަކުރެވުނު ކަމަށެވެ.

ވީޑިއޯ ފުޓޭޖުތަކުން ފެންނަ ގޮތުގައި މިސައިލްގެ ސަބަބުން އިސްރާއީލުގައި ވަނީ ސައިރަން އަޅާފައެވެ. އަދި އެތައް ހާސް ބަޔަކު ރައްކައުތެރިކަން ހޯދުމަށް އިމާރާތްތަކުގެ ތެރެއަށް ވަދެ ބޮނދާ މަންޒަރު ފެނިފައިވެއެވެ.

އިސްރާއީލުން ބުނީ ސައިރަން އަޅާފައިވަނީ މިސައިލް މަތަ ކުރުމުގެ ސަބަބުން އޭގެން ވެއްޓިދާނެ ބައިތަކުގެ ނުރައްކަލުގެ ސަބަބުން ކަމުގައެވެ. 

މި މިސައިލުގެ ސަބަބުން އިސްރާއީލުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ތެލް އަވީވްގައި ސައިރަން އަޅާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުންވެސް ރިޕޯޓު ކޮށްފައިވެއެވެ.

ނަމަވެސް، ހޫތީން ބުނެފައިވަނީ މި އޮޕަރޭޝަނުން "ކާމިޔާބުކަމާއެކު އޭގެ މަޤްޞަދުތައް ހާސިލުކުރެވުނު" ކަމަށެވެ. އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ފާއިތުވި ހަފްތާގައި، ޔަމަނުގެ ޑްރޯނެއް ވަނީ ތެލް އަވީވް ކައިރީގައިވާ ޔަވްނޭ ސިޓީގައި ހުރި އިމާރާތަކަށް އަރާފައެވެ.

އިސްރާއީލަށް މިސައިލްތަކާއި ޑްރޯންތައް ބޭނުން ކޮށްގެން ދޭ ހަމަލާތަކުގެ އިތުރުން، ހޫތީން ވަނީ ރަތް ކަނޑާއި އޭގެ ވަށައިގެންވާ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދެމުން ގެންގޮސްފައެވެ. މިއީ ޣައްޒާގެ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން ކަމަށް އެމީހުން ބުނެއެވެ.

ފާއިތުވި އަހަރު، ހޫތީން ވަނީ ގިނަ އަދަދެއްގެ އުޅަނދުފަހަރަށް މިސައިލްތަކާއި ޑްރޯންތަކުން ހަމަލާދީ، 4 ކުރޫ އިން މަރާލައި، 2 އުޅަނދު ފައްތާލާފައެވެ.

އެމެރިކާއިން ހޫތީންގެ މުހިންމު ތަންތަނަށް ހަމަލާ ދިނުމަށް އަސްކަރީ އިއްތިހާދެއް އުފައްދާ އެ އިއްތިހާދުން ހަމަލާ ދެމުން ގެންދިޔަ ނަމަވެސް މިކަމުން ހޫތީންގެ ހަމަލާތައް ހުއްޓިފައެއް ނުވެއެވެ. އިސްރާއީލުންވެސް ވަނީ މި ހޫތީންގެ ބާރުގެ ދަށުގައިވާ ޔަމަނުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް އެތައް ފަހަރަކު ދީފައެވެ.                                                            

ހޫޘީން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔަމަނުގެ ހޫޘީން އިސްރާއީލަށް ދޭ ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށް ބުނެފި

ޔަމަނުގެ ހޫޘީން އިސްރާއީލަށް ދޭ ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށް ބުނެފި

31 އޯގަސްޓު 2025
ޔަމަނުގެ ބޮޑުވަޒީރު އިސްރާއީލުން އަވަހާރަ ކޮށްލައިފި

ޔަމަނުގެ ބޮޑުވަޒީރު އިސްރާއީލުން އަވަހާރަ ކޮށްލައިފި

30 އޯގަސްޓު 2025
ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ

ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ

08 ޖުލައި 2025
ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ޔަމަނުން ހަމަލާދީ ފައްތާލައިފި

ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ޔަމަނުން ހަމަލާދީ ފައްތާލައިފި

07 ޖުލައި 2025
އިސްރާއީލް އިން ހޫތީންގެ އަމާޒުތަކަށް ހަމަލާ ދީފި

އިސްރާއީލް އިން ހޫތީންގެ އަމާޒުތަކަށް ހަމަލާ ދީފި

06 މެއި 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު