Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ޔަމަން ހަމަނުޖެހުން

ޔަމަނުގެ ބޮޑުވަޒީރު އިސްރާއީލުން އަވަހާރަ ކޮށްލައިފި

އަހްމަދު ޣާލިބް އަލް-ރަހްވީ ބޮޑުވަޒީރު ކަމަށް އިސްކުރެވުނީ ގާތްގަނޑަކަށް މީގެ އަހަރެއް ކުރިންނެވެ. ނަމަވެސް ސަރުކާރު ހިންގުމުގެ އިސްވެރިޔަކީ އޭނާގެ ނައިބު، މުހައްމަދު މުފްތާހް އެވެ. ހޮނިހިރު ދުވަހު އޭނާއާ ބޮޑުވަޒީރުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާއްޖެ އެމްވީ | 30 އޯގަސްޓު 2025 | ހޮނިހިރު 18:10
ޔަމަނުގެ ހޫޘީ ސަރުކާރުގެ ބޮޑުވަޒީރު އަޙްމަދު އަލް ރަހްވީ

ޔަމަނުގެ ހޫޘީ ސަރުކާރުގެ ބޮޑުވަޒީރު އަޙްމަދު އަލް ރަހްވީ

ޔަމަނުގެ ބޮޑުވަޒީރާއި އެހެން ވަޒީރުންތަކެއް ވެރިރަށް ޞަންޢާ ގައި އިސްރާއީލުން އަވަހާރަކޮށްލައިފި އެވެ.

އިސްރާއީލުން ދިން ހަމަލާއެއްގައި ބުރާސްފަތި ދުވަހު އެ ފަރާތްތައް އަވަހާރަވިކަން ހޫޘީ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ އިސްވެރިޔާ މަހްދީ އަލް-މަޝާތްގެ ބަޔާނަކަށް ހަވާލާދީ އެ ޖަމާއަތުން ހިންގާ ނިއުސް އެޖެންސީ އިން ހޮނިހިރު ދުވަހު ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ހަމަލާގައި އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އިސްރާއީލުން ހުކުރު ދުވަހު ބުނެފައި ވަނީ ވައިގެ މަގުން ދިން ހަމަލާ އަމާޒު ކޮށްފައި ވަނީ ހޫޘީންގެ ޗީފް އޮފް ސްޓާފް، ދިފާއީ ވަޒީރު އަދި އެހެން އިސް އޮފިޝަލުންނަށް ކަމަށާއި، އޭގެ ނަތީޖާ ކަށަވަރު ކުރަމުންދާ ކަމަށެވެ.

މަޝާތްގެ ބަޔާނުގައި ދިފާއީ ވަޒީރު މި ހަމަލާގެ ޝިކާރައަކަށްވީ މީހުންގެ ތެރޭގައި ހިމެނޭކަން ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

ބޮޑުވަޒީރު އަވަހާރަވިކަން ހާމަ ކުރުމަށްފަހު، އޭގެ އިރުކޮޅެއް ފަހުން ހޫޘީން ހިންގާ ނިއުސް އެޖެންސީން ނެރުނު ދިފާއީ ވަޒީރުގެ ބަޔާނެއްގައި، އިސްރާއީލާ ކުރިމަތިލުމަށް ތައްޔާރަށް ތިބިކަމަށް ބުނެފައިވެއެވެ.

މި ބަޔާނުގައި ބުރާސްފަތި ދުވަހުގެ ވައިގެ ހަމަލާގެ ވާހަކައެއް ނުހިމެނެއެވެ. އަދި މި ބަޔާން ނެރުނީ ހަމަލާގެ ކުރިންތޯ ނުވަތަ ފަހުންތޯ ސާފު ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިނިސްޓަރުންނަށް އަމާޒު ކުރެވުނީ "ވޭތުވެދިޔަ އަހަރު ސަރުކާރުގެ ޙަރަކާތްތަކާއި މަސައްކަތްތައް ވަޒަން ކުރުމަށް ސަރުކާރުން ބޭއްވި އާންމު މަސައްކަތު ބައްދަލުވުމެއްގައި" ތިއްބާ ކަމަށް ޙޫޘީންގެ ބާރުގެ ދަށުގައިވާ ޓެލެވިޜަނުން ގެނެސްދިން ރިޔާސީ ބަޔާނެއްގައި ބުނެފައިވެއެވެ.

އަހްމަދު ޣާލިބް އަލް-ރަހްވީ ބޮޑުވަޒީރު ކަމަށް އިސްކުރެވުނީ ގާތްގަނޑަކަށް މީގެ އަހަރެއް ކުރިންނެވެ. ނަމަވެސް ސަރުކާރު ހިންގުމުގެ އިސްވެރިޔަކީ އޭނާގެ ނައިބު، މުހައްމަދު މުފްތާހް އެވެ. ހޮނިހިރު ދުވަހު އޭނާއާ ބޮޑުވަޒީރުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުން އަވަހާރަ ކޮށްލި ރަހްވީ އަކީ ގިނަ ފަރާތްތަކުން ދެކޭގޮތުގައި ހޫޘީ ލީޑަރޝިޕްގެ އެތެރެ ކޮއިލުގެ ބޭފުޅެއް ނޫން ކަމަށާއި، ހަމައެކަނި ނަމުގައި ހުންނެވި ބޮޑުވަޒީރެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދިފާއީ ވަޒީރު މުހައްމަދު އަލް-އަތީފީ އަކީ ހޫޘީންގެ މިސައިލް ބްރިގޭޑް ގްރޫޕް ހިންގާ އަދި އެމީހުންގެ އެންމެ އިސް މިސައިލް ތަޖުރިބާކާރު ކަމަށް ބެލެވެއެވެ.

އިސްރާއީލްގެ ސިފައިން ބުނެފައި ވަނީ އެމީހުންގެ ފައިޓަރ ޖެޓްތަކުން ޞަންޢާ ގެ ސަރަހައްދުގައި ހޫޡީންގެ އިސްވެރިން ޖަމާވެފައިވާ ތަނަކަށް ހަމަލާދީފައިވާ ކަމަށާއި، މިއީ އިންޓެލިޖެންސް އެއްކުރުމާއި ވައިގެ ބާރު ބޭނުންކޮށްގެން ހިންގި ކޮމްޕްލެކްސް އޮޕަރޭޝަނެއް ކަމަށް ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހު އިސްރާއީލްގެ ސެކިއުރިޓީ މަސްދަރުތަކުން ބުނެފައި ވަނީ ހަމަލާގެ އަމާޒުތަކަކީ ހޫޡީ ލީޑަރު އަބްދުލް މަލިކް އަލް-ހޫޘީގެ ރެކޯޑްކޮށްފައިވާ ތަޤްރީރެއް ބެލުމަށް ގިނަ އަދަދެއްގެ އެ ޖަމާއަތުގެ އިސްވެރިން އެއްވެފައިވާ އެކި ތަންތަން ކަމަށެވެ.

ޑިސެމްބަރު މަހު، އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ޙޫޘީންގެ އިސް ލީޑަރުންނާ ދެކޮޅަށް އިސްރާއީލުން ފިޔަވަޅު އަޅާނެ ކަމަށް ހާމަކޮށް އިންޒާރުދީފައެވެ.

ޔަމަނުގެ އުތުރު ސަރަޙައްދުގެ ބޮޑު ބައެއް ކޮންޓްރޯލު ކުރަނީ ހޫޘީން ނެވެ. އެމީހުންގެ ބާރު ފެތުރިފައިވަނީ 2014 ވަނަ އަހަރު ސަންޢާ އަށް އަރައި، ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރު ވައްޓާލުމަށްފަހުގައެވެ. އޭގެ ފަހުން ސަޢޫދީ އަރަބިއްޔާގެ އެހީތެރިކަމާއެކު އުފެދުނު އިއްތިހާދަށް ވެސް ޙޫޘީން ބޭރުކޮށްލެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޙޫޘީންގެ ބާރު އިތުރަށް ވަރުގަދަ ވަމުން ދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ޔަމަން-އިސްރާއީލްއަހްމަދް ޣާލިބް އަލް-ރަހްވީމުހައްމަދު އަލް-އަތީފީޞަންޢާހޫޘީން

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

19 އޮކްޓޯބަރު 2025
ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ
31 އޯގަސްޓު 2025

ޔަމަނުގެ ހޫޘީން އިސްރާއީލަށް ދޭ ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށް ބުނެފި

31 އޯގަސްޓު 2025
ޔަމަނުގެ ހޫޘީން އިސްރާއީލަށް ދޭ ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށް ބުނެފި
08 ޖުލައި 2025

ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ

08 ޖުލައި 2025
ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ
07 ޖުލައި 2025

ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ޔަމަނުން ހަމަލާދީ ފައްތާލައިފި

07 ޖުލައި 2025
ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ޔަމަނުން ހަމަލާދީ ފައްތާލައިފި
06 މެއި 2025

އިސްރާއީލް އިން ހޫތީންގެ އަމާޒުތަކަށް ހަމަލާ ދީފި

06 މެއި 2025
އިސްރާއީލް އިން ހޫތީންގެ އަމާޒުތަކަށް ހަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު