Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް

އިސްރާއީލް އިން ހޫތީންގެ އަމާޒުތަކަށް ހަމަލާ ދީފި

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި، ހުދައިދާ ބަނދަރަކީ އީރާނުން ޓެރަރިޒަމްގެ މަޤުސަދު ތަކަށް ހަތިޔާރު އަދި އެހެނިހެން ސާމާނު ފޯރުކޮށްދިނުމަށް ބޭނުން ކުރާ ތަނެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 މެއި 2025 | އަންގާރަ 03:59
އިސްރާއީލް ދިން ހަމަލާގެ ސަބަބުން އެ ސަރަހައްދުން އަލިފާން ގަނޑެއް އުފެދިފައި

އިސްރާއީލް ދިން ހަމަލާގެ ސަބަބުން އެ ސަރަހައްދުން އަލިފާން ގަނޑެއް އުފެދިފައި

އިސްރާއީލްގެ މައި ވައިގެ ބަނދަރަަށް އަމާޒުކޮށް ހޫތީން އިން ދިން ހަމަލާއާ ގުޅިގެން، އިސްރާއީލް އިން ހޫތީންގެ އަމާޒުތަކަށް ހަމަލާ ދީފި އެވެ. 

ހުދައިދާ ބަނދަރަށް އަމާޒުކޮށް ހަ ހަމަލާ ދީފައިވާކަން ހޫތީންގެ އަލް މަސީރާ ޓީވީ އިން ވަނީ ބުނެފަ އެވެ. އަދި އިސްރާއީލްގެ އަސްކަރިއްޔާ އިން ވެސް ވަނީ މި ހަމަލާތައް ދީފައިވާކަން ކަށަވަރު ކޮށްދީފަ އެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި، ހުދައިދާ ބަނދަރަކީ އީރާނުން ޓެރަރިޒަމްގެ މަޤުސަދު ތަކަށް ހަތިޔާރު އަދި އެހެނިހެން ސާމާނު ފޯރުކޮށްދިނުމަށް ބޭނުން ކުރާ ތަނެކެވެ. 

މިކަމާ ގުޅިގެން އެމެރިކާގެ އިސް އޮފިޝަލަކު ބުނެފައި ވަނީ، އެ ހަމަލާތައް ދިނުމުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.   

ހޫތީންގެ ޞިއްޙީ ވުޒާރާ އިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެމެެރިކާ އިން ސަނާ އަށް ދިން ހަމަލާއެއްގައި 16 މީހަކު ވަނީ ޒަޚަމުވެފަ އެވެ. 

މީގެ އިތުރުން ސަނާ އަށް އިތުރު ހަމަލާ އަކީ، އަލް ޖައުފު ސަރަހައްދަށް ހަތް ހަމަލާ ދީފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ. 

ދާދި ފަހުން ހޫތީން އިން ވަނީ ބެން ގުރިއަން އެއާޕޯޓަށް "ހައިޕަސޮނިކް" މިސައިލަކުން ހަމަލާ ދީފަ އެވެ. މި ޙަމަލާގައި ހަ މީހުން ޒަޚަމްވެ، ވައިގެ ދަތުރުތައް ހުއްޓާލަން ޖެހުނެވެ.

ޣައްޒާގެ ހަނގުރާމައާ ގުޅިގެން، ޙޫތީން އިން ވަނީ އިސްރާއީލްގެ އަމާޒު ތަކަށާއި، ރަތް ކަނޑުން ދަތުރު ކުރާ އުޅަނދު ފަހަރުތަކަށް ހަމަލާ ދީފަ އެވެ. 

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހޫތީން އާއި އީރާނަށް ހަރުކަށި ޖަވާބެއް ދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އީރާނުން ވަނީ ހޫތީން އިން ދިން އެ ހަމަލާ އަށް އެއްވެސް އެހީތެރިކަމެއް ދީފައި ނުވާނެ ކަމަށް ބުނެފަ އެވެ. 

އިޒްރޭލްހޫޘީންއީރާންހުދައިދާ ބަނދަރުބެން ގުއިރަން އެއާޕޯޓްބެންޖަމިން ނަތަންޔާހޫ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު