Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް

ބަދަލުގައި އީރާނަށް ހަމަލާ ދޭނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ 

ހަމަލާ ދިން ވަގުތުގައި މިސައިލް އިންޓަސެޕްޓް ކުރުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އެކަން ކާމިޔާބު ކުރެވޭ ގޮތް ނުވި ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މެއި 2025 | ހޯމަ 06:17
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލުގެ ބެން ގުރިއަން އެއާޕޯޓަށް އަމާޒުކޮށް ހޫތީން އިން ދިން ހަމަލާއާ ގުޅިގެން، އޭގެ ބަދަލުގައި އީރާނަށް ހަމަލާ ދޭނެ ކަމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަަންޔާހޫ ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހު ނަތަންޔާހޫ ވިދާޅުވީ، އިސްރާއީލުން ކަނޑައަޅާ ވަގުތެއްގައި އަދި ކަނޑައަޅާ ތަނެއްގައި އިރާނަށް ޖަވާބު ދިނުމުގެ ގޮތުން ހަމަލާ ދޭނެ ކަމަށެވެ. 

ހޫތީން އިން ފޮނުވާލި މިސައިލް ހަމަލާގެ ސަބަބުން ބެން ގުރިއަން އެއާޕޯޓުގެ ޕާކިސް ސަރަހައްދުގައި ބޮޑު ވަޅުގަނޑެއް އުފެދުނު ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. ނަމަވެސް، އެ އެއާޕޯޓުގެ އެހެން ސަރަހައްދަތަކަށް ނުވަތަ އިންފްރާސްޓްރަކްޗާ އަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ.

އެ ހަމަލާ ދިން ވަގުތުގައި މިސައިލް އިންޓަސެޕްޓް ކުރުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އެކަން ކާމިޔާބު ކުރެވޭ ގޮތް ނުވި ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ. 

މިއީ އިސްރާއީލްގެ އެއާޕޯޓު ސަރަހައްދަށް މިސައިލް ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. މި ހަމަލާއާ ގުޅިގެން އެއާ އިންޑިއާ، ލުފްތަންޒާ، އައިޓީއޭ އެއާވޭސް   އަދި އެއާ ފްރާންސްގެ ފްލައިޓުތައް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އެހެން ނަމަވެސް، މިހާރު އެއާޕޯޓު ހިންގުން އާންމު ގޮތަށް ކުރިއަށް ގެންދާ ކަމަށް އިސްރާއީލްގެ އޭވިއޭޝަން އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ.

އިސްރާއީލްގެ ދިފާއި ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވެފައި ވަނީ، އިސްރާއީލަށް އަމާޒުކޮށް ހަމަލާ ދޭ ކޮންމެ ބަޔަކާ ދެކޮޅަށް، ހަތް ގުނަ ވަރުގަދަ ހަމަލާ އެ ޤައުމުން ދޭނެ ކަމަށެވެ. 

ބެންޖަމިން ނަތަންޔާހޫއީރާންއިޒްރޭލްބެން ގުއިރަން އެއާޕޯޓްހަމަލާހޫޘީން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު