Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕުގެ އިންޒާރު އިރާނަށް

ހޫތީންގެ ހަމަލާތަކަށް އީރާން ޒިންމާ ކުރުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ހޫތީންގެ ފަރާތުން އަންނަ ކޮންމެ ހަމަލާއަކީ އީރާނުގެ އިރުޝާދާއި ހަތިޔާރުން ކުރެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 މާރިޗު 2025 | ހޯމަ 22:51
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ޔަމަނުގެ ހޫތީންގެ ހަމަލާތަކަށް އީރާން ޒިންމާ ކުރުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ޔަމަނުގެ ހޫތީން ދޭ އިތުރު ހަމަލާތަކަށް އީރާން ޒިންމާ ކުރުވައި، "ނުރައްކާތެރި" ނަތީޖާތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. މި ބަޔާން އައިސްފައިވަނީ ވޭތުވެދިޔަ ހަފްތާ ބަންދުގައި އެމެރިކާއިން ހޫތީންނާ ދެކޮޅަށް ހިންގި ސިފައިން އޮޕަރޭޝަނަށް ފަހުގައެވެ.ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ ހޫތީންގެ ފަރާތުން އަންނަ ކޮންމެ ހަމަލާއަކީ އީރާނުގެ އިރުޝާދާއި ހަތިޔާރުން ކުރެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އީރާނަށް ނުރައްކާތެރި ނަތީޖާތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އިންޒާރު ދެއްވިއެވެ."ޔަމަނުގެ ރައްޔިތުން ނަފްރަތުކުރާ ހޫތީ ޖަރީމާކުރުވާ މީހުންނާއި ބަޔަކު ދެމުންދާ އެތައް ސަތޭކަ ހަމަލާއެއް އަންނަނީ އީރާނުގެ ފަރާތުން" ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ. އީރާނުން ހޫތީންނަށް ހަތިޔާރާއި، ފައިސާ އަދި އިންޓެލިޖެންސް މަޢުލޫމާތު ފޯރުކޮށްދޭ ކަމަށްވެސް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ.ހޫތީން ބުނެފައިވަނީ "ޔޫއެސްއެސް ހެރީ އެސް ޓްރޫމަން" އުޅަނދަށް ޑްރޯނާއި މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ. ނަމަވެސް މި ހަމަލާ ބަލިކޮށްލެވުނު ކަމަށާއި އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމެރިކާ ސިފައިންގެ އިސްވެރިން ބުނެފައިވެއެވެ.ހޫތީންނަށް އެހީތެރިވެދޭ އީރާނުގެ ޖާސޫސީ އުޅަނދުފަހަރާއި އެހެނިހެން ވަސީލަތްތަކަށް ވެސް އަމާޒުކޮށް ހަމަލާ ދެވިދާނެ ކަމަށް ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކް ވޯލްޓްޒް އިންޒާރު ދެއްވިއެވެ.

ޑޮނަލްޑް ޓްރަމްޕްއީރާންހޫޘީންޔަމަން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު