Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް

ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ޔަމަނުން ހަމަލާދީ ފައްތާލައިފި

ރިމޯޓް ކޮންޓްރޯލުން އޮޕަރޭޓް ކުރާ ކުދި ބޯޓު ތަކަކުން ބަޑިޖަހައި، ގްރެނޭޑް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

ރާއްޖެ އެމްވީ | 7 ޖުލައި 2025 | ހޯމަ 18:40
ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ ލައިބީރިއާގެ ދިދަ ޖެހި ތެޔޮ ޓޭންކަރަކަށް ޔަމަނުގެ ހޫތީން ދިން ހަމަލާގެ މަންޒަރެއް - ޖުލައި 2024

ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ ލައިބީރިއާގެ ދިދަ ޖެހި ތެޔޮ ޓޭންކަރަކަށް ޔަމަނުގެ ހޫތީން ދިން ހަމަލާގެ މަންޒަރެއް - ޖުލައި 2024

ރަތްކަނޑުން ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ޔަމަނުގެ ޙޫޘީން ހަމަލާ ދީ ފައްތާލައިފިއެވެ.

ޙޫޘީން ބުނެފައި ވަނީ، މި އަހަރުގެ ފުރަތަމަ ކަނޑުމަތީ ހަމަލާގައި ބަޑި އާއި، ރޮކެޓް އަދި ގޮވާތަކެތި ހަރުކޮށްފައިވާ ރިމޯޓް ކޮންޓްރޯލް ބޯޓުތަކުން ހަމަލާދިން މުދާ އުފުލާ އުޅަނދެއް ރަތްކަނޑުގައި ފެތިއްޖެ ކަމަށެވެ.

އުޅަނދުގެ ގްރީކް އޮޕަރޭޓަރު ސްޓެމް ޝިޕިންގ އިން ރޮއިޓަރޒް އަށް ބުނެފައި ވަނީ އެކަން މިނިވަން ގޮތެއްގައި ކަށަވަރުކުރެވިފައި ނުވާ ކަމަށެވެ. އުޅަނދު ފެތިފައިވާކަން ރޮއިޓަރޒް އަށް ވެސް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ޙޫޘީން އާދީއްތަ ދުވަހުގެ ހަމަލާގެ ޒިންމާ ނަގައި، ލައިބީރިއާގެ ދިދަ ނަގާފައިވާ ބަލްކް ކެރިއަރ "މެޖިކް ސީސް" އިން 19 ފަޅުވެރިން ފޭބުމުގެ ހުއްދަ ދީފައިވާ ކަމަށް ބުނެފައިވެއެވެ.

ބޯޓުގައި ތިބި ހުރިހާ ފަޅުވެރިން އެހެން ވިޔަފާރި އުޅަނދަކުން ސަލާމަތް ކޮށް، ހޯމަ ދުވަހުގެ ފަހުގެ ވަގުތެއްގައި ޖިބޫތީއަށް ގެންދެވޭނެ ކަމަށް ސްޓެމް ޝިޕިންގ އިން ރޮއިޓަރޒް އަށް ބުނެފައިވެއެވެ.

ހަމަލާ އަށް ފަހު މެޖިކް ސީސް އަށް ދިޔަ ވަމުން ދާ ކަމަށާއި، ބޯޓު ފެތުމުގެ ނުރައްކާ އޮތް ކަމަށް ކުންފުނީގެ ބައެއް މަސްދަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އުޅަނދުގައި އުފުލަމުން ދިޔައީ ޗައިނާ އިން ތުރުކީ އަށް ގެންދާ ދަގަނޑާއި ގަސްކާނާއެވެ.

މި ހަމަލާއާ އެކު ދުނިޔޭގެ އެންމެ ބޮޑެތި ކަނޑުދަތުރުފަތުރުގެ މަގުތަކުގެ ތެރެއިން އެއް މަގު ކަމުގައިވާ ރަތްކަނޑުގައި އަމާންކަން ގާއިމު ވެފައި އޮތް ކަމަށް ބެލެވުން، ހަމަސް ދުވަސް ފަހުން ނިމުމަކަށް ވަނީ އައިސްފައެވެ.

2023 ގެ ފަހުކޮޅުން ފެށިގެން 2024 ގެ ފަހުކޮޅާ ހަމައަށް ޙޫޘީންގެ ހަމަލާ ތަކުން ސުވޭޒް ކެނެލް މެދުވެރިކޮށް ޔޫރަޕާއި އޭޝިއާ އާ ދެމެދު ކުރެވޭ ދަތުރުފަތުރަށް ހުރަސް އެޅިފައިވެއެވެ.

2023 ވަނަ އަހަރު ޣައްޒާގައި ހަނގުރާމަ ފެށުމާއެކު ފަލަސްޠީނު ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން ކަމަށް ބުނެ ޙޫޘީން ރަތްކަނޑާއި، އަދަން ކަނޑާއި، އެ ދެ ކަނޑު ގުޅުވައިދޭ ބާބުލް މަންދަބު ކަނޑުއޮޅީގައި 100 އަށް ވުރެ ގިނަ ހަމަލާ ދީފައިވެއެވެ. ނަމަވެސް މި އަހަރު އެ ހަމަލާތައް ހުއްޓިފައި ވާއިރު، އެންމެ ފަހުން އެނގިފައިވާ ހަމަލާއެއް ދީފައިވަނީ ޑިސެމްބަރު މަހުއެވެ.

ޙޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ބުނެފައި ވަނީ، އުޅަނދަށް އަމާޒުކޮށްފައިވަނީ އާދީއްތަ ދުވަހު އެމީހުންގެ ކަނޑުގެ ބާރުތަކުން އިންޒާރު ދިނުމުން ވެސް އުޅަނދުގެ ފަޅުވެރިން އެއަށް އިޖާބަނުދިނުމުން ކަމަށެވެ. އޭނާ ބުނެފައިވަނީ އުޅަނދަށް ހަމަލާ ދީފައި ވަނީ ދެ އަންމޭންޑް ބޯޓާއި، ފަސް މިސައިލާއި، ތިން ޑްރޯނުން ކަމަށެވެ.

ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އާއި، އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން މޮނިޓަރ ކުރާ ބްރިޓިޝް ސެކިއުރިޓީ ކުންފުނި އެމްބްރީ ގެ އިންޒާރުތަކުގައިވާ ގޮތުން، އުޅަނދާ އެންމެ ފުރަތަމަ ކައިރިވެފައި ވަނީ އަށް ކުދި ބޯޓެވެ. އެ ބޯޓުތަކުން ބަޑިޖަހައި، ރިމޯޓް ކޮންޓްރޯލް މެދުވެރިކޮށް ގްރެނޭޑް ހަމަލާ ދީފައިވެއެވެ. އެއާއެކު ބޯޓުގައި ހަތިޔާރު ހިފައިގެން ތިބި ގާޑުން ރައްދުގައި ބަޑިޖަހާފައިވެއެވެ.

އޭގެ ފަހުން އުޅަނދަށް ހަތަރު ރިމޯޓް ކޮންޓްރޯލް ބޯޓުން ނުވަތަ އަންމޭންޑް ސަރފޭސް ވެހިކަލް އިން މިސައިލް ހަމަލާތައް ދީފައިވާ ކަމަށް އެމްބްރީން ބުނެފައިވެއެވެ.

"ޔޫއެސްވީތަކުގެ ތެރެއިން ދެ އެއްޗެއް އުޅަނދުގެ ޕޯޓް ސައިޑްގައި ޖެހި، އުޅަނދުގެ މުދަލަށް ގެއްލުން ދީފައިވެއެވެ،" އެމްބްރީން ބުނެފައިވެއެވެ. ޔޫކޭއެމްޓީއޯ އިން ބުނެފައިވަނީ މި ހަމަލާތަކުން އުޅަނދުގައި އަލިފާން ރޯވެފައިވާ ކަމަށެވެ.

އަނެއްކޮޅުން، އިސްރާއީލުގެ ސިފައިންގެ ފަރާތުން ހޯމަ ދުވަހު ބުނެފައިވަނީ ޙޫޘީންގެ ބާރުގެ ދަށުގައިވާ ތިން ބަނދަރަކަށް ހަމަލާދީފައިވާ ކަމަށެވެ. ކަނޑުމަތީގައި މި ދިން ހަމަލާއާ އިސްރާއީލުގެ ހަމަލާތައް ގުޅުމެއް ހުރި ކަމެއް ސާފުވެފައެއް ނުވެއެވެ.

ހޫޘީންރެޑް ސީމެޖިކް ސީސްސްޓެމް ޝިޕިންގއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު