Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ބްރެންޓްފޯޑު ބަލިކޮށް، ޗެލްސީ ކުރިއަށް

މޮޅާއެކު ޗެލްސީ ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 16 މެޗުން 34 ޕޮއިންޓާ އެކު އެވެ. ޗެެލްސީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން، އެއް ވަނައިގައި ލިވަޕޫލަށް ލިބެނީ 36 ޕޮއިންޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޑިސެމްބަރު 2024 | ހޯމަ 04:41
މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީން ފަރަގު ކުޑަ ކޮށްފި އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މި ހާފުގައި ބްރެންޓްފޯޑުން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ޗެލްސީ އަށް ލީޑު ނަގައިދިނީ މާކް ކުކުރޭލާ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ނޯނީ މަޑުއޭކޭ އެވެ. މެޗުގައި ޗެލްސީގެ ދެ ވަނަ ލަނޑު، މެޗުގެ 80 ވަނަ މިނެޓުގައި ޖެހީ ނިކޮލަސް ޖެކްސަން އެވެ. އެއީ އެންޒޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައު އޭނާ ޖެހި ލަނޑެކެވެ. މެޗުގައި ބްރެންޓްފޯޑުގެ ހަމައެކަނި ލަނޑު، 90 ވަނަ މިނެޓުގައި ޖެހީ ބްރަޔާން އެމްބުއޭމޯ އެވެ.

މޮޅާއެކު ޗެލްސީ ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 16 މެޗުން 34 ޕޮއިންޓާ އެކު އެވެ. ޗެެލްސީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން، އެއް ވަނައިގައި ލިވަޕޫލަށް ލިބެނީ 36 ޕޮއިންޓެވެ. ދެ ޓީމުގެ ދެ މެދުގައި ދެ ޕޮއިންޓުގެ ފަރަގެއް އޮތްއިރު، މި ފަހުން އައިސް ޗެލްސީން ވަނީ އެ ޓީމުގެ ނަތީޖާތައް ރަނގަޅު ކޮށްފަ އެވެ.

ޕްރިމިއަރ ލީގުޗެލްސީބްރެންޓްފޯޑު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު