Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒުވާނުންގެ ހުރި ކަންބޮޑުވުންތައް

"ވަކި ފިކުރަކަށް ނިސްބަތްވާ މީހުންނަކީ ލާދީނީ ބައެއްކަމަށް ދައްކާ ވާހަކަ މިހާރު އާއްމުން ބަލައެއް ނުގަންނާނެ"

15 ޑިސެމްބަރު 2024 | އާދީއްތަ 12:00

ދައުލަތުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތަކާއި އެ ތަންތަނުގެ ގޯތިތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވެގެންދާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 ޑިސެމްބަރު 2024 | އާދީއްތަ 12:00
 އެމްޑީޕީގެ ގައްދޫ ދާއިރާގެ ނައިބުރައީސް އަޝްޖައު ޝަހީދު

އެމްޑީޕީގެ ގައްދޫ ދާއިރާގެ ނައިބުރައީސް އަޝްޖައު ޝަހީދު

ވަކި ފިކުރަކަށް ނިސްބަތްވާ މީހުންނަކީ ލާދީނީ ބައެއްކަމަށް ބުނުމަކީ ނާތަހުޒީބީ ކަމެއް ކަމަށާއި އެއީ މިއަދު ޒުވާނުން ވެސް ހަރު އުމުރުފުރާގެ މީހުން ވެސް ބަލައިގަންނާނެ ވާހަކައެއް ނޫން ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަދި އެމްޑީޕީގެ ގައްދޫ ދާއިރާގެ ނައިބުރައީސް އަޝްޖައު ޝަހީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު މިނިސްޓްރީގެ އިތުރުން، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި އަލިފާން ރޯވެ ވަނީ އަނދާފައެވެ. މިނިސްޓްރީން ބުނީ މިހާދިސާއާ ގުޅިގެން މިނިސްޓްރީން ކުރަމުންގެންދާ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި، ލިޔުންތަކަކީ މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތު ކަމަށެވެ. އަދި މިހާދިސާގެ ސަބަބުން އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއީ އެމްޑީޕީން ކުރިކަމެއް ކަމަށް ތުހުމަތުކޮށް ސަރުކާރުގެ އެކި ފެންވަރުގެ މީހުން ދަނީ އެމްޑީޕީއަށް ސީރިއަސް ތުހުމަތުތަކެއް ކުރަމުންނެވެ. އެކަމަށް އިޝާރާތްކުރައްވާ އަޝްޖައު ވިދާޅުވީ އެފަދަ ވާހަކަތައް ދައްކައިގެން އާއްމުންގެ ހިތުގައި ވަކި ބަޔަކާއި މެދު ނަފްރަތު އުފެއްދުމަކީ އެމްޑީޕީ ނޫން ދެން ތިބި ފިކުރުތަކުން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެގޮތުން ޕީޕީއެމް، ޑީއާރްޕީ އިން ވެސް ޢަމަލުކުރަމުން އައީ އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއަދު އާއްމުން އެ ވާހަކަތައް ބަލައިނުގަންނާނެ ކަމަށް އަޝްޖައު ވިދާޅުވިއެވެ.

އެހެންނަމަވެސް އެމްޑީޕީއަކީ ޤައުމިއްޔަތާއި ދީނުގެ ދިފާއުގައި ފުރިހަމައަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެންމެ ފުރަތަމަ ގައުމިއްޔަތު މެންޑޭޓް އެކުލަވާލީ އެމްޑީޕީ ސަރުކާރެއްގައި ކަމަށާއި އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓްރީ އެއް އުފެއްދީވެސް އެމްޑީޕީގެ ސަރުކާރުގައިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން ހޮނިހިރު ދުވަހުގެ ރެއިން ފަށައިގެން ވަނީ މަނާވެފައެވެ. އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، ވިޔަފާރީގެ ދާއިރާގައި ވެސް ހަރަކާތްތެރިވާ އަޝްޖައު ވަނީ ސަރުކާރުން އެ ނިންމުން ނިންމީ ވަކި ވަކި ވިޔަފާރިތަކާއި މަޝްވަރާނުކޮށް ކަމަށެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ ވިޔަފާރި ބަނގުރޫޓުވެގެންދުޔަ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަޝްޖައު ވިދާޅުވީ ޒުވާނުން މިއަދު ތިބީ ސަރުކާރާއި މެދު އިންތިހާ އަށް މާޔޫސްވެފައި ކަމަށެވެ.

ހޮނިހިރު ދުވަހުން ފެށިގެން ދުންފަތް ހެއްދުމާއި ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުން މަނާކުރާ މާއްދާގެ ދަށުން، ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް، އެއްވެސް މިންވަރަކަށް ހެއްދުން ނުވަތަ ދިވެހިރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އުފެއްދުންވެސް މަނާކޮށްފައިވެއެވެ. އެއާއި އެކު ދައުލަތުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތަކާއި އެ ތަންތަނުގެ ގޯތިތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވެގެންދާނެއެވެ.

އެމްޑީޕީގެ ގައްދޫ ދާއިރާގެ ނައިބުރައީސް އަޝްޖައު ޝަހީދު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް