Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާވާ މެންސް ކުލަބު ޗެމްޕިއަންޝިޕް

ކާވާ ކުލަބު ޗެމްޕިއަންޝިޕް: ތިން ވަނަ ހޮވަން ކުޅުނު މެޗުން އެޗްޑީސީ ބަލިވެއްޖެ

15 ޑިސެމްބަރު 2024 | އާދީއްތަ 04:58

ތިން ވަނަ ހޮވާ މެޗުގައި ބަލިވި ނަމަވެސް، އެޗްޑީސީން ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި، ރަނގަޅު ވާދައެއް ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޑިސެމްބަރު 2024 | އާދީއްތަ 04:58
މުބާރާތުގައި އެޗްޑީސީން ކުޅުނު މެޗެއްގެ ތެރެއިން

މުބާރާތުގައި އެޗްޑީސީން ކުޅުނު މެޗެއްގެ ތެރެއިން

ސެންޓްރަލް އޭޝިއާ ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ފިރިހެން ކުލަބު ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި އިރާންގެ ކުލަބާ ވާދަކޮށް، ރާއްޖޭގެ ކުލަބު އެޗްޑީސީ ބަލިވެއްޖެ އެވެ.

ހޮނިހިރު ދުވަހު ނާޕޭލްގެ ކަތަމަންޑޫގައި ކުރިއަށްދާ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި އިރާންގެ ކުލަބު އަތުން އެޗްޑީސީ ބަލިވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. ސީދާ ތިން ސެޓުން ބަލިވި ނަމަވެސް، މެޗުގައި އެޗްޑީސީން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ރަނގަޅު ވާދައެއް ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ސެޓުގެ ވަކި ހިސާބަކުން އެޗްޑީސީން ވަނީ ލީޑު ވެސް ހޯދައިފަ އެވެ. އެޗްޑީސީން ހޯދި ހަތަރު ޕޮއިންޓުގެ ލީޑު އެ ޓީމަށް ނުހިފޭއްޓި، އިރާން ކުލަބުން ނަތީޖާ ހަމަހަމަ ކުރި އެވެ. އޭގެ ފަހުން ލީޑު ހޯދައި އިރާން ކުލަބުން ފުރަތަމަ ސެޓު ކާމިޔާބު ކުރީ 25-21 އިންނެވެ.

ދެ ވަނަ ސެޓު ފަށައިގެން ވެސް ލީޑުގައި އޮވެ ކުޅެމުން ދިޔައީ އިރާން ކުލަބުންނެވެ. ނަމަވެސް އެޗްޑީސީން އިން ވަކި ހިސާބަކުން ނަތީޖާ ހަމަހަމަކޮށް، ލީޑު ވެސް ހޯދި އެވެ. ނަމަވެސް މި ސެޓުގައި ވެސް އެޗްޑީސީ އަށް އެ ލީޑު ހިފެހެއްޓޭ ގޮތެއް ނުވި އެވެ. އިރާން ކުލަބުން ލީޑު ނެގި ފަހުން ވެސް، ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނެވެ. ވަކި ހިސާބަކުން އިރާން ކުލަބުން ވަނީ ލީޑު ފުޅާ ކޮށްފަ އެވެ. ނަމަވެސް އެޗްޑީސީން ވަނީ ފަހަތުން އަރައި 22-22 އިން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭގެ ފަހުން އެޗްޑީސީން 22-24 އިން ލީޑު ވެސް ހޯދައިފަ އެވެ. އޭގެ ފަހުން އިރާން އިން ނަތީޖާ ހަމަހަމަ ކުރިއިރު، އެޗްޑީސީ އަށް ސެޓު ނިންމާނެ ފުރުސަތު ވެސް ލިބުނެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ނުކުރެވި، އިރާން ކުލަބުން ވަނީ 27-25 އިން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ.

ތިން ވަނަ ސެޓު ފަށައިގެން އެޗްޑީސީން ވަނީ ލީޑުގައި އޮވެ ކުޅެފަ އެވެ. މި ސެޓުގައި އެޗްޑީސީން ހޯދި ލީޑުގައި އޮވެ ކުޅެމުން ގޮސް އެ ޓީމުން ވަނީ 11-17 އަށް ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ފަހުން އިރާން ކުލަބުން ފަރަގު ކުޑަ ކުރަމުން ދިޔައިރު، ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނެވެ. މި ސެޓުގައި އެޗްޑީސީން ވަނީ ސެޓު ޕޮއިންޓު ވެސް ހޯދައިފަ އެވެ. ނަމަވެސް އިރާން ކުލަބުން ވަނީ ފަހަތުން އަރައި 24-24 އިން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭގެ ފަހުން 25-25 އިން ވެސް ނަތީޖާ ހަމަހަމަވީއިރު، އިރާން ކުލަބުން ތިން ވަނަ ސެޓު ކާމިޔާބު ކުރީ 27-25 އިންނެވެ.

މުބާރާތުގައި އެޗްޑީސީން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ މުބާރާތުގެ ލީގު ބުރުގައި ގަންޑާކީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. މުބާރާތުގެ ލީގު ބުރުގައި އެޗްޑީސީން ދެން ކުޅުނު ތިން މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ. މުބާރާތުގެ ސެމީ ފައިނަލްގައި އެޗްޑީސީ ބަލިވެފައި ވަނީ ހެލްޕު ނޭޕާލް ސްޕޯޓްސްއާ ވާދަކޮށެވެ. އެ ތިން ވަނަ ހޮވާ މެޗުގައި އިރާން ކުަލަބާ ވާދަކުރަން އެޗްޑީސީ އަށް ޖެހުނީ އެ މެޗުން ބަލިވުމުންނެވެ.

ކާވާ މެންސް ކުލަބު ޗެމްޕިއަންޝިޕްއެޗްޑީސީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
04 ޑިސެމްބަރު 2025

ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟

04 ޑިސެމްބަރު 2025
 ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟
01 ޑިސެމްބަރު 2025

މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް

01 ޑިސެމްބަރު 2025
މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް