Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ވާނުވޭ ނޭނގި ޖޫރިމަނާ ނުކޮށް، ޕާޓީތަކަށް ދޭންޖެހޭ ފައިސާ ދޭންވީ ނޫންތޯ: އެމްޑީޕީ

19 އޯގަސްޓު 2017 | ހޮނިހިރު 11:09

ޕާޓީތަކަށް ދޭންޖެހޭ ފައިސާ އަދިވެސް ނުދޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 19 އޯގަސްޓު 2017 | ހޮނިހިރު 11:09
އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން، ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ އަދިވެސް އިލެކްޝަނުން ދޫނުކުރޭ

އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން، ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ އަދިވެސް އިލެކްޝަނުން ދޫނުކުރޭ

ފުލުހުން އިދާރާ ކުރިމައްޗަށް އެއްވުމަށް ގޮވާލި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ކުރި ޖޫރިމަނާއަށް އެމްޑީޕީއިން ހޫނު ރައްދެއް ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީ 60،000 ރުފިޔާ (ފަސްދޮޅަސް ހާސް ރުފިޔާ) އިން ޖޫރިމަނާ ކޮށްފައި ވަނީ އެމްޑީޕީގެ މެމްބަރެއް ކަމަށްވާ ނައީމާ މުހައްމަދު (ނައީމާއްތަ) ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އެންގުމުން ފުލުހުންގެ އިދާރާ ކުރިމައްޗަށް އެއްވުމަށް ގޮވާލައި އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓުން ޓްވީޓް ކުރި ކަމަށް ބުނެ އެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޖޫރިމަނާ ކުރީ އެފަދަ ކަންކަން ނުކުރުމަށް ތަކުރާރުކޮށް އެމްޑީޕީ އަށް އެންގުމުން ވެސް އެފަދަ ކަންކަން ތަކުރާރުކޮށް ކުރަމުންދާތީ ކަމަށެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުގައި ޖޫރިމަނާ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެއެވެ.

ޖޫރިމަނާ ކުރުމާ ގުޅިގެން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެ ބުނާ ފަދަ ޓްވީޓެއް އެމްޑީޕީން ކޮށްފައިނުވާނެ ކަމަށާއި "އެޔެއް މިޔެއް ނުބަލާ ފިޔަވަޅު އެޅުމާއިގެން އުޅެންޏާ ވާނީ މިހެން" ކަމަށެވެ.

އަނަސް ވިދާޅުވީ ވާނުވާ ނުބަލާ ޕާޓީތައް ޖޫރިމަނާ ކުރުމަށް ވުރެ ޕާޓީތަކަށް ދޭންޖެހޭ ފައިސާ ދިނުން މާ ބޮޑަށް ރަނގަޅު ވާނެ ކަމަށެވެ. އެގޮތުން ޖޫރިމަނާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާއިރު، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީތަކަށް ދޭންޖެހޭ ފައިސާ އަދިވެސް ދޫނުކުރާކަން އަނަސް ފާހަގަކުރެއްވި އެވެ.

އަނަސް ވިދާޅުވީ ސިޔާސީ ޕާޓީތަކާ މެދު ހަރުކަށިކޮށް ކަންތައް ކުރާއިރު، ފިނޭންސް މިނިސްޓްރީއަށް ޕްރެޝާ ކޮށްގެން ފައިސާ ދޫކުރުން މާބޮޑަށް ވެސް ރަނގަޅުވާނެ ކަމަށެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ދައުލަތުގެ ބަޖެޓު ނިސްބަތްވާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކާ ހަވާލުކޮށް ނިންމަންވާނެ ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ފާއިތުވެގެން ގޮސް، އަށް ވަނަ މަސް ނިމެންދާއިރު ވެސް، ޕާޓީތަކަށް ފައިސާ ދޫކުރާނެ ދުވަހެއް ނުބުނެ އެވެ. މިދިޔަ އަހަރު ވެސް ޕާޓީތަކަށް ފައިސާ ދޫކޮށްފައި ވަނީ ގާނޫނުގައި ބުނާ ތިން މަސް ދުވަސް ފާއިތުވެ ދިޔަތާ އެތައް މަހެއް ފަހުން ނޮވެމްބަރުގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނަމުން އައީ ފައިސާ ދޫކުރުން ލަސްކުރީ، ޕާޓީގެ މެމްބަޝިޕް ފޯމުތަކުގައި ފިންގަޕްރިންޓް ޖެހުމާ ގުޅޭ ގޮތުން އުފެދުނު މައްސަލައިގައި ކޯޓުން ގޮތެއް ނުނިންމާތީ ކަމަށެވެ. އެ ސަބަބަކާ ގުޅިގެން ޕާޓީތަކުގެ މެމްބަރުންގެ އަދަދު ކަށަވަރު ނުވާތީ ފައިސާ ދޫނުކުރީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.

ނަމަވެސް، މިއަހަރު ފައިސާ ދޫކުރުން ލަސްވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އިލެކްޝަންސް ކޮމިޝަނުން ހާމައެއް ނުކުރެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ޕާޓީތަކަށް ފައިސާ ދޫކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއަށް ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފޮނުވާފައިވާ ކަމަށާއި ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ކޮށް ނިމިފައިވާ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު 23 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބުނީ، ޕީޕީއެމްއަށެވެ. އެގޮތުން 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމަށް ލިބުނުއިރު އެމްޑީޕީއަށް ލިބުނީ ހަތް މިލިޔަން ރުފިޔާ އެވެ.

ޖުމްހޫރީ ޕާޓީއަށް ލިބުނީ 2.9 މިލިޔަން ރުފިޔާ އެވެ. ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭއަށް ދިނީ 2.8 މިލިޔަން ރުފިޔާ އެވެ. މެމްބަރުންގެ އަދަދު 10،000 އަށް ވުރެ ދަށް ވުމުން އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަށް މިދިޔަ އަހަރު ފައިސާ ދުލެއް ނުކުރެ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް