Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޑިޓް ރިޕޯޓު ދިރާސާކުރުން

މައްސަލަ ހުރި އޮޑިޓް ރިޕޯޓެއް 14 މިނެޓުން ނިންމާނުލެވޭނެ: ޔައުގޫބް

މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދޮގު އިލްޒާމުތަކެއް ވަކި ބައެއްގެ ބޮލުގައި އެޅުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޑިސެމްބަރު 2024 | ހުކުރު 09:14
އެމްޑީޕީ ހަރުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވާހަކަދައްކަވަނީ

އެމްޑީޕީ ހަރުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވާހަކަދައްކަވަނީ

މައްސަލަ ހުރި އޮޑިޓް ރިޕޯޓެއް 14 މިނެޓުން ނިންމާނުލެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ހަރުގެ ޖަލްސާގައި އޮޑިޓް ކުރެއްވުމުގެ މަސައްކަތުގައި އުޅުއްވާ އޮޑިޓަރ ޔައުގޫބް ވިދާޅުވީ މައްސަލައެއް ހުރި އެއްވެސް އޮޑިޓް ރިޕޯޓެއް 14 މިނިޓުން ދިރާސާކޮށް ނިންމާ ނުލެވޭނެ ކަމަށާއި، މިސަރުކާރުން މަސައްކަތް ކުރަމުންދަނީ ދޮގު އިލްޒާމުތަކެއް ވަކި ބައެއްގެ ބޮލުގައި އެޅުމަށް ކަމަށެވެ.

ނަމަވެސް 14 މިނެޓުން އޮޑިޓް ރިޕޯޓު ދިރާސާކޮށް ނިންމުމުން އަޅުވަން އުޅޭ ވައްކަމުގެ ދޮގު އިލްޒާމު އެޅުވުމުގެ އެއްވެސް ޖާގައެއް ނެތްކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ދިރާސާ ކުރުމުގައި ބަލަނީ ވެސް އޮޑިޓަރ ޖެނަރަލް ދެއްވާ ލަފާގެ ދަށުން ފާހަގަކޮށްފައިވާ ކަންކަން ކަމަށެވެ.

މީގެ އިތުރުން ޔައުގޫބް ވިދާޅުވީ މާލިއްޔަތު ކޮމެޓީއަށް މައްސަލައެއް ނެތް އޮޑިޓް ރިޕޯޓެއް 14 މިނެޓުން ނިންމިދާނެ ކަމަށާއި، އެ ރިޕޯޓާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށާއި، އޮޑިޓަރ ޖެނަރަލް ފޮނުވާފައިވާ ރިޕޯޓު އެއޮތް ގޮތަށް ފާސްވީ ކަމަށް ވެސް ނިންމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ފަސް އޮޑިޓަރ ޖެނަރަލް ރިޕޯޓުގައި އެންމެ ގޯހެއް ވެސް ނޯންނާނެ ކަމަށެވެ. ގޯހެއް އޮތްނަމަ މިސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ކުރީ ސަރުކާރުގެ އިސްބޭފުޅުން ފުލުހަށް އަދި އޭސީސީއަށް ހާޒިރުކޮށް ސުވާލު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލައިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އާދެވުނު ނަމަވެސް އޮޑިޓްގެ މަސައްކަތްތައް ކުރުމުގައި އެދާއިރާއިން އިލްމު ބޭނުންވާނެ ކަމަށެވެ. އެކޮމެޓީގެ ތެރޭގައި ކުރާ ފަންނީ ވަކި ކަހަލަ މަސައްކަތްތަކެއް ކުރުމުގައި ކޮންމެވެސް ވަރެއްގެ އިލްމާއި، ހުނަރާއި، ތަޖުރިބާގެ ލިބިގެން ނޫނީ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔައުގޫބް އަބްދުﷲއެމްޑީޕީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު