Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑްރައިވަރުންގެ މުޒާހަރާ

ޓެކްސީ ޑްރައިވަރުންގެ މައްޗަށް ކުށެއް ސާބިތުވާނެ ހެއްކެއް ނެތްކަން ފުލުހުންވެސް ޤަބޫލުކުރޭ - ވަކީލް

މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި ޓެކްސީ ޑްރައިވަރުންގެ ކެތްތެރިކަން ކޮޅުންލާފައިވާ ކަމަށް ޓެކްސީ ޑްރައިވަރުން ވަނީ ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2024 | ބުރާސްފަތި 15:20
ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ޑްރައިވަރުންގެ ވަކީލުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ޑްރައިވަރުންގެ ވަކީލުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޓެކްސީ ޑްރައިވަރުންގެ މައްޗަށް ކުށެއް ސާބިތުވާނެ ހެއްކެއް ނެތްކަން ފުލުހުންވެސް ޤަބޫލުކުރާ ކަމަށް ބުރާސްފަތި ދުވަހުގެރޭ މާލޭގައި ހިނގި ޓެކްސީ ޑްރައިވަރުންގެ މުޒާހަރާ އިން ހައްޔަރުކުރި ޑްރައިވަރުންގެ ވަކީލުންގެ ތެރޭގައި ހިމެނޭ އައިކު އަހުމަދު އީސާ ވިދާޅުވެއްޖެއެެވެ.

ބުރާސްފަތި ދުވަހުގެރޭ މާލޭގައި ހިނގި ޓެކްސީ ޑްރައިވަރުންގެ މުޒާހަރާ އިން ހައްޔަރު ކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންގެ މުއްދަތު ކޯޓުން ވަނީ ޖަހާފައެވެ. އައިކު ވިދާޅުވީ ހައްޔަރު ކުރި ޑްރައިވަރުންނަށް ޖުމުލަ 7 ތުހުމަތެއް ކުރާ ކަމަށެވެ. އެ ތިން މީހުން ރަށުގެ އަމަން ނަގާލަން މަސައްކަތް ކުރި ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށް ވެސް އައިކު ވިދާޅުވިއެވެ. އެކަމާއި ގުޅިގެން ގިނަ ދުވަހަށް މުއްދަތު ޖަހަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެ މީހުންނަކީ މުޖުތަމައު އަށް ނުރައްކަލެއް ކަމަށް ޤަބޫލުކުރަން ދަތި ކަމަށް އައިކު ވިދާޅުވިއެވެ. އެ މީހުންގެ މުއްދަތު ޖަހާދިނުމަށް އެދިފައި ވަނީ އާއްމުކޮށް މައްސަލަތަކުގައި ހެކި ނެތުމުން އެދޭ މާއްދާތަކުގެ ދަށުން ކަމަށް ފާހަގަކުރައްވާ އޭނާ ވަނީ އެއީ ފުލުހުން ވެސް މައްސަލައިގައި އެކަށީގެންވާ ހެކި ނެތްކަން ޤަބޫލުކުރާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޓެކްސީ ޑްރައިވަރުން ދިރިއުޅެން ކުރާ މަސައްކަތްކައް ބޮޑެތި ގެއްލުންތަކެއް ލިބި ޒަމާނުއްސުރެ އަމިއްލަ ފަރާތްތަކުން ދޭ ޚިދުމަތެއްގެ ގޮތުގައި އޮތް ޓެކްސީ ޚިދުމަތުގެ ތެރެއަށް ސަރުކާރުން ވަންނަން އުޅޭތީ އެކަމާ ހިތްހަމަ ނުޖެހުން ޑްރައިވަރުން ފާހަގަ ކުރަމުންދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ޑްރައިވަރުންނާ ދިމާވާ މައްސަލަތަކާ މަޝްވަރާ ކޮށްގެން މިހާތަނަށް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ޑްރައިވަރުން ބުނެއެވެ. ބުރާސްފަތި ދުވަހު ޑްރައިވަރުންގެ މުއްދަތު ޖަހަން ގެންދިޔުމުން ކޯޓުގެ ވެއިޓިންގައި އޭރިއާގެ ތިބި ޑްރައިވަރުންގެ ޖަމިއްޔާގެ މަންދޫބުންނާއި ޑްރައިވަރުން ޕޮލިހުން އައިސް ވަނީ ފޮނުވާލާފައެވެ. ބަންދުގައި ބައިތިއްބަން ނިންމި ދެމީހުންނަށް ފަސް ދުވަހަށް މުއްދަތު ޖެހީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުންނެވެ. ބަންދުގެ މުއްދަތު ޖެހި ދެމީހުންނަކީ އަހްމަދު ޝަބީން އާއި މުހައްމަދު ޝާމިން އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައިކު ވިދާޅުވިއެވެ. ފަސް ދުވަސް ހަމަވުމުގެ ކުރިން އެ މުއްދަތު އިސްތިއުނާފްކުރާނެ ކަމަށް އައިކު ވިދާޅުވިއެވެ.

އައިކުއަކީ ޝާމިންގެ ވަކީލެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އައިކު ވަނީ ޝާމިންގެ މެސެޖެއް ހިއްސާކުރަށްވާފައެވެ. އެ މެސެޖުގައި ބުނެފައި ވަނީ ބޯކަނޑާލިޔަސް ބޯ ގުދު ނުކުރާނެ ކަމަށެވެ. ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދިއުމަށް އޭނާ އެދިފައިވެއެވެ. އަދި އޭނާ ހުރީ ގަދަކޮށްކަމަށް ވަނީ ބުނެފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްސީޑްރައިވަރުން ވަނީ ނިމިދިޔަ ސަރުކާރު ވެރިކަމުގައި އޮތް އިރު ވެސް ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރި ކަމަށާއި އޭރު ޓެކްސީ ޑްރައިވަރުން ހައްޔަރުކޮށް، ކާރުތައް ޓޯ ނުކުރާ ކަމަށް ބުނެފައެވެ. އެހެންކަމުން މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި ޓެކްސީ ޑްރައިވަރުންގެ ކެތްތެރިކަން ކޮޅުންލާފައިވާ ކަމަށް ޓެކްސީ ޑްރައިވަރުން ވަނީ ބުނެފައެވެ.

ބުދަ ދުވަހު ހަވީރުން ފެށިގެން ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ބައިވެރިން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އަކީ އިތުބާރު ކުރެވޭ ފަރާތެއް ނޫން ކަމަށާއި އޭނާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. އިހްތިޖާޖު ކުރި ޑްރައިވަރުން ސަރުކާރުން ފަށަން އުޅޭ ޓެކްސީ ފްލީޓް ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ. ޓެކްސީ ޑްރައިވަރުންގެ އިހްތިޖާޖުގައި ބައިވެރިވި ގިނަ ކާރުތައްވެސް ފުލުހުން ވަނީ ޓޯ ކޮށްފައެވެ.

އައިކު އަހުމަދު އީސާޓެކްސީ ޑްރައިވަރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

21 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު