Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ ބައްދަލުކުރުމަށް ވެސް އެއްބަސްވެފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2025 | ހުކުރު 14:25
ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކަށް މިހާތަަނަށް ސަރުކާރަށް ހައްލެއް ގެނެވިފައި ނުވޭ

ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކަށް މިހާތަަނަށް ސަރުކާރަށް ހައްލެއް ގެނެވިފައި ނުވޭ

މި ސަރުކާރަށްވުރެ ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ބަޔަކު ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް ވެއްޖެ އެވެ.

ސަރުކާރުގެ ޓެކްސީ ފްލީޓެއް ތައާރަފް ކޮށް އެ މަސައްކަތް ކުރާތީ ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތޮުން މިހާތަނަށް ސަރުކާރުން ހައްލެއް ހޯދާފައި ނުވާ އިރު އެ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް އަށް ސިޓިއެއް ފޮނުވީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް މިހާތަނަށް ރައީސް އެކަމަށް އަޅާލާފައި ނުވާ އިރު، ޓްރާންސްޕޯޓް މިނިސްޓަރު އުޅުއްވަނީ ޓެކްސީ ޑްރައިވަރުންނަށް ފިއްލަވައިގެންނެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު މާލެ ސިޓީގެ އަވަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރަން މިހާތަނަށް 2 ބައްދަލުވުމެއް ބާއްވާފައިވާ އިރު، މި ދެ ބައްދަލުވުމުގައި ވެސް ޓެކްސީ ކުރާ ފަރާތްތަކުން ވަނީ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

އެގޮތުން 23 ނޮވެމްބަރުގައި ވިލިމާލޭ ރައްޔިތުންނާއި ބައްދަލުކުރި އިރު، ޓެކްސީ ޑްރައިވަރެއް ވަނީ ޓެކްސީ ނަފާ ލޯނުގެ ދަށުން ކާރުތައް ގެނެސްފައިވާ ކަމަށް ބުނެފަ އެވެ. އަދި ޑްރައިވަރސް އެސޯސިއޭޝަންގެ ފަރާތުން ރައީސް އަށް ސީޓީ އެއް ފޮނުވާފައިވާނެ ކަމަށާއި، ނަމަވެސް ރައީސް އާއި ބައްދަލުކުރަން އެދުނު ނަމަވެސް އެކަން ނުވާތީ ކަންބޮޑުވުން އޮތް ކަމަށް ވާހަކަ ދެއްކި ޑްރައިވަރު ބުންޏެވެ.

ނަމަވެސް އެ ބައްދަލުވުން ނިމިގެން ދިޔަ އިރު ވެސް ޓެކްސީ ނަފާ ގުޅޭ ގޮތުން ހުށަހެޅި ކަންބޮޑުވުމާއި ގުޅޭ ގޮތުން ރައީސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

މީގެ އިތުރުން މައްޗަންގޮޅި ރައްޔިތުންނާއި ބައްދަލުކުރުމަށް 25 ނޮވެމްބަރުގައި އަމީނިއްޔާ ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ވެސް ޓެކްސީ ޑްރައިވަރުން ވަނީ ކަންބޮޑުވުން ހުށަހަޅާފަ އެވެ. ޓެކްސީ ކުރާ މިސްބާހު ޝަރީފު ބުނީ ރައީސް އަކީ ރައްޔިތުންގެ ފަޅީގައި ހުންނަވާ ބޭފުޅެއް ކަމަށް ވިދާޅުވި ނަމަވެސް ޓެކްސީ ޑްރައިވަރުންނާއި އެ ޑްރައިވަރުންގެ އާއިލާތައް ރައްޔިތުންގެ ފަޅިއަށް ނުވާތީ ހިތާމަކުރާ ކަމަށެވެ. އޭނާ ބުނީ އެހެން ބުނަން ޖެހުނީ ރައީސް ބައްދަލުކުރުމަށް ޑްރައިވަރުންޖެ ޖަމިއްޔާއިން ރައީސް އާއި ބައްދަލުކުރަން އެދުމުން ވެސް ޖަވާބެއް މިހާތަނަށް ނުލިބޭ ކަމަށެވެ.

ބައްދަލުކުރައްވަން ބޭނުން ނުވަނީ ކީއްވެގެންތޯ؟ ނުވަތަ އިންތިހާބެއް ކުރިމަތިވީމަތޯ ބައްދަލުކުރައްވާނީ. އެތައް ރައްޔިތުންގެ އަމިއްލަ މަސައްކަތުން ބިނާކުރި ޓެކްސީ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން މިހާތަނަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާ އިރު މުޅި ދާއިރާ ސަރުކާރު ކޮންޓްރޯލްކުރާ ގޮތަށް ހަމަޖެއްސީ ޓްރާންސްޕޯޓް މިނިސްޓްރީ ފެއިލްވީމަތޯ؟ ސަރުކާރުގެ ޓެކްސީ ފްލީޓެއް އައުމުން ޓެކްސީ ޑްރައިވަރުންނަށް ވާނެ ފައިދާއެއް ވިދާޅުވުން އެދެން.
މިސްބާހު ޝަރީފު

މި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އިން ނަމަވެސް ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދެއްކި އެހެން ޓެކްސީ ޑްރައިވަރެއް ކަމަށްވާ އާދަމް ސަލީމް ބުނީ ޓެކްސީ ނަފާ ލޯނުގައި ޑްރައިވަރުން ޖެހިފައިވާ އިރު، އެކަމުގެ ހުރި ކަންބޮޑުވުންތަކާއެކު ރައީސް އަށް 14 ޖުލައިގައި ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި މި ލޯނުގައި ވަރަށް ބައިވަރު ކަންކަން އެބަހުރި ކަމަށާއި، އެހެންކަމުން އެކަންކަން ހިއްސާކުރަން ބޭނުންވާ ކަމަށެވެ. ސަލީމް ބުނީ ބައެއް ޑްރައިވަރުންނަށް ކާރު ނުލިބި އެސްއެމްއީ އިން ލޯނު ދައްކަން އަންގާފައިވާ ކަމަށާއި، ނަމަވެސް އެއީ ޑްރައިވަރުންގެ މައްސަލައެއް ނޫން ކަމަށެވެ.

ރައީސްގެ އަރިހުން އެދެން މިކަމުގައި އަޅުގަނޑުމެންގެ އަޑު އައްސަވާ ރައީސްގެ ބިޒީ ޝެޑިއުލް އިން ވަގުތެއް ދިނުމަށް. ޓެކްސީ ބޯޑު އަދި ޕްރައިވެޓް ބޯޑުގައި މިކަން 4000 ވަރަކަށް ޒުވާނުން އެބަކުރޭ. ޓެކްސީ ފްލީޓަކީ އަޅުގަނޑުމެންނަށް ގެއްލުން ވެގެންދާނެ ކަމެއް. ރައްޔިތުންގެ ނުރުހުން ރައީސް އަށް މިކަމުން އަމާޒުވާނީ.
އާދަމް ސަލީމް

ދެ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް ރައީސް އަށް އިއްވި ނަމަވެސް އެ ކަންބޮވުންތަކާއި ގުޅިގެން އެދެވޭ ހައްލެއް ގެނެވޭނެކަމަށް ރައީސް އަށް ވިދާޅެއް ނުވެވުނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށްވުރެ ޓެކްސީ ޑުރައިވަރުން ވެލިޔުކުރާ ބަޔަކު ނެތް ކަމަށެވެ. އެހެން ދެންނެވެން އެބައޮތް ކަމަށާއި، އެއީ، ޓެކްސީ ޑުރައިވަރުންނަށް ހައުސިންގ ޕްރޮގްރާމެއް ހިންގައިދޭނެ ކަމަށް ވިދާޅުވި ކަމަށާއި، މިފަހަރު އަޅާ ފުލެޓުތަކުގެ ތެރެއިން ޓެކްސީ ޑުރައިވަރު ކެޓަގަރީ ހިމަނާފައި އޮންނާނެ ކަމަށެވެ.

މީގެ އިތުރުން ދެން ރައީސް ވިދާޅުވީ ޓެކްސީ ޑުރައިވަރުންނަށް އެކި ކަހަލަ ހައްލުތައް ގެނެސްދިނުމަކީ ވެވެޑައިގެންނެވި ވައުދުފުޅެއް ކަމަށާއި، ވަޢުދުވެފައި އޮތް ގޮތަށް، ޓެކްސީ ޑުރައިވަރުންގެ ދަފްތަރެއް އިއުލާން ކޮށްފައިވާނެ ކަމަށެވެ.

މިހާރުވެސް ސަތޭކައަށްވުރެ ގިނަ ޓެކްސީ ޑުރައިވަރުން ދަފްތަރުގައި ޖެހިއްޖެ. އެއީ، ޤާނޫނީ ހައިސިއްޔަތު ލިބިފައި އޮންނަ ދަފްތަރެއް. އޭގައި ޖެހުނީމާ މިލިބޭ ފުރުޞަތުތަކަކީ، އެކި ކަހަލަ ލުއި ލޯނުތަކަށް އެޕްލައިކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ހައުސިންގ ސްކީމަށް އެޕްލައިކުރުމުގެ ފުރުސަތު ހޯދައިދިނުން. ދަފްތަރުގައިޖެހޭ ޓެކްސީ ޑުރައިވަރުންނަށް. ހައުސިންގ ސްކީމަށް އެޕްލައިކުރުމާ، މި ފުރުޞަތުތައް އެބަލިބޭ. ދެން ސަރުކާރުން މި ފަށާ ޓެކްސީ ލައިނަކީ އެއްގޮތަކަށްވެސް ޓެކްސީ ޑުރައިވަރުންގެ ވިޔަފާރި އަތުލުމެއްނޫން. އަޅުގަނޑުމެން ބޭނުންވަނީ ބެސްޓް ސަރވިސް މާލޭގައި ރައްޔިތުންނަށް ޓެކްސީ ސަރވިސުން ލިބެން. ޓެކްސީ ޚިދުމަތުން. މިހާރު އެއޮތީ 407 ޑުރައިވަރުން ނަގަން އިޢުލާނު ކޮށްފައި. އަޅުގަނޑުމެން މި ގެންނަނީ 150 އީ ކާރު. އީ ވެހިކަލް. 150 ކާރު މި ގެންނަނީ. މި އަންނަ ޖަނަވަރީ، ފެބުރުވަރީ މަސްތެރޭގައި ހުރިހާ ކާރެއް ގެނެސްގެން ފަށައި 150 ކާރާއެކީ ފަށައި، އެމް.ޓީ.ސީ.ސީ.އިން ފަށާ ޓެކްސީ ސަރވިސްއަށް މި ހޯދަނީ، އިސްކަން މި ދެނީ ޓެކްސީ ޑުރައިވަރުން، މިހާރުވެސް ޓެކްސީ ތަކުގައި ދުއްވާ ޑުރައިވަރުންނަށް.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ ބައްދަލުވުން އެއްކޮށް ނިންމާލި އިރު ޓެކްސީ ޑްރައިވަރުން ހުށަހެޅި ޝަކުވަތަކުގެ ތެރެއިން އެންމެ ކަމަކަށް ވެސް ރައީސް ވާހަކަ ނުދައްކަވަ އެވެ. ޓެކްސީ ނަފާ ލޯނުގައި ޖެހި ކާރު ނުލިބި ބައެއް ޑްރައިވަރުން މަހަކު 7000 ރުފިޔާ ދައްކަން ޖެހިފައިވާ އިރު އެ ޝަކުވާއަށް ވެސް ރައީސް ޖަވާބެއް ނުދެއްވަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޓެކްސީ ޑްރައިވަރުންޓެކްސީ ނަފާ ލޯނުޓްރާންސްޕޯޓް މިނިސްޓަރމާލެ ސިޓީޑްރައިވަރުންގެ ޖަމިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު