Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސީ ލައިން ތައާރަފް ކުރުން

ޓެކްސީ ލައިން ތައާރަފް ކުރުމަށް ޓެކްސީ ޑްރައިވަރުންނާ ސީދާ މަޝްވަރާ ނުކުރައްވާ ކަމަށް މިނިސްޓަރު އެއްބަސްވެވަޑައިގެންފި

ޓެކްސީ ލައިނެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ސިއްރުން ނޫން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 އެޕްރީލު 2025 | ހޯމަ 10:43
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވާހަކަދައްކަވަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވާހަކަދައްކަވަނީ

ސަރުކާރުގެ ޓެކްސީ ލައިން ތައާރަފް ކުރުމާ ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންނާ ސީދާ މަޝްވަރާ ނުކުރައްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެއްބަސްވެވަޑައިގެންފިއެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީގެ ނޫސްވެރިޔާ ވަނީ ޓެކްސީ ލައިން ތައާރަފް ކުރުމުގައި ގޮތެއް ނިންމުމުގެ ކުރިން ޓެކްސީ ޑްރައިވަރުންނާ މިނިސްޓަރު އަމީން ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަން ފާހަގަކޮށްފައެވެ. އަދި ޓެކްސީ ޑްރައިވަރުންގެ އެސޯޝިއޭޝަންއާ މަަޝްވަރާ ކުރުމެއްނެތި، ޓެކްސީ ލައިން ތައާރަފް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރި ސަބަބާ ގުޅޭގޮތުން ސުވާލު ކުރިއެވެ.

Advertisement - newsAdvertisement

މި ސުވާލަށް މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ލައިނެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ސިއްރުން ނޫން ކަމަށާއި، ހުރިހާ ކަމެއް ހާމަ ކުރަމުން ގެންދިޔަ ކަމަށެވެ. އަދި ކުރިއަށް ގެންދަން ޖެހޭ ހުރިހާ ޕްރޮސަސްއެއް ކުރިއަށް ގެންދިޔަ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ލައިން ތައާރަފް ކުރުމުގައި ވަކި ޚާއްސަ ފަރާތްތަކާ ވާހަކަދައްކައި، ވަކި ބަޔަކު ބޭނުންވާ ގޮތަކަށް އެ ހުއްދަ ހޯދުމަށް މަސައްކަތް ނުކުރާ ކަމަށެވެ.

އަޅުގަނޑުދެން ބަލާލަން ޖެހޭނީ ސީދާ ވަކިގޮތެއް ތި ވެސް ހަމައެއް ސައިޑެއްގައި ވާހަކައަކީ އަޅުގަނޑުމެން ޓެކްސީ ލައިނެއް ހަދާ ވާހަކަ މިއީ ސިއްރިއްޔާތުގައި ހިނގަމުންދިޔަ ކަމެއް ނޫން އެނގޭތޯ. ދެން ކޮންސަލްޓޭޓިވް ޕްރޯސަސް ގެންދަންޖެހޭ ހުރިހާ ފަރާތްތަކާއެކު ގެންދެވިފައި. ދެން ސްޕެސިފިކްކޮށް މިވެނި ބައެއްގެ މިވެނި މީހެއްގެ ހުއްދަ ހޯދިތޯ ނުހޯދިތޯ އެހެނެއް ނޫން އަޅުގަނޑު މިދެންނެވީ. އެކަމަކު މިއީ ކެބިނެޓްގެ ނިންމެވުމެއް މިކަން ކެބިނެޓު އޮފީހުން ވެސް އިއުލާން ކުރައްވާފައި އޮތީ. އަޅުގަނޑުމެންގެ މިނިސްޓްރީން ވެސް އިއުލާން ކުރައްވާފައި އޮތީ. އަދި އަޅުގަނޑުމެން މިކަންތައް މިއީ ރޭވުމުގައި ކޮންސަލްޓޭޓިވް ޕްރޯސަސްގެ ތެރޭގައި މިހިސާބަށް ގެންދިޔައީ. ފުރަތަމަ ވިސްނާ ވަޑައިގަންނަވާ ރާއްޖޭގައި އޮތް ކަމެއް ނޫން މިއީ އިލެކްޓްރިކް ވެހިކަލް ޓެކްސީ ލައިނެއް ތެދެއްތޯ. މީގައި ބޭނުންވާ ހުރިހާ އޭރިޔާ ކޮންސަލްޓޭޓިވް ހުރިހާ ޕްރޯސަސްއެއް އަޅުގަނޑުމެން ކުރިއަށް ގެންގޮސްފައި އޮންނާނީ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

ސަރުކާރުން ވަކި ވިޔަފާރިއަކަށް ވަނުމަށް މަސައްކަތް ނުކުރާކަން ފާހަގަކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ޚިދުމަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ކަމަށާއި، މި ޚިދުމަތް ރައްޔިތުންނަށް ރަނގަޅަށް ނުދެވޭ ކަމަށެވެ.

އެހެންކަމުން އެހެން ގައުމުތަކުގައި ވެސް މިކަން ކުރާ އުސޫލުން ރާއްޖޭގައި ވެސް ޓެކްސީ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ރައްޔިތުންނަށް ދިނުމަށް ބޭނުންވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ސަރުކާރުން ތައާރަފުކުރަން ނިންމާފައިވާ ޓެކްސީ ލައިނުގެ ޚިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. އަދި ސަރުކާރުން ޓެކްސީ ލައިންގެ ޚިދުމަތް ފަށާނީ 100 ޓެކްސީ އާއެކުގައެވެ. މިއާއެކު މިހާރު މި ޚިދުމަތް ދެމުންދާ މީހުންނަށް މިކަމުގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށާއި، އާމްދަނީ އަށް ވަރަށް ބޮޑު އަސަރު ކުރާނެ ކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

ނަމަވެސް މާލޭގެ އެތެރޭގެ ދަތުރުތަކަށް ޓެކްސީ ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެއާ ހިލާފަށް މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ވަރަށް ފަސޭހައިން ޓެކްސީ ޚިދުމަތް ލިބޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މުހައްމަދު އަމީންޓެކްސީ ލައިންޓެކްސީ ޑްރައިވަރުންއެމްޓީސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު