Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޓެކްސީ ވިޔަފާރި އަށް ސަރުކާރުން ވަނުން

ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަން އަވާމެންދުރަށް

ޓެކްސީ ވިޔަފާރި އަށް ސަރުކާރުން ވަނުމަކީ ޓެކްސީ ޑްރައިވަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 އެޕްރީލު 2025 | ހޯމަ 14:48
ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން

ސަރުކާރުން ގްރޭޓަރ މާލޭ ސަރަހައްދުގައި ޓެކްސީ ޚިދުމަތް ފަށަން, އެމްޓީސީސީ އާ އެކު އެއްބަސްވުމެއް ގައި ސޮއި ކުރީ މިދިޔަ ފެބްރުއަރީ މަހެވެ. އެކަން ކުރީ ޓެކްސީ ޑްރައިވަރުންނާއި މަޝްވަރާ ނުކޮށް ކަމަށް ޓެކްސީ ޑްރައިވަރުން ސާފުކޮށް ބުނަމުން ދާއިރު ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވިދާޅުވަނީ ޓެކްސީ ޑްރައިވަރުންޏާއި މަޝްވަރާ ކުރައްވާފައި ވާނެ ކަމަށެވެ.

ކޮންމެއަކަސް ޓެކްސީ ޑްރައިވަރުންގެ ޝަކުވާތައް ބައިވަރެވެ. ހޯމަ ދުވަހު މެންދުރުގެ ނޫސްވެރިންގެ ބައްދަލުވުމަށް ގޮސް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ޓެކްސީ ޑްރައިވަރުންނަށް ކުރިން ދެއްވި ޔަޤީންކަމާއި އެއްގޮތަށް މަޝްވަރާގެ މޭޒަށް ނައި ސަބަބާއި މެދު ސުވާލު ކުރީމެވެ. އެ ވަގުތު ވެސް އަޅުގަނޑުގެ ފޯނަށް ބައެއް ޓެކްސީ ޑްރައިވަރުންގެ ސުވާލުތައް އާދެއެވެ.

އޭގެ ތެރެއިން އެންމެ ބޮޑަށް ތަކުރާރުވި ސުވާލަކީ ޓެކްސީ ޑްރައިވަރުންނާއި ސައްލާ ނުކުރި ސަބަބަކީ ކޮބާތޯ ކުރި ސުވާލެވެ. އެތައް ފަހަރަކު ވަޒީރު މީގެ ކުރިން ޓެކްސީ ޑްރައިވަރުންނަށް ދިން ޔަޤީންކަމަކީ އެވެރިންގެ ބަހެއް ނެތި ޓެކްސީ ޚިދުމަތް ނުފަށާނެ ކަމުގެ ޔަޤީންކަމެވެ. އެކަމަކު އެ ވާހަކަ އަކީ މިއަދު ނުދައްކާ ވާހަކައަކަށް ވާ ކަހަލައެވެ. އެކަމާއި ސުވާލު ކުރުމުން ވަޒިރު ދެއްވީ ނިކަން ކުރު ޖަވާބެކެވެ. އެއީ ޓެކްސީ ޑްރައިވަރުންގެ ހުއްދަ ހޯދަން އަހާފައި ނުވާނެ ކަމަށް ދޭހަވާ މޭރުމަކުން ދެއްކެވި ވާހަކައެވެ.

ދެން ވަޒީރު އެއާއި ވިދިގެން ވިދާޅުވީ ޓެކްސީ ޑްރައިވަރުން މާޔޫސް ނުވާނެ ކަމަށެވެ. ސަރުކާރުގެ ޓެކްސީ ލައިން ތައާރަފް ކުރުމާ ގުޅޭގޮތުން ޓެކްސީ ޑްރައިވަރުންނާ ސީދާ މަޝްވަރާ ނުކުރައްވާ ކަމަށް އެ މަނިކުފާނު އިއުތިރާފްވެސް ވެވަޑައިގަތެވެ. އެހެންވީމަ ކުރިން ޓެކްސީ ޑްރައިވަރުންގެ އަޑު އަހާނެ ކަމަށް ވިދާޅުވީ މުޒާހަރާ އޮއްބާލަންތޯއެވެ. ނޫނީ އަޑު ކަނޑުވާލަންތޯއެވެ. އާޚިރުގައި ކަން ކުރެއްވީ ޓެކްސީ ޑްރައިވަރުންގެ ކަންފަތް މަތީގައި ހޫނު ތަފާއްޔެއް ޖަހާ ބީދައިންނެވެ.

އެއްކޮޅުން ގުނބޯ ހައްދާ އަޑު އަހާނެ ކަމަށް ބުނުމުން ޓެކްސީ ޑްރައިވަރުން އެތިބީ ސަރުކާރުގެ ބަސް އަހައިގެންނެވެ. އެކަމަކު ސަރުކާރުން އެ ދިނީ ޓެކްސީ ޑްރައިވަރުންނަށް ވެސް ދޯކާއެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ވާނެ ކަމަށް ބުނާ ބުމާއި މެދު ވެސް ވަޒީރު އުފެއްދެވީ ސުވާލެވެ.

ވަޒީރު ވިދާޅުވަނީ މިއީ އެއްވެސް ސިފައެއްގައި ކުޑަ ވިޔަފާރި އެއް ފުނޑާލުން ނޫން ކަމަށެވެ. ވަޒީރު ވިދާޅުވީ މިއީ ފައިސާ ގޮތުގެ އަނެއް ފުށަށް ބަލަން ޖެހޭ މައްސަލަ އެއް ކަމަށެވެ. ބަލާ ބަލާ ވެސް އެނގޭ އެއް ކަމެއް އެބަ އޮތެވެ. ދެފުށުން ވެސް ސަރުކާރަށް މަންފާވާކަން ހަމަގައިމެވެ.

ޓެކްސީ ޑްރައިވަރުންޓްރާންސްޕޯޓް މިނިސްޓަރމުހައްމަދު އަމީންގްރޭޓަރ މާލޭޓެކްސީ ޚިދުމަތްއެމްޓީސީސީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
23 ނޮވެމްބަރު 2025

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
21 ނޮވެމްބަރު 2025

މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

21 ނޮވެމްބަރު 2025
މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު