Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާން ރޯވެއްޖެ

12 ޑިސެމްބަރު 2024 | ބުރާސްފަތި 02:56

ހައުސިން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި އަލިފާން ރޯވެފައިވާއިރު، އަލިފާން ނިއްވުމަށްޓަކައި ފުލުހުން އަންނަނީ އެ ސަރަހައްދުގައި ޙަރަކާތްތެރިވަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޑިސެމްބަރު 2024 | ބުރާސްފަތި 02:56
ަހައުސިން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި އަލިފާން ރޯވެ، ދުން އަރަނީ

ަހައުސިން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި އަލިފާން ރޯވެ، ދުން އަރަނީ

ހައުސިން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި އަލިފާން ރޯވެއްޖެ އެވެ.

ބޮޑުތަކުރުފާނު މަގާއި، އަމީނީމަގަށް ވާ ގޮތަށް ހުންނަ ހައުސިން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގައި އަލިފާން ރޯވެފައިވާއިރު، އަލިފާން ނިއްވުމަށްޓަކައި ފުލުހުން އަންނަނީ އެ ސަރަހައްދުގައި ޙަރަކާތްތެރި ވަމުންނެވެ. އަލިފާން ރޯވެ މުޅި އެ ސަރަހައްްދުގައި ދުން ބޯވެފައިވާއިރު، އެ އިމާރާތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް ހިންގަ އެވެ.

ފުލުހުން ބުނީ މި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގެ ގެ ތަކުން މީހުން ނެރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށާއި، އެހެންކަމުން އެ ސަރަހައްދު ވަނީ އާއްމު ޓްރެފިކް އަށް ބަންދު ކުރެވިފައި ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ލޭންޑު އަދި އާބާދީއާ ގުޅުން ހުރި މަސައްކަތް ކުރާ އިމާރާތުން ސާމާނު ހުސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހައުސިން މިނިސްޓްރީގެ ހަތަރު ފްލޯއެއްގައި އަލިފާން ރޯވެފައިވާއިރު، އިމާރާތުގައި ހުންނަނީ ވެސް ހަތަރު ފްލޯ އެވެ.

މިނިސްޓްރީގެ ބައެއް ސާމާނުތައް ވެސް މިވަގުތު ވަނީ ބޭރަށް ނެރެވިފައެވެ. އޭގެ ތެރޭގައި ބައެއް ކޮމްޕިއުޓަރު ސިސްޓަމް އަދި ޕްރިންޓަރުތައް ހިމެނެއެވެ. މިއީ މިނިސްޓްރީގެ ދެ ވަނަ ފްލޯ އަދި ކުރީގެ އެމްއެލްއެސްއޭ ބިލްޑިން (މިހާރު ހައުސިން މިނިސްޓްރީގެ ކޯޕަރޭޓް ޑިޕާޓްމަންޓު) ގައި ހުރި ބައެއް ސާމާނެވެ.

މިވަގުތު އަލިފާންގަނޑު ބޭރަށް ފެންނަން ހުރީ އެމްވަޔަރަމަންޓް މިނިސްޓްރީ ހުންނަ ފަޅިން ކަމަށްވާއިރު، މިނިސްޓްރީގެ އިމާރާތުގެ ބޮޑު ބައެއްް ވަނީ އެއްކޮށް ވެއްޓިފައެވެ.

މި އިމާރާތަކީ ބޭރުގައި ޓިނު ޖަހައިގެން ހަދާފައި ހުރި އިމާރާތެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، ހައުސިންގ މިނިސްޓްރީގެ އިމާރާތް އެއްކޮށް ވަނީ ވެއްޓިފައެވެ. އިމާރާތުން ދުންއަރަމުންދާއިރު، ފެންޖަހަމުންދާ ކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން އެންވަޔަރަންމެންޓް މިނިސްޓްރީގެ އިމާރާތުގައި ވެސް އަލިފާން ރޯވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އިމާރާތުގެ ތެރެއިން ބައެއް ސާމާނު ގޮވާ އަޑާއި ބުރައިގެންދާ މަންޒަރު ފެންނަކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ރާއްޖެޓީވީގެ ރިޕޯޓަރު މައުލޫމާތު ދެއެވެ.

އަލިފާން ރޯވެގެން އުޅޭ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވަނީ ވަޑައިގެންފައެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2025

އެތައް ބަޔަކު ފްލެޓުން މަހުރޫމު ކޮށް، އުސޫލާ ޚިލާފަށް ގެދޮރުވެރިޔާ ސްކީމުން، ދެމަފިރިންނަށް ދެ ފްލެޓް ލިބޭ ގޮތް ހަދަން ގުރުއަތު ނެގުން ބާއްވައިފި

08 އޮކްޓޯބަރު 2025
އެތައް ބަޔަކު ފްލެޓުން މަހުރޫމު ކޮށް، އުސޫލާ ޚިލާފަށް ގެދޮރުވެރިޔާ ސްކީމުން، ދެމަފިރިންނަށް ދެ ފްލެޓް ލިބޭ ގޮތް ހަދަން ގުރުއަތު ނެގުން ބާއްވައިފި
09 ޖުލައި 2025

ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި

09 ޖުލައި 2025
ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް