Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްޙަތުގެ ދުވަސް

ދުނިޔޭގެ ސިއްޙަތުގެ ދުވަހުގެ މި އަހަރުގެ ޝިއާރު: "އަހަރެންގެ ޞިއްޙަތު-އަހަރެންގެ ޙައްޤު"

މި ޝިއާރާއިމެދު، ފުންކޮށް އަދި ފުޅާކޮށް ވިސްނާލަން އެބަޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 އެޕްރީލު 2024 | އާދީއްތަ 07:56
ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ޚަލީލް ދެއްވި ޚިތާބު

ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ޚަލީލް ދެއްވި ޚިތާބު

ދުނިޔޭގެ ސިއްޙަތުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "އަހަރެންގެ ޞިއްޙަތު-އަހަރެންގެ ޙައްޤު"އެވެ.

މި ދުވަހުގެ މުނާސަބަތުގައި ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ޚަލީލް ދެއްވި ޚިތާބުގައި ވިދާޅުވީ، މި ޝިޢާރުގެ ދަށުން މިއަހަރުގެ ދުނިޔޭގެ ޞިއްހަތު ދުވަސް ފާހަގަ ކުރަމުންދާއިރު މި ޝިއާރާއިމެދު، ފުންކޮށް އަދި ފުޅާކޮށް ވިސްނާލަން އެބަޖެހޭކަމަށެވެ. އެގޮތުން ޞިއްޙަތު އެއީ އަސާސީ ޙައްޤެއްކަމަށް ރިޢާޔަތްކޮށްގެން ކަންކަން އިންތިޒާމުކޮށް ތަރުތީބުކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި ދިވެހި ކޮންމެ ފަރުދަކަށް އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު، އެކަށީގެންވާ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކާއި ޞިއްޙީ ރައްކާތެރިކަން މާލީ އަދި ޖިސްމާނީ ގޮންޖެހުންތަކަކާ ނުލައި ލިބޭކަން ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، "އަހަރެންގެ ޞިއްޙަތު- އަހަރެންގެ ޙައްޤު" ފުރިހަމަ މާނާގައި އަދި ދެމެހެއްޓެނިވިގޮތެއްގައި ކަށަވަރު ކުރެވޭނޭހެން ޞިއްޙީ ދާއިރާގެ ޚިދުމަތްތައް މިހާރު ޤާއިމުކުރެވި، އިންޤިލާބީ ހެޔޮ ބަދަލުތަކާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށެވެ.

ސިއްހީ ދާއިރާފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ބަޖެޓު 2026 ގައި ސިއްހީ ދާއިރާއަށް 8.8 ބިލިޔަން ރުފިޔާ، އެކަމަކު ހުޅުމާލޭގައި ހޮސްޕިޓަލެއް އަޅަން ފަންޑު ނެތިގެން އެހީ ހޯދަނީ

28 ނޮވެމްބަރު 2025
ބަޖެޓު 2026 ގައި ސިއްހީ ދާއިރާއަށް 8.8 ބިލިޔަން ރުފިޔާ، އެކަމަކު ހުޅުމާލޭގައި ހޮސްޕިޓަލެއް އަޅަން ފަންޑު ނެތިގެން އެހީ ހޯދަނީ
11 ނޮވެމްބަރު 2025

ސިއްހީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، އެ ދާއިރާއަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަންވަރަށް

11 ނޮވެމްބަރު 2025
ސިއްހީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، އެ ދާއިރާއަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަންވަރަށް
16 އޮކްޓޯބަރު 2025

ރަށު ފެންވަރުގައި ހުރިހާ ލެބޯޓަރީ ޓެސްޓެއް ހެދޭނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ ގިނަ ބަޔަކު ފާޑު ކިޔަނީ

16 އޮކްޓޯބަރު 2025
ރަށު ފެންވަރުގައި ހުރިހާ ލެބޯޓަރީ ޓެސްޓެއް ހެދޭނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ ގިނަ ބަޔަކު ފާޑު ކިޔަނީ
26 ސެޕްޓެމްބަރު 2025

ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރެއްވުމަށް ކުރިއަށް އޮތް ހަ މަސްދުވަހަށް ރައީސް މުއިއްޒުގެ ވައުދުތައް ތަކުރާރު ކުރައްވައިފި

26 ސެޕްޓެމްބަރު 2025
ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރެއްވުމަށް ކުރިއަށް އޮތް ހަ މަސްދުވަހަށް ރައީސް މުއިއްޒުގެ ވައުދުތައް ތަކުރާރު ކުރައްވައިފި
17 ޖުލައި 2025

ރާއްޖޭގެ ސިއްހީ ދައިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ކަރީމްބެ އަވަހާރަވެއްޖެ

17 ޖުލައި 2025
ރާއްޖޭގެ ސިއްހީ ދައިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ކަރީމްބެ އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު