Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބަޔާން މޮޅުވީ ފަހަަތުން އަރައި ފަސް ލަނޑު ޖަހައިގެން

މޮޅާއެކު ބަޔާން އޮތީ ތާވަލްގެ އަށް ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ ހަ މެޗުން 12 ޕޮއިންޓު ހޯދައިގެންނެވެ. ހަތަރު މެޗުން ބަޔާން މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2024 | ބުދަ 05:14
މެޗުގައި ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޝަޚްތަރް ޑޮނެސްކާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.

ޝަޚްތަރް ޑޮނެސްކުގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ބަޔާން އިން ކާމިޔާބު ކުރީ 5-1 އިންނެވެ. އެއީ މެޗުގައި ޝަޚްތަރް ޑޮނެސްކުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ފަސް ލަނޑު ޖަހައިގެންނެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ޝަޚްތަރް ޑޮނެސްކަށް ލީޑު ނަގައިދިނީ ކެވިން އެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން ކޮންރަޑް ލައިމާ ވަނީ ލަނޑު ޖަހައި ބަޔާނަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނަށް ލީޑު ނަގައިިދނީ ތޯމަސް މުލާ އެވެ. އެ ލަނޑު އޭނާ ޖެހީ ޖަމާލް މުސިއާލާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ދެ ވަނަ ހާފުގައި ބަޔާންގެ ތިން ވަނަ ލަނޑު މިކޭލް އޮލައިސޭ ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް މުސިއާލާ ވަނީ ބަޔާންގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އަދި މެޗުގައި ބަޔާންގެ ފަހު ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ އޮލައިސޭ އެވެ.

މޮޅާއެކު ބަޔާން އޮތީ ތާވަލްގެ އަށް ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ ހަ މެޗުން 12 ޕޮއިންޓު ހޯދައިގެންނެވެ. ހަތަރު މެޗުން ބަޔާން މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބަޔާން މިއުނިކްޝަޚްތަރު ޑޮނެސްކު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު