Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިސަރުކާރުގެ އަނިޔާވެރިކަން

ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ރައްޔިތުން ތިބީ ކިރިޔާ ނޭވާ ލެވޭ ހިސާބުގައި، އެހާލަތަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުން: މޫކޭ

ޑީއާރްޕީ، ޕީޕީއެމް، ޕީއެންސީ ފިކުރަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ވެސް ގާނޫނު އަސާސީގެ ދިފާއުގައި ދިވެހި ރައްޔިތުން ނުކުންނަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2024 | ހޮނިހިރު 09:54
ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މޫސާ އަލީ މަނިކު ވާހަކަދައްކަވަނީ

ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މޫސާ އަލީ މަނިކު ވާހަކަދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު، ދިވެހި ރައްޔިތުންނަށް ކިރިޔާ ނޭވާ ލެވޭ ހިސާބުގައި ކަމަށާއި، އެހާލަތަށް ގައުމު ގެންދިއުމަށް މިސަރުކާރުން މަސައްކަތް ކުރާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ގާނޫނުއަސާސީގެ ދިފާއުގައި - ބޮޑު ސައްލާގައި ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ ޑީއާރްޕީ، ޕީޕީއެމް، ޕީއެންސީ ފިކުރަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ވެސް ގާނޫނު އަސާސީގެ ދިފާއުގައި ދިވެހި ރައްޔިތުން ނުކުންނަން ޖެހޭ ކަމަށާއި، އެ ފިކުރުގެ ވެރިކަމެއްގައި ގާނޫނު އަސާސީއަށް ބޯނުލަބާ ކަމަށެވެ. އަދި އެފިކުރުގެ ވެރިކަންތަކުގައި ކޮންމެ ފަހަރަކު ވެސް ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިފައިވާ ހައްގުތަކަށް އަރައިގަންނަ ކަމަށާއި، މަޑުމަޑުން ހައްގުތައް ނިގުޅައިގަތުމަށް މަސައްކަތް ކުރާ ކަމަށް މޫކޭ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މާޒީއަށް އިޝާރާތް ކުރައްވައި މޫކޭ ވިދާޅުވީ ޑީއާރްޕީ، ޕީޕީއެމް، ޕީއެންސީ ފިކުރަށް ތާއީދުކުރާ މީހުންނަކީ ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ހޯދައިދިން ހައްގުތައް ލިޔުމާއި ދެކޮޅަށް އަދި އެހައްގުތައް ނުދިނުމަށް ނުވަތަ އެކަންކަން ވިޔަނުދިނުމަށް ގިނަގުނަ މަސައްކަތްތައް ކުރި މީހުން ކަމަށެވެ.

މީގެ އިތުރުން މޫކޭ ވިދާޅުވީ މިސަރުކާރު މިދަނީ އަނިޔާވެރިކަމާއި ދިމާލަށް ކަމަށާއި، މިވެރިކަމުގައި މިހާތަނަށް ނުހައްގުން މީހުން ހައްޔަރުނުކުރާ ކަމަށެވެ. ނަމަވެސް ފާޅުކުރާ ހިޔާލަކާއި ގުޅިގެން ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ފުލުހުންގެ އޮފީހަށް ހާޒިރުކުރަން ފަށާފައިވާ ކަމަށާއި، މިއީ މިކަމުގެ ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ދިވެހި ރައްޔިތުންނަށް ކިރިޔާ ނޭވާ ލެވޭ ހާލަތަށް ގައުމުގެ ހާލަތު ގެންގޮސްފައިވާ ކަމަށެވެ.

މޫކޭ ވިދާޅުވީ ގާނޫނު އަސާސީގައި ދިވެހި ރައްޔިތުންނަށް ދީފައިވާ ހައްގުތައް ކަށަވަރު ކުރުމަށް ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެހެންނޫން ނަމަ ގައުމުގެ ހާލަތު ދާނީ ދަށަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މޫކޭއެމްޑީޕީގާނޫނު އަސާސީގެ ދިފާއުގައި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު