Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެންބަރުން ހައިޖެކްކުރުން

ރައީސް މުއިއްޒު ވަނީ މަޖިލިސް މެންބަރު ހައިޖެކް ކޮށްފައި، އެކަން ބަދަލުކުރަން ރައްޔިތުން ނުކުންނަންޖެހޭ: ހަސަން ލަތީފް

ގާނޫނު އަސާސީ ކުރިން އޮތް ގޮތަށް ރައްޔިތުންނަށް ބާރު ލިބިދޭ ގޮތަށް ރުޖޫއަ ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޑިސެމްބަރު 2024 | ބުރާސްފަތި 01:17
ދަ ޑިމޮކްރެޓްސް ރައީސް ހަސަން ލަތީފް

ދަ ޑިމޮކްރެޓްސް ރައީސް ހަސަން ލަތީފް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރައްޔިތުން މަޖިލީހުގެ މެންބަރުން ހައިޖެކް ކޮށްފައިވާ ކަމަށާއި، އެކަން ބަދަލު ކުރުމަށް ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް ދަ ޑިމޮކްރެޓްސް ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

"ގާނޫނުއަސާސީގެ" ދިފާއުގައި ނަމުގައި ރާއްޖެޓީވީން ގެނެސްދޭ ޚާއްސަ ޕްރޮގްރާމްގައި ހަސަން ލަތީފް ވިދާޅުވީ ގާނޫނުއަސާސީގެ ދިފާއުގައި މަސައްކަތް ކުރުމަކީ މުހިންމު މަސައްކަތެއް ކަމަށާއި، ގާނޫނުއަސާސީ ކުރިން އޮތް ގޮތަށް ބަދަލު ކުރަންޖެހޭ ކަމަށެވެ. އެމަސައްކަތް ކުރުމަކީ ހަމައެކަނި ސިޔާސީ ޕާޓީތަކުން އެކަނި ކުރަންޖެހޭ މަސައްކަތެއް ނޫން ކަމަށާއި، ގާނޫނުއަސާސީ ކުރިން އޮތް ގޮތަށް ރައްޔިތުންނަށް ބާރު ލިބިދޭ ގޮތަށް ރުޖޫއަ ކުރުމުގެ މަސައްކަތަށް ހުރިހާ ރައްޔިތުން ނުކުންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްއާއި އެމްޑީޕީއަކީ ވެސް ހިޔާލު ތަފާތުވާ ދެ ސިޔާސީ ޕާޓީކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވީ ގާނޫނުއަސާސީގެ ދިފާއު ކުރުމަށް އެކުއެކީގައި މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ ރައީސް މުއިއްޒު މިހާރު ރައްޔިތުންގެ މަންދޫބުން، ރައްޔިތުންގެ މަޖިލިސް މެންބަރުން ހައިޖެކްކޮށްފައިވާ ކަމަށާއި، ރައްޔިތުންގެ ބާރު އެމަނިކުފާނު ނަންގަވާފައިވާ ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރެވޭނެކަން އަންގަންޖެހޭނީ ރައްޔިތުން ނުކުމެ ކަމަށާއި، ރައްޔިތުންގެ ބަސް ރައީސް މުއިއްޒަށް އިއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ މިސަރުކާރުން ގާނޫނުއަސާސީއަށް މިގެނައި ބަދަލާއެކު އަޅާނުލައި ތިބެވެން ނެތް ކަމަށެވެ. އަދި މިމައްސަލާގައި އަޅާނުލައި ކުރިއަށްދާނަމަ އޭގެ މާނައަކީ މުޅި ދައުލަތް އޮތީ ގަނޑުބަޑުވެފައި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފްރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުޤާނޫނު އަސާސީ ގާނޫނު އަސާސީގެ ދިފާއުގައި

އިތުރަށް ކިޔާލަން

16 ޖުލައި 2025

އެމްޑީޕީން ހުޅުމާލޭގައި ބޭއްވުމަށް ނިންމި "ރަންރީނދޫ" ދުވުމަށް ސަރުކާރުން ހުރަސްއަޅައިފި

16 ޖުލައި 2025
އެމްޑީޕީން ހުޅުމާލޭގައި ބޭއްވުމަށް ނިންމި "ރަންރީނދޫ" ދުވުމަށް ސަރުކާރުން ހުރަސްއަޅައިފި
28 ޖޫން 2025

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު
20 މާރިޗު 2025

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ
05 ފެބުރުއަރީ 2025

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު