Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައްގުތައް ހޯދަން ނުކުންނަން ގޮވާލެއްވުން

ހައްގަކީ ހެޔޮ ހިތުން ތަބަކަށްލާފައި ދޭ އެއްޗެއް ނޫން، މިއަދު އަނެއްކާ ވެސް ހައްގުތައް ހޯދަން ރައްޔިތުން ނުކުންނަންޖެހޭ: ރައީސް ސާލިހު

މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީ ހޯދީ އެތައް ބައެއްގެ ބުރަ މަސައްކަތާއި ގުރުބާނީއަކާއެކު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2024 | އަންގާރަ 17:50
'ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުންގެ'' ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ

'ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުންގެ'' ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ

ހައްގަކީ ހެޔޮ ހިތުން ތަބަކަށްލާފައި ދޭ އެއްޗެއް ނޫން ކަމަށާއި، މިއަދު އަނެއްކާ ވެސް ހައްގުތައް ހޯދަން ރައްޔިތުން ނުކުންނަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ކުރިއަށް ގެންދާ ''ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުންގެ'' ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީ ހޯދީ އެތައް ބައެއްގެ ބުރަ މަސައްކަތާއި ގުރުބާނީއަކާއެކު ކަމަށާއި، އެތައް ދައްޗަކާއި، އުދަނގުލެއް ހުރަސްކުރި ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސާލިހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވެވަޑައިގަންނަވަނީ ހުދުމުހުތާރު ވެރިކަމެއް ގާއިމްކޮށް، ހުރިހާ ހައްގުތަކެއް ނިގުޅައިގަނެ، ރައްޔިތުންގެ ބާރުވެރިކަން ސަރުކާރުގެ އަތްދަށަށް ގެނައުމަށް ކަމަށެވެ. އަދި މިސަރުކާރުން އެމަސައްކަތް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ އެއްވެސް ހައްގަކީ ހެޔޮ ހިތުން ތަބަކަކަށްލާފައި ދޭނެ އެއްޗެއް ނޫން ކަމަށާއި، ހައްގުތައް ޖެހޭނީ ހޯދަން ކަމަށެވެ. މީގެ ކުރިން ވެސް ހައްގުތައް ހޯދިކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ މިއަދު އެހައްގުތައް ކަށަވަރު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ބޭނުންވަނީ އަބަދުވެސް ރައްޔިތުންގެ ވެރިކަމެއް، ރައްޔިތުންގެ ބާރު ހިނގާ، ރައްޔިތުންގެ އަތްމަތީގައި ބާރު އޮންނަ ވެރިކަމެއް ގާއިމް ކުރަން ކަމަށެވެ. އަދި ރައްޔިތުންނަށް ލިބިދޭ މިނިވަންކަމާއި ހައްގުތައް ކަށަވަރުކޮށް، ރައްޔިތުންނަށް އަނިޔާވެރި ނުވާ ސަރުކާރެއް އެކުލަވާލަން އަބަދުވެސް މަސައްކަތް ކުރާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި، މި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައިކަން ގާނޫނުން ކަށަވަރު ކޮށްދޭ ކަމަށެވެ. ނަމަވެސް މިސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ބާރު ކަނޑުވާލައި، ހައްގުތައް ނިގުޅައިގަތުމަށް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި އެކަމާ ދެކޮޅަށް މިއަދު ރައްޔިތުން ނުކުތުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއެމްޑީޕީގާނޫނު އަސާސީގެ ދިފާއުގައި

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު