Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ގައުމީ މަޖިލިސް

ވަކިވަކިން މުޒާހަރާނުކޮށް އެންމެން އެކުގައި ނުކުމެ މި އަނިޔާވެރިކަން ނިންމުމަށް ފިއްޓޭ އެދިވަޑައިގެންފި

މިހާރު މިގައުމުގެ ކަންކަމާއި މެދު ވިސްނާލައިފި ނަމަ ކަންބޮޑުނުވާ ހަމަ އެކަކުވެސް ނެތް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 2 މެއި 2025 | ހުކުރު 19:28
ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާދު އެމްޑީޕީ ގައުމީ މިޖިލީހުގެ ޖަލްސާގައި ވާހަކަދައްވަނީ

ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާދު އެމްޑީޕީ ގައުމީ މިޖިލީހުގެ ޖަލްސާގައި ވާހަކަދައްވަނީ

ރައީސް މުއިއްޒުގެ މި ސަރުކާރުގެ އަނިޔާވެރިކަން ނިންމަން ބޭނުން ނަމަ ވަކިވަކިން މުޒާހަރާ ނުކޮށް، އެންމެން އެކުގައި ނުކުމެ މަސައްކަތް ކުރުމަށް ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާދު އެދިވަޑައިގެންފިއެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ މިހާރު މިގައުމުގެ ކަންކަމާއި މެދު ވިސްނާލައިފި ނަމަ ކަންބޮޑުނުވާ ހަމަ އެކަކުވެސް ނެތް ކަމަށާއި ގައުމުގެ އެންމެހާ ކަންކަން ބޮއްސުންލައިގެން ހިނގައްޖެ ކަމަށެވެ.

ޒިޔާދު ވިދާޅުވީ މިއަދު މަޖިލީހަށް ބަލާލި ނަމަވެސް އެ ތަނުގައި ވެސް މާ ބޮޑުކަމެއް ނެތް ކަމަށާއި ނަމަވެސް މިއަދު ގައުމުގައި ހިނަގަމުން މިދާކަންކަމަށް ބަލާއިރު، މަޖިލީހަކީ ވެސް މެމްބަރުންނަށް ހަމަހަމަކަމާއި އެކު ފުރުސަތު ނުލިބޭ ތަނެއް ކަމަށެވެ.

ޔުމްނުގެ މައްސަލައަށް އިންސާފު ހޯދުމަށް ޒުވާނުން ކުރަމުންގެންދާ މުޒާހަރާއަށް އަލިއަޅުއްވާ ލައްވަމުން ޒިޔާދު ވިދާޅުވީ މިއަދު ގައުމުގެ ހުރިހާތަނެއްގައި ގިނަ މުޒާހަރާތަކެއް ހިނގަމުން އެބަދާކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ވަކިވަކިން މުޒާހަރާ ކުރުކުގެ ބަދަލުގައި އެންމެ އެކުގައި ގުޅިގެން އެކަތިގަނޑަކަށް ވެގެން މުޒާހަރާއަށް ނުކުތުމުން އެކަމުން ނުކުންނަ ނަތީޖާ ރަނގަޅުވާނޭކަމަށެވެ. އެހެން ކަމުން އެންމެ އެކުގައި ގުޅިގެން ކަން ނިންމުމަށް އައުމަށް މުޒާހަރާކުރާ ފަރާތްތަކަށް ގޮވާލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ އެއްވެސް ބަޔަކު ވަކިވަކިން މުޒާހަރާ ނުކޮށް އެންމެ އެކުގައި ގުޅިގެން މިހާރުން މިހާރަށް ކަންކަނ ނިންމުމަށް އައުމަށް ގޮވާލާ ކަމަށާއި އެގޮތަށް ނޫނީ މިކަން ނުނިންމޭނޭ ކަމަށެވެ.

ގައުމުގައި ބޯހިޔާވަހިކަން ބޭނުންވާ މީޙުން މުޒާހަރާ ކުރަނީ، ހޮޅުދޫގައި މުޒާހަރާ ކުރަނީ. ޒުވާނުން އިންސާފަށް އެދި މުޒާހަރާ ކުރަނީ، މިހެން ގޮސް އެތައް މުޒާހަރާއެއް ދަނީ ހިނގަމުން. އަޅުގަނޑު މިއަދު މި ގޮވާލަނީ ވަކިވަކިން ތި މުޒާހަރާ ނުކޮށް އަޅުގަނޑުމެންނާއި އެކު ފަހަތުން މިރޭ ނުކުންނަން ހި ނގާށޭ. ލަސްވެއްޖެއްޔާ ވަރަށް ލަސްވާނެ. ވަކިން ކުރެވޭނޭ ކަމެއް ނެތް، އެންމެ އެކުގައި ނުކުމެގެން ނޫނީ މިކަމެއް ނުކުރެވޭނެ.
ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާދު

އޭނާ އިތުރަށް ވިދާޅުވީ އެންމެ އެކުގައި ނުކުނަނަނަމަ ނުކުންނަން ޖެހޭނީ ސީދާ ވަގުތުން ވަގުތައް ކަން ނިންމަން ކަމަށާއި އެ ނޫން ގޮތަކަށް ނުކުތުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މުއިއްޒު ސަރުކާރުމަޖިލީސްއިހުތިޖާޖުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމްޑީޕީ ގައުމީ މަޖިލިސްވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި
11 ޑިސެމްބަރު 2025

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު