Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

އަނިޔާާގެ ސަބަބުން ނޯޔާ އަށް މިއަހަރު ނުކުޅެވޭނެ

ބަޔާނަށް 540 މެޗުގައި ގޯލު ބަލަހައްޓައިދީފައިވާ ނޯޔާ އަށް ވަނީ މިފަހުން ގާތް ގާތުގައި އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2024 | އަންގާރަ 04:21
ޖަރުމަނުގެ ގޯލު ކީޕަރު މެނުއަލް ނޯޔާ

ޖަރުމަނުގެ ގޯލު ކީޕަރު މެނުއަލް ނޯޔާ

ބަޔާން މިއުނިކްގެ އެއް ނަންބަރު ގޯލު ކީޕަރު ޖަރުމަނުގެ މެނުއަލް ނޯޔާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން، މިއަހަރުގެ ތެރޭގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނެފި އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކުން ޝަޚްތަރު ޑޮނެސްކާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޮމްޕެނީ ބުނީ، ނޯޔާގެ ރިބްސް އަށް އަނިޔާވެފައިވާ ކަމަށެވެ. އެ އަނިޔާގެ ސަބަބުން މިއަހަރުގެ ބާކީ އޮތް ތަނުގައި ނޯޔާ އަށް ނުކުޅެވޭނެ ކަމަށާއި، ނޯޔާ އަށް މިވަގުތު އެންމެ މުހިންމީ އަނިޔާ އިން ރަނގަޅުވުން ކަމަށް ވެސް ކޮމްޕެނީ ބުންޏެވެ. އަދި އޭނާ އަށް އުންމީދު ކުރެވެނީ ޖަނަވަރީ މަހުގެ ތެރޭގައި ނޯޔާ އަލުން އެނބުރި ކުޅުމުގެ ތެރެއަށް އާދެވުން ކަމަށް ވެސް ކޮމްޕެނީ ބުންޏެވެ.

ނޯޔާ އަށް އަނިޔާވެފައި ވަނީ ޖަރުމަނު ކަޕްގައި ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ލެވަކޫސަންގެ ޖެރެމީ ފްރިމްޕޮން އަށް ފައުލް ކުރުމުގެ ތެރޭގައި ނޯޔާ އަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތަކުގައި ވަނީ ފާހަގަކޮށްފަ އެވެ. އެ ފައުލާ ގުޅިގެން އެ މެޗުގައި ނޯޔާ އަށް ރަތް ކާޑު ދެއްކިއިރު، އެއީ އޭނާގެ ކެރިއަރުގައި ދެއްކި ފުރަތަމަ ރަތް ކާޑެވެ.

ބަޔާނަށް 540 މެޗުގައި ގޯލު ބަލަހައްޓައިދީފައިވާ ނޯޔާ އަށް ވަނީ މިފަހުން ގާތް ގާތުގައި އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަނިޔާގެ ފަހުން އަލުން ކުޅުމުގެ ތެރެއަށް ނިކުމެ އުޅެނިކޮށް، ފަރިތަކުރުމެއްގެ ތެރެއިން ވެސް ނޯޔާ އަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ފަހުން ދެން އޭނާ ކުޅުމުގެ ތެރެއަށް އައިސްފައިވާއިރު، ޖަރުމަނާއެކު ނޯޔާ ވަނީ މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވެސް ކުޅެފަ އެވެ.

ބަޔާން މިއުނިކްމެނުއަލް ނޯޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު