Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އދ ގެ އާންމު މަޖިލިސް

60 އަހަރުގެ ތެރޭގައި އދ އަށް ވަޑައިގަންނަވާ ސީރިއާގެ ފުރަތަމަ ރައީސަކަށް އަލް ޝަރާ

މިއީ ފާއިތުވި 60 އަހަރުގެ ތެރޭގައި އދ ގެ ޖެނަރަލް އެސެމްބްލީގައި ސީރިއާގެ ރައީސަކު ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެެވެ. އެހެންކަމުން މިއީ ސީރިއާ އަދި އަލް ޝަރާ އަށް ވެސް ޚާއްސަ ދަތުރުފުޅަކަށް ވާނެ އެވެ. އެންމެ ފަހުން ސީރިއާގެ ރައީސަކު އދ ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގެންފައި ވަނީ 1967 ވަަނަ އަހަރު އެވެ.

ސީރިއާގެ ރައީސް އަލް-ޝަރާއު 60 އަހަރު ފަހުން އދ ގެ މަޖިލީހުގައި ބައިވެރިވެލެއްވުމަށް ނިއުޔޯކަށް ވަޑައިގަތުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2025 | ހޯމަ 07:59
ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ

ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި އޮންނަ، އދ ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށް ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ އެމެރިކާ އަށް ވަޑައިގެންފި އެވެ.

މިއީ ފާއިތުވި 60 އަހަރުގެ ތެރޭގައި އދ ގެ ޖެނަރަލް އެސެމްބްލީގައި ސީރިއާގެ ރައީސަކު ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެެވެ. އެހެންކަމުން މިއީ ސީރިއާ އަދި އަލް ޝަރާ އަށް ވެސް ޚާއްސަ ދަތުރުފުޅަކަށް ވާނެ އެވެ.

އެންމެ ފަހުން ސީރިއާގެ ރައީސަކު އދ ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގެންފައި ވަނީ 1967 ވަަނަ އަހަރު އެވެ. އެއީ އަލް އަސަދު އާއިލާގެ 50 އަހަރުގެ ވެރިކަން ފެށުމުގެ ވެސް ކުރިންނެވެ. އެ ވެރިކަން ނިމުމަކަށް އައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބަޝާރު އަލް އަސަދު ވެރިކަމުން ވައްޓާލުމާ ގުޅިގެންނެވެ. އެއާއެކު، 14 އަހަރުގެ ދިގު މުއްދަތަކަށް ދެމިގެން ދިޔަ ސީރިއާގެ ހަނގުރާމަ ވެސް ނިމުމަކަށް އައީ އެވެ.

ސީރިއާގެ ވެރިކަމަށް އަލް ޝަރާ ވަޑައިގެންނެވި ފަހުން، އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އަރަބި ޤައުމުތަކާއި، ހުޅަނގުގެ ޤައުމު ތަކާ އެކު ގުޅުން ބަދަހި ކުރުމަށެވެ. އަދި ސީރިއާގެ މެދު އަޤުލަބިއްޔަތު ރައްޔިތުންނަށް އިތުބާރު ހޯއްދެވުމަށް އޭނާ ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް، ސީރިއާގެ މަޒްހަބީ ހަމަ ނުޖެހުންތަކާ ގުޅިގެން ޤައުމުގެ ނާޒުކު ޙާލަތު އިތުރަށް ގޯސްވެފައިވެ އެވެ.

އދ ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައި ގަތުމަށް އަލް ޝަރާ ކުރައްވާ އެ ދަތުރުފުޅުގައި، ސީރިއާގެ މައްޗަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ލުއި ކުރެއްވުމަށް ވެސް މަސައްކަތް ކުރައްވާނެ އެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، މިއަހަރުގެ މެއި މަހުގެ ތެރޭގައި ސައުދީ އަރަބިއްޔާގައި އަލް ޝަރާއާ ބައްދަލު ކުރައްވައި، އަލް އަސަދުގެ ވެރިކަމުގައި ސީރިއާގެ މައްޗަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް ނިންމަވައިފަ އެވެ.

މީގެ އިތުރުން، ސީރިއާ އާއި އިސްރާއީލްއާ ދެމެދު އޮތް ގުޅުމަށް ވެސް އެ ދަތުރުގައި އަލް ޝަރާ މަސައްކަތް ކުރައްވާނެ ކަމަށް ބެލެވެ އެވެ. ސީރިއާގެ ވެރިކަމުން އަލް އަސަދު ވެއްޓުނު ފަހުން، އަލް ޝަރާއުގެ ވެރިކަމާ މެދު އިސްރާއީލް އަށް ޝައްކު ކުރެވިފައިވާތީ، ސީރިއާގެ ސަރަހައްދު ތަކެއް ހިފައި، އަދި ސީރިއާގެ އަސްކަރީ މަރުކަޒު ތަަކަށް ވަނީ ހަމަލާތަކެއް ދީފަ އެވެ.

އަލް ޝަރާ ވެރިކަމާ ހަވާލުވުމަށް ފަހު، ސީރިއާގެ ފުރަތަމަ އާންމު އިންތިޚާބު އަންނަ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް، އެ އިންތިޚާބުގައި ރައްޔިތުން ސީދާ ވޯޓުލާ ގޮތް ނޫން އެހެން އުސޫލެއްގެ ދަށުން މެމްބަރުން އިންތިޚާބު ކުރުމަށް ވަނީ ނިންމައިފަ އެވެ. އެއީ 14 އަހަރުގެ ހަނގުރާމައިގައި ގިނަ ރައްޔިތުންގެ ރަސްމީ ލިޔެ ކިޔުންތައް ގެއްލި، އަދި ބޮޑު އާބާދީއެއް ޤައުމުން ބޭރުގައި ދިރިއުޅެމުން ދާތީ ކަމަށް ބުނެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އަހްމަދު އައް-ޝަރާއުޔޫންއެން ޖެނެރަލް އެސެމްބްލީސީރިއާގެ ހަނގުރާމަސީރިއާ-އެމެރިކާ ގުޅުންސީރިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި

ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި

02 ޑިސެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
ޓްރަމްޕް އާއި އަލް-ޝަރާގެ ބައްދަލުކުރުމަށްފަހު އައިސިސްއާ ދެކޮޅު ބައިނަލްއަގުވާމީ އިއްތިހާދުގައި ސީރިއާ އިން ބައިވެރިވެއްޖެ

ޓްރަމްޕް އާއި އަލް-ޝަރާގެ ބައްދަލުކުރުމަށްފަހު އައިސިސްއާ ދެކޮޅު ބައިނަލްއަގުވާމީ އިއްތިހާދުގައި ސީރިއާ އިން ބައިވެރިވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު