Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާ

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

ސީރިއާގެ ރައީސް އަލް ޝަރާ އައްޔަން ކޮށްފައިވާ ކޮމެޓީ އަކުން ވަނީ 1570 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަ ކުރުމަށް ހުއްދަ ދީފަ އެވެ. މިދިޔަ ހަފުތާގެ ތެރޭގައި މި ކެންޑިޑޭޓުން ވަނީ އެ މީހުންގެ ސިޔާސަތުތައް ހާމަ ކުރުމަށް ބަހުސްތަކުގައި ވެސް ބައިވެރިވެފަ އެވެ.

ސީރިއާގައި ބަޝާރް އަލް-އަސަދްގެ ވެރިކަން ނިމުމަށްފަހު އެންމެ ފުރަތަމަ ފަހަރަށް ޕާލިމަންޓް އިންތިޚާބަށް ވޯޓުލުން މިއަދު ކުރިއަށްދަނީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އޮކްޓޯބަރު 2025 | އާދީއްތަ 08:12
އިލެކްޓޯރަލް ކޮލެޖްތަކުގެ މެމްބަރަކު ވޯޓު ފޮށި ހުޅުވާލަނީ

އިލެކްޓޯރަލް ކޮލެޖްތަކުގެ މެމްބަރަކު ވޯޓު ފޮށި ހުޅުވާލަނީ

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރުމަށް އެ ޤައުމުގައި ވޯޓުލާން ފަށައިފި އެވެ.

އާދީއްތަ ދުވަހު ވޯޓުލާން ފަށާފައިވާއިރު، މިއީ ސީރިއާގެ ކުރީގެ ރައީސް ބަޝާރު އަލް އައްސަދުގެ ވެރިކަން ނިމުނު ފަހުން، އެންމެ ފުރަތަަމ ފަހަރަށް ސީރިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ވޯޓުލާ ފަހަރެވެ. މިއީ ސީރިއާގެ މިހާރުގެ ވެރި ކަމުގެ ދަށުން ބޭއްވޭ އެންމެ މުހިންމު އިންތިޚާބެވެ.

ސީރިއާގެ ވެރިކަން ވައްޓާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެއަށް ފަހު ސީރިއާގެ ރައީސް ކަމުގެ މަޤާމަށް ވަޑައިގެންނެވީ އަޙުމަދު އަލް ޝަރާ އެވެ. ޝަރާ އާއި އޭނާގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ 14 އަހަރުގެ ހަނގުރާމައިގައި ބައިބައިވެފައިވާ ޤައުމު އެއްކޮށް، މައިނޯރިޓީ ޖަމާއަތްތަތކުގެ އިތުބާރު ހޯދުމަށެވެ.

ސީރިއާގައި ވޯޓުލުން ފަށާފައި ވަނީ ހެނދުނު ނުވައެއް ޖެހިއިރު އެވެ. އަދި ހަވީރު ވަންދެން އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާނެ އެވެ. މި އިންތިޚާބުގައި ޖުމުލަ 6000 މަންދޫބުން ބައިވެރިވެ، ސަރަހައްދު ތަކުގެ އިންތިޚާބީ ކޮލެޖު ތަކުގައި ވޯޓުލާނެ އެވެ.

ސީރިއާގެ ރައީސް އަލް ޝަރާ އައްޔަން ކޮށްފައިވާ ކޮމެޓީ އަކުން ވަނީ 1570 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަ ކުރުމަށް ހުއްދަ ދީފަ އެވެ. މިދިޔަ ހަފުތާގެ ތެރޭގައި މި ކެންޑިޑޭޓުން ވަނީ އެ މީހުންގެ ސިޔާސަތުތައް ހާމަ ކުރުމަށް ބަހުސްތަކުގައި ވެސް ބައިވެރިވެފަ އެވެ.

ސީރިއާގެ ޤާނޫނު ހަދާ މަޖިލީހުގެ 210 ގޮނޑީގެ ތިން ބައި ކުޅަ ދެ ވައި މެމްބަރުން ހޮވުމަށް އެ ޤަައުމުގައި ވޯޓުލާއިރު، އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ނަތީޖާ އިއުލާން ކުރެވޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ. ނަމަވެސް، ޤާނޫނު ހަދާ މަޖިލިސް ރަސްމީކޮށް އެކުލަވާލެވޭނީ ބާކީ ތިން ބައި ކުޅަ އެއް ބައި މެމްބަރުން އަލް ޝަރާ އައްޔަން ކުރެއްވުމުންނެވެ.

ސީރިއާގެ އިންތިޚާބުގައި ވޯޓު ލަނީ އާންމު ހުރިހާ ރައްޔިތުންނެއް ނޫނެވެ. އޭގެ ބަދަލުގައި ވޯޓު ލާނީ ވަކި އުސޫލެއްގެ ދަށުން މަންދޫބުންނެވެ. އެއީ ހަނގުރާމައިގެ ސަބަބުން މިލިއަނެއްހާ ރައްޔިތުން ގެދޮރު ދޫކޮށް ދާން ޖެހިފައިވުމާއި، އާބާދީގެ ޞައްޙަ މައުލޫމާތު ނެތުމުގެ ސަބަބުންނެވެ.

ސަލާމަތީ އަދި ސިޔާސީ ސަބަބުތަކަށް ޓަކައި، މައިނޯރިޓީ ޖަމާއަތްތަކުގެ ބާރުގެ ދަށުގައިވާ ތިން ޕްރޮވިންސް ގައި ވޯޓުލުން ފަސް ކުރެވިފައިވާ އިރު، އެ ސަބަބާ ހުރެ ޤާނޫނު ހަދާ މަޖިލީހުގެ 19 ގޮނޑި ހުސް ވެފައި ހުންނާނެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ސީރިޔާއަހްމަދު އައް-ޝަރާއުމަޖިލީސް އިންތިޚާބުސީރިއާ ހަނގުރާމަ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި
06 ޑިސެމްބަރު 2025

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި
02 ޑިސެމްބަރު 2025

ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި

02 ޑިސެމްބަރު 2025
ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި
13 ނޮވެމްބަރު 2025

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި
11 ނޮވެމްބަރު 2025

ޓްރަމްޕް އާއި އަލް-ޝަރާގެ ބައްދަލުކުރުމަށްފަހު އައިސިސްއާ ދެކޮޅު ބައިނަލްއަގުވާމީ އިއްތިހާދުގައި ސީރިއާ އިން ބައިވެރިވެއްޖެ

11 ނޮވެމްބަރު 2025
ޓްރަމްޕް އާއި އަލް-ޝަރާގެ ބައްދަލުކުރުމަށްފަހު އައިސިސްއާ ދެކޮޅު ބައިނަލްއަގުވާމީ އިއްތިހާދުގައި ސީރިއާ އިން ބައިވެރިވެއްޖެ
11 ނޮވެމްބަރު 2025

ވައިޓް ހައުސްއަށް ޒިޔާރަތް ކުރެއްވި ސީރިއާގެ ފުރަތަމަ ރައީސް އަކަށް އަލް-ޝަރާ

11 ނޮވެމްބަރު 2025
ވައިޓް ހައުސްއަށް ޒިޔާރަތް ކުރެއްވި ސީރިއާގެ ފުރަތަމަ ރައީސް އަކަށް އަލް-ޝަރާ
09 ނޮވެމްބަރު 2025

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި
03 ނޮވެމްބަރު 2025

ފުރަތަމަ ފަހަރަށް ސީރިއާގެ ރައީސް އަކު ވައިޓް ހައުސް އަށް ވަޑައިގަންނަވަނީ

03 ނޮވެމްބަރު 2025
ފުރަތަމަ ފަހަރަށް ސީރިއާގެ ރައީސް އަކު ވައިޓް ހައުސް އަށް ވަޑައިގަންނަވަނީ
30 އޮކްޓޯބަރު 2025

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް
15 އޮކްޓޯބަރު 2025

ސީރިއާގެ ރައީސް އަލް ޝަރާ ރަޝިޔާގައި، އައްސަދު ހަވާލު ކުރުމަށް އެދެނީ

15 އޮކްޓޯބަރު 2025
ސީރިއާގެ ރައީސް އަލް ޝަރާ ރަޝިޔާގައި، އައްސަދު ހަވާލު ކުރުމަށް އެދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު