Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނު އަސާސީ ގަޑުބަޑުކުރުން

ގާނޫނު އަސާސީއަށް ގެނެސްފައިވަނީ އިސްލާހެއް ނޫން، އެއީ ގާނޫނު އަސާސީ ގަޑުބަޑު ކުރުން: ފައިސަލް

9 ޑިސެމްބަރު 2024 | ހޯމަ 02:17

ރައްޔިތުން ބޭނުންވަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޑިސެމްބަރު 2024 | ހޯމަ 02:17
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް ގެނެސްފައިވަނީ އިސްލާހެއް ނޫން ކަމަށާއި، އެއީ ގާނޫނު އަސާސީ ގަޑުބަޑު ކުރުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ގާނޫނުއަސާސީގެ ދިފާއުގައި - ވިލިމާލެގައި ބޭއްވި ޖަލްސާގައި ފައިސަލް ވިދާޅުވީ ފެހި ގާނޫނު އަސާސީ ހޯދާފައިވަނީ ވަރަށް ރަނގަޅު މަގުސަދެއްގައި ކަމަށާއި، އެގާނޫނު އަސާސީ ގެނައުމަށް މުޅި ރާއްޖޭގެ ރައްޔިތުން ބުރަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

ފައިސަލް ވިދާޅުވީ ގާނޫނު އަސާސީން ރައްޔިތުން ބޭނުންވަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށެވެ.

އެގޮތުން މިގައުމުގައި މިނިވަންކަމާއެކު މިނިވަން މުއައްސަސާތައް ފަންގްޝަން ވާންޖެހޭ ކަމަށާއި، ޖުޑިޝަރީ އިންސާފުވެރިވާންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިކަންކަން ރައްޔިތުން އެދޭ ގޮތަށް ތަންފީޒު ވެގެންދިޔައީ ގާނޫނު އަސާސީން ކަމަށެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ 20 ވަނަ މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެންބަރުން މެދުވެރިކޮށް ގާނޫނު އަސާސީއަށް ގެނެސްފައިވަނީ އިސްލާހެއް ނޫން ކަމަށާއި، އެއީ ގާނޫނު އަސާސީ ގަޑުބަޑު ކުރުން ކަމަށެވެ. ގައުމުގައި ރަނގަޅުކުރަންޖެހޭ ވަރަށް ގިނަކަންކަން އެބަހުރި ކަމަށާއި، ރައްޔިތުންނަށް ލިބެމުންދިޔަ ޚިދުމަތްތައް ކަމަށްވާ އާސަންދަ، އެންސްޕާ ފަދަ ޚިދުމަތްތައް ހަރުދަނާކޮށް، އެކަންކަން ރަނގަޅު ކުރުމަށް ފައިސަލް ގޮވާލެއްވިއެވެ.

ރައްޔިތުންގެ މަޖިލީހަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވީ އެގޭގައި ތިބެނީ ރައްޔިތުން އިންތިޚާބު ކުރާ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ މެންބަރުން ކަމަށެވެ. އަދި ރައްޔިތުންނަށް ކަމެއްދިމާވާ ހާލަތުގައި ރައްޔިތުންގެ ވާހަކަދައްކަންޖެހޭ މެންބަރުން ކަމަށެވެ. ނަމަވެސް މިސަރުކާރުން ގާނޫނު އަސާސީއަށް މިގެނައި ބަދަލާއެކު މަޖިލިސް މެންބަރަކު ކިތަންމެ ބޮޑަށް ރައްޔިތުންގެ ހައްގުގައި ވާހަކަދައްކަވަން ބޭނުންވި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށާއި، އެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިފައިވާ ހައްގުތައް ގެއްލިގެންދާން އެއްވެސް ރައްޔިތެއް ބޭނުންނުވާނެ ކަމަށެވެ. ނަމަވެސް ފަހަރަކު ހައްގެއް ހަނިވެ، ގެއްލެމުންދާ ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގެ ދިފާއުގައި ނުކުތުމަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ.

ޤާނޫނުއަސާސީގެ ދިފާއުގައިއެމްޑީޕީފައިސަލް ނަސީމް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް