Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒުގެ އަނިޔާވެރިކަން

ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިނުވާނެ ކަމަށް ވިސްނައިގެން ނުވާނެ: ވަކީލު އާސިފް

8 ޑިސެމްބަރު 2024 | އާދީއްތަ 14:09

ރައީސް މުއިއްޒުގެ ވެރިކަން ފެށުނީ ދޮގަކުން، ދޮގު ނުހަދާނެ ކަމަށް އުންމީދު ކޮށްގެން ނުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޑިސެމްބަރު 2024 | އާދީއްތަ 14:09
ގާނޫނު އަސާސީގެ ދިފާއުގެ ޕްރޮގްރާމްގައި މަޝްހޫރު ގާނޫނީ ވަކީލު އާދަމް އާސިފް ވާހަކަދައްކަވަނީ

ގާނޫނު އަސާސީގެ ދިފާއުގެ ޕްރޮގްރާމްގައި މަޝްހޫރު ގާނޫނީ ވަކީލު އާދަމް އާސިފް ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ އެންމެ ގާތް މީހުންނަށް ވެސް އަނިޔާވެރިވެފައިވާ ބޭފުޅެއް ކަމަށާއި، ރައްޔިތުންނަށް އަނިޔާވެރިނުވާނެ ކަމަށް ވިސްނައިގެން ނުވާނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ފުނޑާލަމުންދާތީ އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް 10 ޑިސެމްބަރު ވާ އަންގާރަ ދުވަހު ކާނިވާ ސަރަހައްދުގައި އެއްވުމެއް ބޭއްވުމަށް އެމްޑީޕީން ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖެޓީވީގެ ގާނޫނު އަސާސީގެ ދިފާއުގައި ކަވަރޭޖްގައި ވަކީލު އާސިފް ވިދާޅުވީ ރައީސް މުއިއްޒަކީ އެންމެ ގާތް ބޭފުޅުންނަށް ވެސް އަނިޔާވެރިވެފައިވާ ބޭފުޅެއް ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯފުޅާއި، ނަންފުޅު އަދި ހުސްގޮނޑިކޮޅު ދައްކައިގެން ވެރިކަމަށް ވަޑައިގަންނަވައި، ޔާމީނަށް ވެސް އަނިޔާވެރިވެފައިވާ ކަމަށެވެ.

ކުރެފައިވާ ތަޖުރިބާއަށް އިޝާރާތް ކުރައްވައި އާސިފް ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިނުވާނެ ކަމަށް އުންމީދުކޮށް، ވިސްނައިގެން ނުވާނެ ކަމަށާއި، އެމަނިކުފާނު އަނިޔާވެރިވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަން ފެށުނީ ދޮގަކުން ކަމަށާއި، ދޮގު ނުހަދާނެ ކަމަށް އުންމީދު ކޮށްގެން ނުވާނެ ކަމަށެވެ. ރައީސް މުއިއްޒުގެ ދޮގުތައް މިހާރު ރައްޔިތުންނަށް ހާމަވަމުންދާ ކަމަށާއި، ރައީސް މުއިއްޒު ވައުދުފުޅު ފޮތަކީ ވެސް ދޮގު ފޮތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރައީސް މުއިއްޒު ރައްޔިތުންގެ ހައްގުތައް ނިގުޅައި ގަންނާނެ ކަމަށާއި، ގާނޫނު އަސާސީން ހައްގުތައް ހަނިކުރާނެ ކަމަށެވެ. އަދި މިހާރު މިސަރުކާރުގެ ހުދުމުހުތާރުކަން ފެންނަމުންދާއިރު، އަމާޒު ހިފާފައިވަނީ ސީދާ ރަސްކަމާ ދިމާލަށް ދިއުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުއާދަމް އާސިފް އެމްޑީޕީޤާނޫނުއަސާސީގެ ދިފާއުގައި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް